ކޮވިޑް 19 – ހުޅުދޫއާއި މީދުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހަކު ބަލިން ރަގަޅުވެގެން ދޫކޮށްލައިފި – އިބްރާހިމް ޒުބައިރު

advertisement

ހުޅުދޫއާއި މީދުން ކޮވިޑް 19 ބަލި ޖެހުނު 74 މީހުންގެ ތެރެއިން މިހާތަނަށް 27 މީހަކު ބަލިން ރަގަޅުވެގެން ދޫކޮށްލާފައިވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ.

ހުޅުމީދޫ ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވީ ހުޅުދޫއާއި މީދުން ބަލިޖެހުނު 74 މީހުންގެ ތެރެއިން ބަލިން ރަގަޅުވެގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ދޫކޮށްލާފައިވަނީ ހުޅުދޫ 22 މީހުންނާއި މީދޫގެ 5 މީހުންކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ހުޅުދޫއާއި މީދުން 74 ގެއެއް ކަރަންޓީން ކުރެވުނުކަމަށާ އެއީ ހުޅުދޫގެ 41 ގެއާއި މީދުން 33 ގޭކަމަށްވެސް އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ. އިބްރާހިމް ޒުބައިރު ވިދާޅުވީ ކަރަންޓީނު ކުރެވުނު  74 ގެއިން  267 މީހަކު ކަރަންޓީނު ކުރެވުނުކަމަށެވެ.

އެހެންނަމަވެސް އެމީހުންގެ ތެރެއިން ކަރަންޓީނު މުއްދަތު ހަމަވެގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މިހާތަނަށް 84 މީހަކު ދޫކޮށްލެވިފައިވާކަމަށާ މިހާރު ކަރަންޓީނުގައި ތިބޭނީ 183 މީހުންކަމަށްވެސް އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ.

ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވި 74 މީހުންގެ ތެރެއިން ހުޅުދޫން 67 މީހުން ޕޮޒިޓިވްވެފައިވާއިރު މީދުން ޕޮޒިޓިވްވީ 7 މީހުން ކަމަށްވެސް އިބްރާހިމް ޒުބައިރު މިއަދު ދެއްވި މައުލޫމާތުގައި ވިދާޅުވިއެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަކީ “ދިވެހީންގެރާއްޖެ” ކާމިޔާބު ކުރުމުގައި އޮތް ދެވަނަ މަންޒިލު: ރައީސް

“ދިވެހިންގެރާއްޖެ”އަށް ދާން ފެށި ދަތުރުގައި އަދި ހާސިލްވީ ދެބައިކުޅައެއްބައި ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރުމަކީ އެ ...

ޗެލްސީން ކްލަބް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަން އިގިރޭސިވިލާތުގެ  ޗެލްސީން ފުރަތަމަ ފަހަރަށް ހޯދައިފި އެވެ. ޗެލްސީން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ...

ގައުމު ސްޓްރީޓް ކަޕް – މަންތަރައާއި ޒެފިޔާގެ ކުރިމަތިލުން އެއްވަރު

ގައުމު ސްޓްރީޓް ކަޕްގައި ހުޅުދޫ މަންތަރަ އެފްސީއާއި  އާއި ހިތަދޫ ޒެފިޔާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ. ...