އައްޑޫން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

    ހުޅުދޫން ޕޮޒިޓިވްވި ދެމީހުންނަކީވެސް ހޯމްކަރަންޓީނުގައި ތިބި ދެމީހުން
    advertisement

    އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

    މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 305 އަށް އަރާފައެވެ.

    އައްޑޫން މިއަދު ޕޮޒިޓިވްވި 3 މީހުންގެ ތެރެއިން 2 މީހުންނަކީ ހުޅުދުއަށް ނިސްބަތްވާ މީހުންނެވެ. އަނެއް މީހާއަކީ ހިތަދޫ މީހެކެވެ. މިއަދު ހުޅުދޫން ޕޮޒިޓިވްވި ދެމީހުންނަކީވެސް ހޯމްކަރަންޓީނުގައި ތިބި ދެމީހުންނެވެ. .  

    އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާގޮތުގައި  ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އަށް ކޮވިޑަށް ޓެސްޓްކުރުމަށް އައްޑޫސިޓީން ނެގިފައިވަނީ 124 ސާމްޕަލެވެ.

      މިހާތަނަށް އައްޑޫސިޓީން 305 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މީގެ ތެރެއިން މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 121 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

    އައްޑޫން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ ތެރެއިން  ރަނގަޅުވެފައިވަނީ 37 މީހުންނެވެ. މި 37 މީހުންނާއިއެކު އައްޑޫއިން ކޮވިޑް ޖެހުނު 182 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ.

    އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް މިހާތަނަށް 4854 ސާމްޕަލް ވަނީ ނަގާފައެވެ.

    އައްޑޫސިޓީގެ ވަކިވަކި ރަށްތަކުން މިއަދާ ހަމައަށް ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 2 މީހުން، މަރަދޫފޭދޫއިން ދެމީހުން ، މަރަދޫއިން 7 މީހުން، ހިތަދޫއިން 81 މީހުން، ރިސޯޓުން 1 މީހުން، މީދޫއިން 1 މީހުން، ހުޅުދޫއިން 26 މީހުން، އަދި ގަމުން އެކަކު އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ.

    އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވާއިރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ 3 މީހުންނަށެވެ.

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ހިސާބުގައި ދޭން ފެށޭނެ: ރައީސް

    ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި ...

    އެސްޓީއޯއަށް ދަނޑުވެރިން ހައްދާ ނަގާނީ ވަގުތުން ފައިސާ ދީފައި : އަމްރު

    ރާއްޖޭގެ ދަނޑުވެރީން ހައްދާތަކެތި އެސްޓީއޯގަންނާނެކަމަށާ މިގޮތައް ދަނޑުވެރީން އަތުން އެސްޓީއޯއިން ގަންނަ ތަކެއްޗަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ...

    އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްވުރެ އިސްކަންދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓްދިނުން- ފަޔާޒް

    އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްވުރެ އިސްކަންދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓްދިނުންކަމަށް  އިލެކްޝަން ކޮމިޝަންގެ ...

    މި މަހުގެ ކަރަންޓު ބިލުން ތަފާތު ފެންނާނެ – ފެނަކަ

    ކަރަންޓްގެ އަގަށް ގެނައި ބަދަލު މި މަހުގެ ކަރަންޓު ބިލުން ފެންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ. މާލެއާއި އަތޮޅުތަކުގެ ...

    މީދޫދާއިރާއާއި މަރަދޫފޭދޫ ދާއިރާ ވަކިކޮށްދިނުމަށްއެދި ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

    މީދޫދާއިރާއާއި މަރަދޫފޭދޫ ދާއިރާ ދެދާއިރާއެއްގެ ގޮތުގައި ވަކިކޮށްދެއްވުމަށްއެދި ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ނުބެލޭނެކަމަށް ކަނޑައަޅާ މައްސަލަ ބޭރުކޮށްލައިފިއެވެ. ...

    މީދޫ ޒުވާނުންގެ ” ޔޫތު ޗެލެންޖް 2020″ ފުޓްބޯޅަ މުބާރާތް އިއްޔެ ފަށައިފި

    މީދޫ ޒުވާނުން އިންތިޒާމްކޮށްގެން ބާއްވާ ޔޫތުޗެލެންޖް 2020 ފުޓްބޯޅަ މުބާރާތް ހުކުރު ދުވަހު ހަވީރު ފަށައިފި އެވެ މީދޫ ...