ހުޅުދޫގެ ރަށްޔިތުންނަށް ޝުކުރީ ޝުކުރު އަދާކުރައްވައިފި

advertisement

ޝުކުރީގެ ކައުންސިލްގެ ދައުރުގައި ހުޅުދޫ ރަށްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ހުޅުދޫ ރަށްޔިތުންނަށް ޝުކުރީ ޝުކުރު އަދާކުރައްވައިފިއެވެ.

ޝުކުރީގެ ފޭސްބުކް ޕޭޖްގައި ޝުކުރީ ވިދާޅުވެފައިވަނީ ހުޅުދޫ ކައުންސިލަރުގެ މަގާމާއި ހަވާލްވުމަށްފަހު ވެފައިވާ ވައުދުތަކުގެ ތެރެއިން އެއްވައުދަކީ   ދައުރުފުރިހަމަވަންދެން މަގާމުގައި ދެމިހުންނާނެކަމުގެ ވައުދުކަމުގައެވެ. އަދި އަނެއްވައުދަކީ އެމްޑީޕީގެ މެމްބަރުންނަށް ވެފައިވާ ވައުދެއްކަމަށާ އެވައުދަކީ ދައުރުފުރިހަމަވަންދެން ޕާޓީ ބަދަލުނުކޮށް ހުންނާނެކަމުގެ ވައުދުކަމަށެވެ.

” ﷲ ގެ ހެޔޮ ރަހުމަތްފުޅުން ދައުރު މިއަދު ނިމިގެންދިޔައިރު މިބުނި ވައުދުތައް ވާނީ ފުރިހަމަކޮށްފައި ، އަދި މަގޭ ކައުންސިލަރުކަމުގެ ދައުރުގައި ހުޅުދޫ ރަށްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ހުޅުދޫ ރަށްޔިތުންނަށް ޝުކުރު އަދާކުރަން ”

ޝުކުރީގެ ފޭސްބުކް ޕޭޖްގައި ޝުކުރީ ވިދާޅުވެފައިވެއެވެ.

ޝުކުރީގެ ކައުންސިލަރުކަމުގެ ދައުރުގައި ފާހަގަ ވެފައިވަނީ އައްޑޫސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ގުޅިފައިވާ ރަށްތަކުގެ މެމްބަރުން ކައުންސިލްގެ ތެރެއިން  ހުޅުދޫއާއި މީދޫއަށް ކަންތައްތައް ކޮށްދިނުމުގައި  ތަފާތުކުރުންތަކެއް ގެންގުޅޭކަމަށް ވިދާޅުވެ ކައުންސިލްގެތެރޭގައި  ހުޅުދޫއާއި މީދުއަށް ކަންތައްތަކެއް ކޮށްދެވޭތޯ ވަރަށްބޮޑަށް ވަކާލާތު ކުރެއްވިބޭފުޅެއްގެ ގޮތުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ބެސްޓް އައިލެންޑް އިން އޭޝިއާ” ގެ މަޤާމު ރާއްޖެއަށް

ޓްރެވަލް ޕްލަސް ލެޝަރ 2022 ގެ ވޯލްޑްސް ބެސްޓް އެވޯޑްސްގެ “ބެސްޓް އައިލެންޑް އިން އޭޝިއާ” އެވޯޑު ދިވެހިރާއްޖެއަށް ...

ގަހެއް ކެނޑުމުގެ ތެރޭގައި ގޮފިގަނޑަކުން ޖެހިގެން މީހަކު މަރުވެއްޖެ

ގަހެއް ކަނޑަން އުޅުމުގެތެރޭގައި ގޮފިގަނޑެއް ވިއްސައިގެން އައިސް ބޮލުގައި ޖެހި ބޮލަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ...

ޗެމްޕިއަންސް ލީގު: ޗެލްސީއާއި ރެއާލްގެ މެޗް އެއްވަރުވެގެން ނިމިއްޖެ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ރެއާލް މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވެގެން ...