ކުރީގެ ނޫޓެއް އޮތްނަމަ އަވަހަށް ބަދަލުކުރަން އުޅޭ !

ދިވެހި ފައިސާގެ ގޮތުގައި ކުރިން ގެންގުޅުނު ނޫޓުތައް މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ބޭނުން ކުރުން ހުއްޓާލާތީވެ އެތާރީޚުގެ ކުރިން ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށް ނިންމުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ ކުރިން ބޭނުން ކުރަމުން އައި 10ރުފިޔާއާއި 20 ރުފިޔާ އާއި  50ރުފިޔާ އާއި  100 ރުފިޔާއާއި 500 ރުފިޔާގެ ނޫޓު  މިމަހުގެ 31ވަނަ ދުވަހަުގެ ފަހުން  ބޭނުންކުރުން ހުއްޓާލަން އިއުލާނުކުރައްވާފައިވާނޭ ކަމަށާއި މި މުއްދަތުގެ ކުރިން ނޫޓުތައް ބަދަލުކުރުމަށް ހަނދާން ކޮށްދޭ ކަމުގައެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 25 އާއި ހަމައަށް، ކުރިން ބޭނުންކުރަމުންދިޔަ ނޫޓުގެ 2.9 ބިލިއަން ރުފިޔާ އިޤްތިޞާދުގައި ދައުރުވަމުން ދިޔަނަމަވެސް، ހުސްވި ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 2.7 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް ނަގާފައިވާކަމަށެވެ. އެއީ، ކުރިން ބޭނުންކުރަމުންދިޔަ ނޫޓްތަކުގެ 93.5 އިންސައްތަ ނޫޓެވެ. އަދި ބާކީ ނުނެގި ހުރީ، 189 މިލިއަން ރުފިޔާ، ނުވަތަ 6.5 އިންސައްތަ ނޫޓު ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ- މަހުލޫފު

މަސައްކަތް ކޮށްކޮށް ވަރުބަލިވެފައިވާކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މަހުލޫފް މިހެން ވިދާޅުވީ ނ. ވެލިދޫ ...

އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

އައްޑޫސިޓީން އިތުރު 118 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ އައްޑޫން އިތުރު 118 މީހަކު ކޮވިޑަށް ފައްސިވެފައިވާއިރު، އައްޑޫން ...

އަޅުގަނޑަށް ނާކާމިޔާބުވާ ގޮތަށް ސިޔާސީ މަސްރަހު އަދި ބަދަލެއްނުވޭ: ނަޝީދު

އެ މަނިކުފާނު ވާދަކުރެއްވި އެއްވެސް އިންތިޚާބަކުން އަދި ނާކާމިޔާބުވެވަޑައިގެންފައެއް ނެތް ކަމަށާއި އިންތިޚާބުތަކުން ނާކާމިޔާބުވެވަޑައިިގަންނަވާފަދަ ގޮތަކަށް ސިޔާސީ މަސްރަހު ...