ކޮވިޑް 19 އަށް ހުޅުދޫ މީދުން މިއަދު ޕޮޒިޓިވްވީ ދެމީހުން

advertisement

މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ދެމީހަކު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ޕޮޒިޓިވްވި ދެމީހުނަކީވެސް ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެގެން ހޯމް ކަރަންޓީނުގައި ތިބި ދެމީހުންނެވެ.

މިއަދު ޕޮޒިޓިވްވި ދެމީހުންގެ ތެރެއިން އެކަކީ ބިދޭސީއެކެވެ. އަނެއް މީހާއަކީ ހުޅުދޫ މީހެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ހުޅުދުން މިއަދު ޕޮޒިޓިވްވި ދިވެހިމީހާ ޕޮޒިޓިވްވެފައިވަނީ ކަރަންޓީނުގައި 14 ދުވަސް ވުމުން އޭނާ ކަރަންޓީނުން ދޫކޮށްލަންވެގެން ނެގި ސާމްޕަލް ޕޮޒިޓިވްވެގެންނެވެ. އެހެންކަމުން އޭނާ އަދި އިތުރަށް 14 ދުވަހު ކަރަންޓީނުގައި ހުންނަންޖެހޭނެއެވެ.

މިއަދު ޕޮޒިޓިވްވި ދެމީހުންނާ އެކު ޖުމްލަ 66 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުދޫން ޕޮޒިޓިވްވި 55 މީހުންނާއި މީދުން ޕޮޒިޓިވްވި 11 މީހުންނެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން ގިނައަދަދެއްގެ ގޭގޭ ވަނީ ކަރަންޓީން ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހުޅުދޫއާއި މީދުން ކޮވިޑަށް ޓެސްޓްކުރުމަށްނަގާފައިވަނީ 48 ސާމްޕަލެވެ.

ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ހުޅުމީދޫ ސިއްހީމަރުކަޒުންދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

ހުޅުދޫއާއި މީދޫ ގައި ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ .

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލެ ސަރަހައްދުން ރެންޑަމް ކޮވިޑް 19 ގެ ސާމްޕަލް ނަގަން ފަށައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަހައްދުގައި ރެންޑަމްކޮށް ސާމްޕަލްތައް ނަގަން ފަށައިފިއެވެ. ރޭ ...

ދަރިވަރެއްގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ޕްރީ ސްކޫލްތަކުގައި ހޭދަކުރެވޭ ދުވަސްތައް – ރޮޒެއިނާ

އަޅުގަޑުމެން ވަރަށް މުހިއްމު ކަމެއްދީގެން ވަރަށްބާރަށް އޯލެވެލްއާއި އޭލެވެލްގެ ނަތީޖާ ރަގަޅު ކުރުމުގެ ވާހަކަ ދައްކާކަމަށާ އެހެނަމަވެސް ޕްރީސްކޫލްތަކުގައި ...

އެމްޑީޕީއަށް އައްޑޫސިޓީގެ މެޖޯރިޓީ ދިނީ ވަރަށްބޮޑު އުއްމީދަކާއެކު- ނިހާދު

އައްޑޫސިޓީން އެމްޑީޕީއަށް ރަށްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި  މެޖޯރިޓީ ދިނީ އައްޑޫސިޓީއަށް ހައްގު މިންވަރު ހޯދާ ދިނުމަށްކަމަށާ އެކަން ނުވެއްޖެނަމަ ...