ކޮވިޑް 19 : ނިއުލައިންގެ ކްލަސްޓާ – އެންމެންގެ އެއްބާރުލުން ވަރަށްބޮޑަށް ބޭނުން – ހުޅުމީދޫ ސިއްހީމަރުކަޒު

  advertisement

   އެޕްރީލް 28 އަދި 29 ވަނަ ދުވަހު ހުޅުމީދުން ނެގުނު ސަވައިލެންސް ސާމްޕަލްތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވުމާއެކު ހުޅުދޫއާއި މީދޫގައި ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް ހުޅުމީދޫ ސިއްހީމަރުކަޒުން ވަނީފަށާފައެވެ. މިމަސައްކަތް ކުރިއަށް ދާއިރު ހުޅުދޫއާއި މީދޫގެ ރަށްޔިތުންގެ  އެއްބާރުލުން ވަރަށްބޮޑަށް ބޭނުންވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުންވަނީ ހާމަކޮށްފައެވެ.  

  ވީމާ ޑައިރެކްޓް ކޮންޓް ވެފައިވާ ފަރާތެއްކަމުގައިވާނަމަ ލަސްނުކުރައްވާ ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރެއްވަށްވެސް ސިއްހީމަރުކަޒުންވަނީ އެދިވަޑައިގެންފައެވެ.

  މިމަހުގެ 29 ވަނަ ދުވަހު ހުޅުމީދުން  ކޮވިޑަށް  މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ  ހުޅުދޫ “ނިއުލައިން” ބޯޓުގައި މަސައްކަތް ކުރާ މީދޫ މީހަކު ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ސިއްހީމަރުކަޒަށް ދެއްކުމާއި ގުޅިގެން ނެގުނު ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ.

  އޭނާ ޕޮޒިޓިވްވުމާއި ގުޅިގެން އޭނާއާއި ގުޅުންހުރި ފަރާތްތައް ކަމަށް ބެލެވޭ މީހުންގެ ސާމްޕަލްތައް ނެގުމަށްފަހު ޓެސްޓްކުރުމުން މިހާތަނަށް ހުޅުމީދުން 13 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

  ޕޮޒިޓިވް ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނައިރު، ރަށުގެ ކޮވިޑްގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށްބެލެވޭތީ  ހުރިހާ ފަރާތްތަކަކުން ވެސް މާސްކު އެޅުމަށް އިސްކަންދީ، މިވަގުތު ގޭގައި ތިބުން ރަނގަޅު ކަމަށް ހުޅުމީދޫ ހެލްތު ސެންޓަރުން ވަނީ އިއުތިމާސްކޮށްފައެވެ.

  ހުޅުމީދޫން ކޮވިޑްގެ ކޭސްތަކެއް ފެނުނުފަހުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި ފޭދީ މީހަކު އިއްޔެ ވަނީ ކޮވިޑް 19 ޕޮޒިޓިވް ވެފައެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިން  ބަލަމުންދާއިރު މިހާތަނަށް އޭނާއާއި ކޮންޓެކްޓް ވިކަމަށް ބެލެވޭ 23 ފަރާތެއްވަނީ ހޯދިފައެވެ.

  advertisement
  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ޔޫތު ޗެލެންޖް ކަޕް 2020 – އެފްސީ ބަސްޕާކް ބަލިކޮށް އަމީގޯސް ފައިނަލަށް

  9 ލަނޑު 3 ލަނޑުގެ ބޮޑުތަފާތަކުން އެފްސީ ބަސްޕާކް ބަލިކޮށް އެފްސީ އަމީގޯސް ޔޫތު ޗެލެންޖާސް ކަޕް 2020 ...

  ޕީއެންސީ ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރުމަށް ހުރަހެއް ނޯންނާނެ – އަހުމަދު ޝަރީފް

  Advertisement ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ އުފައްދާ “ޕީޕަލްސް ނޭޝަނަލް ކޮންގްރެސް” ރަޖިސްޓްރީކޮށްފިނަމަ އެޕާޓީގެ ފަރާތުން ރައްޔިތުންގެ ...

  ދަނޑުވެރިން އުފައްދާ ތަކެތި އެއްރަށުން އަނެއް ރަށުގެ ބަނދަރާއި ހަމައަށް ގެންދެވޭނެ

  މުޅިރާއްޖެ ލޮކްޑައުންކޮށްފައިވާ މިހާލަތުގައި  ރޯދައަށް ރަށްރަށުން އުފައްދާ ކާބޯތަކެތި އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އެއް ރަށުން އަނެއް ރަށަށް ...

  ދިވެހި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއީލް ނިޔާވެއްޖެ

  ދިވެހިރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ދިގުމުއްދަކަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުންއައި މާދިހު އިސްމާއީލް ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. މާދިހު އިސްމާއީލް ...

  ރޭ ދަންވަރު ގަދަވަޔާއެކު ކުރިވިއްސާރައިގައި މީދުއަށް ލިބުނު ގެއްލުން

  މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓަކުން ފެނިވަޑައިގަންނަވަނީ ރޭ ދަންވަރު 3:30 ހާއިރު ބާރުވަޔާއެކު އައި ކޮޅިގަނޑެއްގައި މީދޫއަށް ލިބިފައިވާ ...

  ފޮޓޯއިން ޚަބަރު: ” ދުޅަހެޔޮ ފަހި ހަވީރު ކުޑަކުދީނާއެކު “

  މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ ” ދުޅަހެޔޮ ފަހި ހަވީރު ކުޑަކުދީނާއެކު ” މިނަމުގައި ދުނިޔޭގައި ހަކުރުބަލީގެ ...