advertisement

އެވަޓަން ދޫކޮށްލައި ރެއާލް މެޑްރިޑްގެ ކޯޗްކަމާ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ހަވާލްވެއްޖެވެ.

އަންޗެލޮޓީ އެވަޓަނުގެ ކޯޗުގެ މަގާމާ ހަވާލުވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު އަންގާރަ ދުވަހުގެ ވަގުތެއްގައި އޭނާ ވަނީ އެވަޓަނުގެ އެއްބަސްވުން އުވާލައި، ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރެއާލަށް ބަދަލުވެފައެވެ.

ރެއާލުގެ ކޯޗުގެ މަގާމަށް އަންޗެލޮޓީ ހަމަޖެއްސީ، އެ ޓީމުގެ ކޯޗުގެ މަގާމުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ޒިދާން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ . .

އެވަޓަން ދޫކޮށް ރެއާލުގެ ކޮޗުގެ މަގާމާ ހަވާލުވުމަށްފަހު އަންޗެލޮޓީ ބުނީ އެ ޓީމު ދޫކޮށް ރެއާލާ ގުޅެން ނިންމީ، މިއީ މި ވަގުތު ދޫކޮށްލެވެން ނެތް ފުރުސަތަކަށް ވާތީ ކަމަށެވެ. ރެއާލުގެ ކޯޗުގެ މަގާމާ އެންޗެލޮޓީ ހަވާލުވިއިރު، އޭނާ ވަނީ މީގެ ކުރިން 2013 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކޯޗުކޮށްދީފައެވެ. އަދި މި މުއްދަތުގައި ރެއާލުން ވަނީ ސްޕެނިޝް ކަޕާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލުގެ ކޯޗަކަށް އަންޗެލޮޓީ ހަމަޖެއްސިއިރު، އެ ޓީމުން އެންމެ ފުރަތަމަ މަސައްކަތް ކުރީ އެލެގްރީ ހޯދުމަށެވެ. އެކަމަކު އެލެގްރީ ވަނީ ޔުވެންޓަސްގެ ކޯޗުގެ މަގާމާ ދާދި ފަހުން ހަވާލުވެފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާ، ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ބައްދަލުކުރައްވައިފި

އަަލަށްއެކުލަވާލި ނެޝަނަލް ބޮޑީބޯޑިންގ ސީނިއަރ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ...

ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރަން އެއްބަސް ނުވުމަށް ޕީއެފްއޭ އިން ކުޅުންތެރީންނަށް އިރުޝާދު ދީފި

އިގިރޭސި ޕްރިމިއާލީގުގެ ކުޅުންތެރީންގެ މުސާރަ ކުޑަކުރުމަށް ކުލަބްތަކުން ހުށަހެޅިނަމަވެސް އެގޮތައް އެއްބަސް ނުވާން ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަން “ޕީއެފްއޭ” ...

ނަޝީދު ވަކިކުރަން ސޮއިކުރައްވަން ކެރިވަޑައި ނުގެންނެވި 4 މެމްބަރުން

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރަން މަޖިލހަށް ހުށަހެޅުނު ލިޔުމުގައި ސޮއި ނުކުރައްވަނީ އެމްޑީޕީގެ ހަތަރު ...