ހުޅުމީދޫ ފަޔާ ސްޓޭޝަން ހުޅުވައިފި

ސ. ހުޅުމީދޫގައި ސަރުކާރުން އިމާރާތްކުރި ފަޔާ ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމީދޫ ފަޔަރ ސްޓޭޝަނުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިފަޔާރ ސްޓޭޝަން ހުޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.

ހުޅުމީދޫ ފަޔާ ސްޓޭޝަނަކީ ރައީސް ޔާމީން ސަރުކާރުގައި 2016 ވަނަ އަހަރު ބަޖެޓު ކުރެވި އިއްލާން ކުރެވުނު މަސައްކަތެކެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. ޖުމްލަ 1 އަހަރު ދުވަހުގެ މުއްދަތުގައި ނިންމަން ހަވާލުކުރެވުނު މި މަޝްރޫއުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ލަސްވެގެން ގޮސްފައެވެ.

ހުޅުމީދޫގައި ފަޔާ ސްޓޭޝަނެއްގެ ހިދްމަތަކީ ރައްޔިތުން ވަރަށް ބޮޑަށް އެދި އެދިތިބި ހިދްމަތެކެވެ. ހުޅުމީދޫގައި މިހާތަނަށް ނުރައްކާތެރި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ނުވިނަމަވެސް ދޭތެރެދޭތެރެއިން ހުޅުމީދޫ ޗަސް ބިމުގައި އަލިފާން ރޯވެ ރައްޔިތުންގެ ރުއް ގަހަށް ގެއްލުން ލިބިފައިވެއެވެ

މަސްދަރު : އައްޑޫ ލައިވް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރަޔަން – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް

ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ...

ހުޅުދޫއާއި މަރަދޫގައި ގޭދޮށު މަސް ޕްލާންޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ ހުޅުދޫ އަދި މަރަދޫގައި ގާއިމްކުރާ ގޭދޮށު މަސް ޕްލާންޓް ...

ގައުމު ސްޓްރީޓް ކަޕް _ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ސެމީފައިނަލަށް

ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ މުބާރާތުގައި މީދުން ވާދަކުރި ޓީމްތަކުގެ ތެރެއިން ވަރުގަދަ ޗެލެންޖާސް ރޮއްވާލުމަށްފަހު ޒުވާންޓީމް ލޮތަރި ...