ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލަށް ތާއީދު ކުރި ބޭރު ޓީޗަރު ހަނިމާދޫން ފުރުވާލައިފި

ޓީޗަރުގެ މިއަމަލު ހަނިމާދޫ ކައުންސިލުންވެސް ވަނީ ކުށްވެރިކޮށްފައި
advertisement

މުޅި ހަނިމާދޫ ސްކޫލް ފަލަސްޠީނާ އެކުކަން ހާމަކުރިތާ 24 ގައިޑިއިރު ނުވަނީސް އެ ސްކޫލްގެ އިސް މަގާމެއްގައި ހުރި ބިދޭސީ ޓީޗަރަކު ހަނިމާދޫން ފުރުވައިލައިފިއެވެ. އެނާ ފުރުވާލީ އިއްޔެ ( މެއިމަހުގެ 21 ވަނަ ދުވަހުގެރޭ ) 7.02 ގައި ފުރި ފުލައިޓުންނެވެ.

އޭނާގެ އެއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހަނިމާދޫ ސްކޫލްން ވަނީ އިއްޔެ ނޫސް ބަޔާނެއްވެސް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަންގެ ފަރާތުން، ޓީޗަރެއްގެ ކިބައިން ފެނިގެން ނުވާނެ ދަށުދަރަޖައިގެ ޢަމަލެއް، ސޯޝަލް މީޑިއާގައި ފެނިފައިވާތީ، އެ ސްކޫލުން އެކަމާ ހިތާމަ ކުރާކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމެވެ.

މީގެ އިތުރުން، ޒަޔަނިސްޓް ޔަހޫދީ އިޒްރާއީލުން ހިންގަމުން ގެންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް، ސްކޫލްގެ ސްޓޭންޑާ ޚިލާފަށް އަދި މުޅި ދިވެހި ދައުލަތާއި ހަނިމާދޫ ރައްޔިތުންގެ ސްޓޭންޑާވެސް ޚިލާފަށް، އެ ޓީޗަރު ހިންގި ދަށުދަރަޖައިގެ ޢަމަލަކީ އެ ސްކޫލުން އެއްގޮތަކަށްވެސް ބަލައިގަންނަ އަދި ބަލައި ގަންނާނެ ޢަމަލެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެކަމާއި ގުޅިގެން އެ ޓީޗަރާމެދު އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާކަމަށާއި ހަނިމާދޫ ސްކޫލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއި ދަރިވަރުން އަދި އެންމެހައި ބެލެނިވެރިން، އަބަދުވެސް ތިބޭނީ ފަލަސްޠީނާ އެކުގައި ކަމަށްވެސް އެ ސްކޫލުން ބުނެފައިވެއެވެ.

އެ ބަޔާން ނިންމާލަމުން އެ ސްކޫލުން ވަނީ ހައްދުފަހަނަ އަޅާފައިވާ އިޖްރާއީލުގެ ލާއިންސާނީ ޢުދުވާންތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، ފަލަސްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ނަޞްރު ދެއްވުންއެދި ﷲގެ ޙަޟްރަތުގައި އިބްތިޙާލުވެ ދުޢާ ދަންނަވާކަަމަށް ފާހަގަކޮށްފައެވެ.

މި އަމަލު ކުށްވެރިކޮށް ހަނިމާދޫ ކައުންސިލުގެ ކުއްލި ބައްދަލުވުމެއްވެސް ވަނީ އިއްޔެ ކުރިއަށް ގެންގޮސްފައެވެ.

މަސްދަރު: ގޮށްކޮޅު ޑޮޓްކޮމް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޮޑެތި ތުހުމަތުތަކާއެކު ހދ ގެ އިސް މެނިޖިސްޓްރޭޓް ސަސްޕެންޑް ކޮށްފި

ބޮޑެތި ތުހުމަތުތަކާއި އެކު ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑް ކޮށްފި އެވެ. މައުސޫމާ ...

ގައުމު ސްޓްރީޓް ކަޕް : ގިނަ ބައެއްގެ ފޭވަރިޓް އެއްޓީމުގެ ގޮތުގައި ބެލެވުނު ހަބޭސް ބަލިކޮށް ހިތަދޫ ރިވެރިން ފައިނަލަށް

މިރޭ ކުޅެވުނު ގައުމު ސްޓްރީޓް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފޭދޫގެ ހަބޭސް ބަލިކޮށް  ހިތަދޫ  ކްލަބް ...

އިލްޔާސް ގެ ކެމްޕޭން ހަރަކާތް ތައް މަލޭގައި ވަނީ ފަށާފި

އަންނަ މަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބު، މާލޭގައި ދޮރުންދިރަށް ކެމްޕެއިން ...