ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް ދައްކުބައިދޭ ފޮޓޯތައް އާއްމުކޮށްފި

  advertisement

  ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯތައް އެމަނިކުފާނުގެ އާއިލާ އިން މިއަދު އާއްމުކޮށްފި އެވެ.

  ރައީސް ނަޝީދުގެ އާއިލާއިން މިއަދު އާއްމުކޮށްފައިވާ ފޮޓޯތަކަކީ އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނަށް ފަރުވާ ދެމުންދަނިކޮށް ނަންގަވާފައިވާ ފޮޓޯތަކެކެވެ.

  ރައީސް ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަރުމަނުގައި ރައީސް ނަޝީދުއަށް ފަރުވާ ފެށުމަށް މިއަދު ސްކޭންތައް ހަދަމުން އަންނަ ކަމަށެވެ. އެމަނިކުފާނަށް ދޭނެ ފަރުވާއެއް ކަނޑައެޅޭނީ އޭގެ ފަހުން ކަމަށް ނާޝިދު ވިދާޅުވި އެވެ.

  ސައިކަލެއްގައި ބޮން ގޮއްވާލައިގެން ނަޝީދަށް ހަމަލާދިނީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެ ހަމަލާއާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިވަޑައިގަތީ ސީރިއަސް ޒަހަމްތަކަކާ އެކުގަ އެވެ. އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ކްރިޓިކަލް އެވެ. ހަށިކޮޅުން ގިނަ އަދަދަކަށް ދިޔައީ ލޭ ފައިބަމުންނެވެ.

   ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ވެއެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭއިން ވަނީ ކޮށްފައެވެ.

  އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ  ސީރިއަސް ސާޖަރީތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ.

   އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައި ވަނީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން މި އައިއީޑީ ހަދާފައި އޮތް އިރު  2007 ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް ޝަމާލް ވިދާޅުވެފައިވެ އެވެ.

  ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

  advertisement
  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި ޔެރީ މިނާ ދައްކާލައިފި

  ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައި އެޓީމަށް އަލަށް ގެނައި ކޮލަމްބިއާގެ ޑިފެންޑަރު ޔެރީ މިނާ އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ...

  އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވާލަނީ

  އަންނަ އާދީއްތަ ދުވަހުން ފެށިގެން، ( 5 ޖުލައި 2020 އިން ފެށިގެން )  ސަރުކާރުގެ އިދާރާތައް އާންމުކޮށް ...

  މީދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރެއްވީ ޝޫޒާ

  އެމްޑީޕީގެ ޓިކެޓުގައި  ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫސިޓީ މީދޫދާއިރާއިން ވާދަކުރާނެ ބޭފުޅަކަށް  އާއިޝަތު ޝޫޖާ ހޮވިއްޖެވެ ޝޫޒާ މީދޫދާއިރާގެ ...

  އެމްއީސީ ނެޓްބޯޅަ މުބާރާތް- ސެމީފައިނަލްގެ މެޗްތައް މިރޭ

  އެމްއީސީ ނެޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގެ މެޗްތައް މިރޭ ކުޅެވޭނެއެވެ. މިރޭ ކުޅެވޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޕޮލިސްޓީމާއި ...

  ކުރީގެ ނައިބު ރައީސް އަދީބު ގެއަށް ބަދަލުކޮށްފި

  ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފިއެވެ. ( ތަފްސީލް އަންނަނީ )

  މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

  މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ...