ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވޭ

އެކަމަކު ހިތަދޫގައި އުޅެމުންއަންނަ މީދޫ ކުއްޖަކުމިއަދު ވަނީ ޕޮޒިޓިވްވެފައި
advertisement

ހުޅުދޫއާއި މީދުން މިއަދު ނެގި އެއްވެސް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައިފިއެވެ. ސިއްހީމަރުކަޒުން މައުލޫމާތު ދެއްވިގޮތުގައި އެމަރުކަޒުން މިއަދު ހުޅުދޫއާއި މީދުންނެގި 27 ސާމްޕަލްގެ ނަތިޖާވެސް ލިބިފައިވާކަމަށާ އެއިންއެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައިނުވާކަމަށެވެ.

 މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވިކަމުގައިވިޔަސް ހިތަދޫގައި އުޅެމުންއަންނަ މީދޫ ކުއްޖަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާގޮތުގައި  ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އަށް ނެގުނު 191 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 10 ސާމްޕަލްކަށެވެ.  މިހާތަނަށް އައްޑޫސިޓީން 270 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 175 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

advertisement

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑް ޖެހުނު 93 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު މިހާތަނަށް އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް ، 3791 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޚާއްސަ ސަމާލުކަމެއް ދީގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ

އައްޑޫސިޓީގެ ވަކުވަކި ރަށްތަކުން ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 9 މީހުން، މަރަދޫފޭދޫއިން އެކަކު، މަރަދޫއިން 11 މީހުން، ހިތަދޫއިން 119 މީހުން، ރިސޯޓުން 2 މީހުން، މީދޫއިން 8 މީހުން، ހުޅުދޫއިން 24 މީހުން، އަދި ގަމުން އެކަކު އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

މިއަދު ( 22 މެއި 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއްވެސް ނޫން: އުގެއިލް

  ދިވެހިރާއްޖޭގެ ވަކި ރަށަކަށް ނިސްބަތްވުމަކީ މޮޅުކަމެއް އަދި ދެރަކަމެއް ނޫންކަމަށް މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ. ...

މިސަރުކާރުގެ ސްލޯ ވާހަކަދައްކާއިރު, މިދިޔަ ސަރުކާރު މާބޮޑަށް ސްލޯ: މަބްރޫކް

މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރަށްވުރެ، މިދިޔަ ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ...