advertisement

ރައްކާވެ ތިބިއްޔާ ދަތުރެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން އަޑުއަހާ، އެއަށް އަމަލު ކުރަމުންދާ ހަރުބަހެއްކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. މާނައަކީ ކަމެއް ވުމުގެ ކުރިން އެކަމަކަށް ވިސްނައިގެން ތިބޭށޭއެވެ. ދައްކަން މިއުޅެނީ ހަމަ މި ވާހަކައެވެ. ނަމަވެސް ޒަމާނީ ދިވެހިންގެ މެދުގައި މި ބަހުގެ އެއްވެސް އަގެއް ނެތްކަމަށް ނިންމަންޖެހިދާނެ ކަމާމެދު ސުވާލު އުފެދިފައިވާ ވާހަކައެއްވެސް މެއެވެ. ދައްކާކަށް މާ ރީތި ވާހަކައެއްވެސް ނުމެ ނޫންމެއެވެ.

ޢާލަމީ ބަލިމަޑުކަމެއްގައި މުޅި ދުނިޔެ ހުއްޓިފައިވާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި ބަލިމަޑުކަމުގެ ކޮޅެއް މެދެއް އަދި ފެންނަމަކުން ނުދެއެވެ. ބައްޔަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން ތަފާތު ގޮތްތަކަށް މީޑިޔާގެ އެކި ވަޞީލަތްތައް މެދުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަށް ކުރިއަށް ގެންދާތާ އެތަކެއް ދުވަސްތަކެއް މިވަނީ ވެފައެވެ. 2020 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން އެއަހަރު ނިމުމަކާ ހަމައަށް ރައްޔިތުންތިބީ ބޮޑު ބިރުވެރިކަމެއްގައެވެ.

ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބާ ކިޔަމަންގަނެގެންނެވެ. ނަމަވެސް ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ކަމަކީ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކޮވިޑުގެ ބިރު ފަހަނައަޅާ ގޮސްފައިވާކަމެވެ. އެއްގޮތަކަށްވެސް ބަލީގެ ނުރައްކާތެރިކަން ކުޑަވެގެނެއް ނޫނެވެ. އަދި ބަލި ފެތުރޭ މިންވަރު މަދުވެގެނެއްވެސް ނުމެ ނޫންމެއެވެ. އެހެނެއްކަމަކު “ބަޔަކުމީހުން” ކޮވިޑަކީ ފެނި ގެއްލިދާ ކުޅިވަރަކަށް ހަދާ، ދޯހަޅި ސިޔާސަތުތައް އެކުލަވާލަންފެށި ހިސާބުންކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ.

ކޮވިޑްގެ ބިޔަ ރާޅެއްގެ ކޮޅުމަތި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާއިރު މި ރާޅުގެ އަސަރު ނުކުރާ ރަށްތައް ނުހަނު މަދެވެ. މި ބަލީގައި ފައްސިވާ މީހުންގެ އަދަދާއި ދުނިޔެ ދޫކުރާ ފަރާތްތަކުގެ އަދަދު ދުވަހެއް ދުވަހަކަށްދަނީ އިތުރުވަމުންނެވެ. އަދި ކޮވިޑުގެ ވައިރަސް ފެތުރިފައިވާކަން ހޯދިފައިވާ ނުވާ އެތައް ރަށެއްވާނެކަމަށްވެސް ގަބޫލުކުރެވެއެވެ.

މާތް ﷲގެ ތަނަވަސް ރަޙްމަތްފުޅުން ކުޅުދުއްފުށީ ސިޓީ މި ބަލިމަޑުކަމުން ރައްކާތެރިވެފައިވާކަން މި ފާހަގަ ކުރަނީ އެކަލާނގެއަށް ޝުކުރުވެރިވާ ހާލުގައެވެ. ނަމަވެސް ހިތާމައަކީ މި ސިޓީގެ ރައްޔިތުންގެ “ކިޔަމަންތެރި” ގޮތްގަނޑު ކެނޑެމުންދިޔުމެވެ. މާސްކު އެޅުން މަޖުބޫރު ވުމާއެކު ހުރިހާ ފަރުދުންވެސް އެއަށް އަމަލުކުރަންފެށި ނަމަވެސް މިއަދު ފެންނަނީ ހިތްދަތި މަންޒަރެކެވެ. މަގުތައް ބަލާލުމުން ފެނިގެންދަނީ އެއްވެސް ގައިދުރުކަމެއްނެތި، މާސްކު އެޅުމެއްނެތި ހޭލަމޭލަ ވަމުންދާ މަންޒަރެވެ. އަދި މިކަމުގެ އެންމެ ހިތަށް އުނދަގޫވާ ކަމަކީ އަދުގެ ކުޑަކުދިންނަށް ނަމޫނާ ދައްކަންތިބޭ މުއައްސަސާތަކުގެ ފަރާތްތަކާއި ސަރުކާރުގެ އޮފީސްތަކުގެ މުއައްޒަފުންވެސް މި އުސޫލަށް ތަބާނުވާކަމެވެ. ޖުމްލަކޮށް ރަށުގެ އާބާދީގެ ބޮޑު އިންސައްތައެއް މާސްކާނުލާ މަގުތަކުގައި އުޅެމުންދާކަމީ ނުހަނު ހިތާމަހުރި ކަމެކެވެ. ރަށުގެ ތަންފީޒީ އިދާރާތައް ކޮބާތޯ އުފެދޭ ސުވާލުގެ ޖަވާބު މަގުތައް މަތިން ފެންނަމުންދެއެވެ.

ބުނެވިދާނެއެވެ. މިފަދަ ބަލިމަޑުކަމެއްގައި މާސްކަކުން ކުރާނެ ކަމެއްނެތެވެ. މުޅިއަކުން އެއްބަހެއް ނުވެވޭނެއެވެ. މާސްކަކީ މި ބަލިމަޑުމަކުން ރައްކާތެރިވުމަށް އަހަރެމެންނަށް އެންމެ ލުއިކޮށް ބޭނުންކުރެވިދާނެ ބާރުގަދަ ހަތިޔާރެވެ. މި ބަލީގެ ރާޅެއް ކުޅުދުއްފުށި ސިޓީއަށް ބިންދާލައިފިނަމަ، ބަލި ފެތުރުނަ ނުދިނުމަށް ހަމަ ޔަގީނުންވެސް “އެއްކަލަ މާސްކު” ބޮޑު ދައުރެއް އަދާކުރާނެއެވެ. ބަޔަކު މީހުން ހަރުދަނާކަމެއްނެތް އުސޫލުތައް ހެދުމަކީ އަހަރެމެން، އަހަރެމެން ގަބޫލުކުރާ ކަންތައްތައް ބަދަލުކުރަންޖެހޭ ސަބަބެއްނޫނެވެ.

އަދި އަމިއްލަ ރައްކާތެރިކަމަށްޓަކާ އަޅާ ފިޔަވަޅުތައް ހުއްޓާލަންޖެހޭކަމެއްވެސް ނޫނެވެ. އަހަރެމެންގެ ރަށް ރައްކާތެރިކުރާކަށް އެހެން ބަޔަކު ނާންނާނެއެވެ. ރަށުގެ އެންމެ ރައްޔިތަކަށް ލިބޭ ދެރައަކީވެސް މުޅި ރަށަށް ލިބޭދެރައެކެވެ. އެހެންކަމުން ސަރުކާރަށް ބަރޯސާނުވެ އަމިއްލަ އަށް ކުރެވޭނެ ކުދި ކުދި ކަންކަމަށް ސަމާލުކަންދޭށެވެ. ފަރުދީ ޒިންމާ އަދާކުރުމުގައި ފަސްނުޖެހޭށެވެ. ވަގުތު ފާއިތުވުމުގެ ކުރިން ވެހޭތާ ފެންނަގަން ހިނގާށެވެ. އަސްތާއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

ނޯޓް: މިލިއުމަކީ ކުޅުދުއްފުށީ ޑޮޓްކޮމްގައި އަލިފު ސީނު އަލިފު ، އެޕްރީލް 29 ވަނަ ދުވަހު ލިއުއްވާފައިވާ ލިއުއްވުމެއް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި، މީހަކު ހޯދަނީ

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ. ވީޑިއޯއާއިއެކު ފުލުހުން ...

މާލެއިން މާކުރަތަށް ދިޔަ މީހެއްގެގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން ކަރަންޓީންކޮށްފި

މާލެއިން ރ. މާކުރަތަށް ދިޔަ މީހެއްގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެނިގެން އެމީހާ ކަރަންޓީން ކޮށްފިއެވެ. ތަފްސީލްhttps://www.fainuonline.com/articles/432

އަދީބާއި ޒިޔަތު މިނިވަން ކުރުން – އެއީ ނަހަމަގޮތުގައި ބާރުގެ ބޭނުން ހިފުން- ޓްރާންސްޕޭރެންސީ މޯލްޑިވްސް

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  ޒިޔަތަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ...