ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފި

  advertisement

  ރަޝިއާގެ ސްޕުޓްނިކް-ވީ ވެކްސިންރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދިފި އެވެ.

  ރާއްޖޭގައި ކޯވިޑް-19 އަށް ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. މިހާރު ކޯވިޑް-19 އަށް ރާއްޖޭގައި ތިންވެކްސިނެއްދަނީ ދެމުންނެވެ. އެއީ ސިނޮފާމް ވެކްސިންގެ އިތުރަށް ކޮވިޝީލް ވެކްސިނާއި ފައިޒާ ވެކްސިނެވެ.

  އެ އޮތޯރިޓީއިން ދެންމެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރަޝިއާގެ އުފެއްދުމެއް ކަމަށްވާ “ސްޕްޓްނިކް 5” ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ މިއަދުން ފެށިގެން ދީފައިވާ ކަމަށެވެ.

  މި ހުއްދަ ދީފައިވާނީ މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް “ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން” ގައި ބޭނުން ކުރުމަށާއި، އުމުރުން 18 (އަށާރަ) އަހަރުން މަތީ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށް އެމްއެފްޑީސީގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

  މި ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ދިވެހިރާއްޖޭގައި މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައިވާނީ، މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލައި ދިރާސާކޮށް އަދި މި އޮތޯރިޓީއަށް ފަންނީ ލަފާދޭ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާ އެކުގައި ކަމަށެވެ.

  “ސްޕްޓްނިކް 5” މިވެކްސިން އުފައްދަނީ ރަޝިއާގެ ކުންފުންޏެއް ކަމަށްވާ “ދަ ގަމާލޭޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑާރމަލޮޖީ އެންޑް މައިކްރޯބައޮލޮޖީ” އިންނެވެ. އަދި މިވެކްސިންއަކީ 66 ގައުމެއްގައި މިހާރުވެސް އެމަޖެންސީ ޔޫސް އެޕްރޫވަލް ލިބި އަދި ބޭނުންކުރަމުންދާ ވެކްސިނެކެވެ. މިވެކްސިން ބަހައްޓަންޖެހެނީ 18 ° C- ގެ ފިނިހޫނުމިނެއްގައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ދުސޫމާ – ނަމޫނާ ކަނބަލެއް

  ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިޔަށްގެންދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ...

  ފިޝަރީޒް މިނިސްޓަރ ޒަހާގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައީސް ނަޝީދު ކުރައްވައިފި

  ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓަކަށް ދާކަހަލަ އިޝާރާތެއް ރައްޔިތުންގެ މަޖްލިސްގެ ރައީސް އަދި ކުރީގެ ...

  ލޯކަލް ޓުއަރިޒަމް ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދީގެން- ޗަންޕާ އަފީފް

  ރަށްރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވޭނީ ފަތުރުވެރިންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައްވެސް ފުރިހަމައަށް ޤާއިމްކުރެވިގެންކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ޗަންޕާ ...

  ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ ފަހަކަށް ނުޖެހޭނެ- ޓޫރިޒަމް މިނިސްޓްރީ

  މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓްހައުސްތައް މިއަދު ހުޅުވަން ސާރުކާރުން ނިންމަވާފައިވާކަމަށާއި، ގައިޑްލައިންއާއި ހިލާފުވާ ގެސްޓްހައުސްއަކަށް ފިޔަވަޅު ...

  މީދޫގައި ހައްދާ މިރުސް ކިލޯއެއް 800 ރުފިޔާއަށްވުރެ ބޮޑު

  މިރުސް ލިބުން ދަތިވެ މީދޫގައި ހައްދާ މިރުސް ކިލޯއެއްގެ އަގު މިއަހަރު 800 ރުފިޔާއަށް އުފުލިއްޖެ އެވެ. ރޯދަ ...

  ސިޓީ ކައުންސިލްގެ ބާރުތައް ފެށޭ ހަފްތާގެ ތެރޭގައި ދޭނަން – ރައީސް

  ސިޓީ ކައުންސިލަތަކަށް ދޫކޮށްލެވެން ހުރި ހުރިހާ ބާރުތަކެއް މި ފެށޭ ހަފްތާތެެރޭ އެ ކައުންސިލަތަކަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް ...