ކޮވިޑް-19: އެމެރިކާގެ އެހީ ރާއްޖެއަށް

  advertisement

  ކޮވިޑް-19ގެ ބަލިމަޑުކަމާއި ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ)ތަކެއް ހަދިޔާކޮށްފިއެވެ.

  މިތަކެތި ހަދިޔާކޮށްފައިވަނީ އެމެރިކާގެ ސަރުކާރުގެ ފަރާތުން ބައިނަލްއަގްވާމީ މުޖުތަމައުއަށް ހިލޭ އެހީ ފޯރުކޮށްދޭ ޖަމްއިއްޔާކާމަށްވާ ޔޫއެސްއެއިޑްއިން ކޮވިޑުން އަރައިގަތުމަށް ދެކުނު އޭޝިޔާ ސަރަހައްދަށް ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ތެރެއިންނެވެ.

  ޔޫއެސްއެއިޑްއިން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ދިނުމަށް ނިންމާފައިވަނީ ލޭގައި އޮކްސިޖަން ހުރި މިންވަރު ބަލައިދޭނެ 600 ޕަލްސް އޮކްސިމީޓަރު އަދި 292،000 މުހިންމު ޕީޕީއީ ސާމާނެވެ. މީގެ ކުރިންވެސް އެމެރިކާއިން ވަނީ ކޮވިޑް-19ގެ ކަންތައްތަކާއި ގުޅިގެން 9.1 މިލިޔަން ޑޮލަރުގެ އެހީތެރިކަން ދިވެހިރާއްޖެއަށް ފޯރުކޮށްދީފައެވެ. އޭގެ ތެރޭގައި 60 ޕޯޓެބަލް ވެންޓިލޭޓަރު ހިމެނެއެވެ.

  ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީއިން “ވޮއިސް”އަށް މައުލޫމާތުދިން ގޮތުގައި މި ތަކެތި ދިވެހިރާއްޖެއަށް މާދަމާގެ ވަގުތެއްގައި އަންނާނެއެވެ. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެމެރިކާއިން ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

  advertisement
  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ދުނިޔޭގެ އެންމެ ބޮޑު މަތިންދާބޯޓު ދިވެހި ޕައިލެޓަކާއެކު މިމަހު 18 ގައި އާ ރަންވޭއަށް ޖައްސާނެ

  ދުނިޔޭގެ އެންމެ ބޮޑު އެއް މަތިންދާ ބޯޓު އިއްތިހާދު އެއާވޭސްގެ އޭ380-800 ގެ ފްލައިޓް މި މަހުގެ 18 ...

  އެކެއް ފެބްރުއަރީގެ ބަޣާވާތުގެ ބައިވެރިން ރާވާފައިއޮތީ ރައީސް ހަވަރަށް ދޭން – ޑިފެންސް މިނިސްޓަރ

  އެކެއް ފެބްރުއަރީގެ ބަޣާވާތުގައި ބައިވެރިވި މީހުން ރާވާފައިއޮތީ ރައީސް ޢަބްދުﷲ ޔާމީން ހަވަރަށް ދޭންކަމަށް މިނިސްޓަރ އޮފް ޑިފެންސް ...

  ފޮޓޯއިން ޚަބަރު: ރައީސް ސޯލިހުއާއި ރައީސް ނަޝީދު 2019 ވަނަ އަހަރު މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

  ރައީސް ސޯލިހުއާއި ރައީސް ނަޝީދު 2019 ވަނަ އަހަރު މީދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހުއާއި ރައީސް ...

  އިތުރު 3 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

  އިއްޔެ ( 20 މެއި 2021 ވަނަދުވަހު) ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ...

  އައްޑޫ ސިޓީ ކައުންސިލް: ޑެޕިއުޓީ މޭޔަރަކަށް މެދުވަލު ދާއިރާގެ މެމްބަރު ޝުއާއު އައްޔަންކޮށްފި

  އައްޑޫސިޓީގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު މުހައްމަދު ޝުއާއު އައްޔަނުކޮށްފިއެވެ. ޝުއާއު ޑެޕިއުޓީ މޭޔަރުގެ ...

  ޖަލު ހުކުމެއްގައި ހުރި ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

  Advertisement  އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ...