ހުޅުދޫއާއި މީދޫގައިކޮވިޑް-19ގެ ހާލަތު ކަންބޮޑުވާ މިންވަރެއްގައި

ހުޅުދޫއާއި މީދޫގެ ކޮވިޑް-19ގެ ހާލަތު  ކަންބޮޑުވާ ހާލަތަކަށް އުފުލިއްޖެއެވެ. މިގޮތުން އިއްޔެ (9 މެއި 2021) އެކަނި ވެސް 7 މީހުން ހުޅުދޫއާއި މީދުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އިއްޔެ ޕޮޒިޓިވް ކޭސްތަކާއި ހަމައަށް ހުޅުދުން 35  ގެއާއި މީދުންވެސް 35 ގެއެއް މޮނިޓަރިން އަށް ގެނެވިފައިވާއިރު ހުޅުދުއާއި މީދުން މިހާތަނަށް 34 މީހަކުވަނީ  ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ.

މިފަދަ ހާލަތެއްގައި ކޮންމެ މީހެއްގެ ވެސް ކޮންޓެކްޓް މަދުކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްރުނުކޮށް ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

އަދި މީގެ އިތުރަށް ރޯދަކުރުމުގެ ގޮތުން ގްރޫޕް ހަދައިގެން ބުރު ނުޖެހުމަށާ ކޮފީތަކަށާ ރެސްޓޯރެންޓްތަކަށް ގޮސް އުޅޭއިރު ގައިދުރުކަން ބަހައްޓައިގެން އުޅުމަށްވެސް ކަމާބެހޭ ފަރާތްތަކުންދަނީ ނަސޭހަތްތެރިވަމުންނެވެ.

 ފަރުދީ ޒިންމާގެ ދަށުން އެންމެންގެ އެއްބާރުލުމާއެކު ބަލި ކޮންޓޯލް ކުރެވިދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެމުންދާއިރު އަޅުގަޑުމެން އެންމެވެސް އެއިރުޝާދުތަކަށް އަމަލުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...

ކޮވިޑްގެ ބިރުވެރިކަން އަތޮޅުތެރެއަށް، އެދެނީ އުސޫލު ހަރުދަނާކުރަން

އާ އާންމު ހާލަތުގައި އުޅެންޖެހޭ ، އުސޫލު ބަދަލުކޮށް މާލޭން އަތޮޅުތެރެއަށް ހޯމް ކަރަންޓީނަށް މީހުން ފޮނުވަން ފެށުމާއެކު ...

ވިލާ ގްރޫޕުން ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިއަހަރަށް ލިބޭނޭކަމަށް ލަފާކުރި އާމްދަނީގެ 13.3 އިންސައްތަ- އާޒިމާ

ވިލާ ގްރޫޕުން މިހާތަނަށް ދައުލަތައް ދައްކަންޖެހޭ ފައިސާގެ ޖުމްލަ އަދަދު، މިއަހަރު ދައުލަތަށް ލިބޭނޭކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ %13.3 ...