އައްޑޫގައި ހަދަން ނިންމާފައިވާ އިންޑިޔާގެ ކޮންސިއުލޭޓާއި ބެހޭ ގޮތުން އަޅުގަނޑުގެ ހިޔާލު

    advertisement

    ލިއުނީ: ޝަފީގު ހަސަން

    އައްޑޫގައި އިންޑިޔާގެ ކޮންސިއުލޭޓެއް ހަދަން އިންޑިޔާ ކެބިނެޓުން ނިންމުމާ ގުޅިގެން، ދިވެހި ރާއްޖޭގައި މި ވަގުތު އެންމެ ގަދައަށް ކުރުވޭ އެއް ބަހުސް އަކީ މިއެވެ. މިހާރު ސަރުކާރުގައި ތިއްބެވި ވެރިން އެކަމަށް ފޯރި ދެމުން ދާ އިރު އިދި ކޮޅުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ހަމަ އެހެންމެ ދެ ޕާޓީގެ ސަޕޯޓަރުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ސޯސަލް މީޑިޔާގައި ބަހުގެ ހަމަލާ ދީ ހުއްޖަތް ދައްކަމުންމެވެ. އަޅުގަނޑުގެ މި އާޓިކަލްގެ އެންމެ ބޮޑަށް އަމާޒު ކޮއްފައިވާނީ ސިޔާސީ ވާދާވެރިކަމުގައި ގައުމު ވެއްޓިފައިވާ އަނދަވަޅުގެ މައްޗަށާއި މިހާ ހިސާބަށް މި ގައުމުށް އާދެވުނުގޮތުގެ މައްޗަށެވެ.

    އެންގި ވަޑައިގަންނަވާނޭ ފަދައިން ގައުމު ތަކުގައި އެހެން ގައުމު ތަކުގެ އެމްބަސީ/ކޮންސިއުލޭޓު ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްބަސީ/ކޮންސިއުލޭޓު ހަދާ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އެއްވެސްގައުމަކުން އެހެން ގައުމެއްގެ ބަޔަކަށް ހިދުމަތް ދޭން ބޮޑު ހަރަދު ކޮއްފައި އެމްބަސީ/ކޮންސިއުލޭޓެއް ނުހުޅުވާނެއެވެ. މީ އެންމެންވެސް ދަންނަށް ހަގީގަތެވެ. މި ބީދައިން އިންޑީޔާއިންވެސް މި ރާއްޖޭގެ ވެރިރަށް މާލޭގައި އެމްބަސީއެއް ހުޅުވާފައިވަނީ ދިވެހި ރާޖޭގައި ހުރި އިންޑިޔާގެ މަސްލަހަތު ހިމާޔަތްކުރަން ކަމަށް ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. މި ގޮތުން އެމްބަސީ ހުޅުވާ ހިދުމަތް ދެނީ ވިއޭނާ ކޮންވެންޝަން އަސްލަކަށް ބަލައިގެން ދެ ގައުމުގެ ގާނޫނާއި ގަވައުދުގެ ތެރެއިން ދެ ގައުމުންވެސް އެއްބެސް ވެވޭ ދާއިރާ ތަކުން އެއްބަސް ވެވޭ ތަރުތީބަކުންނެވެ. މީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިކަން ހިނގާ އުސޫލެވެ.

    މި ސުވާލުގެ ޖަވާބު ހޯދުމުގެކުރިން ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން މިހާހިސާބަށް އާދެނުގޮތް ބަލާލުން ރަނގަޅުކަމަށް ދެކެމެވެ. އެގޮތުން މީގެ 20 އަހަރު ކުރިއަށް ޖެހިލަން ހިނގާށެވެ. އެ ދުވަސްވަރު އޮތް މައުމޫނުގެ ހުދުމުހުތާރު ވެރިކާމައި ދެކޮޅަން ދިވެހިން ތެދުވެ، ދިވެހި ރާއްޖެއަށް އިސްލާހީ ބަދަލުތަކެއް ގެއްނަން، ޑިމޮކްރަސީ ނިޒާމަށް ތާއީދު ކުރާ ކަމަށް ބުނެ ފަހުލަވާނުން ތަކެއް ނިކުތް ހިސާބަކީ ދިވެހި ތާރީޙް ބަދަލު ކޮއްލުމުގެ ފެށުމެވެ. މި ގޮތުން އޭރުއޮތް ޙުދުމުޙުތާރު ވެރިކަމާއި ދެކޮޅަށް ކުރަމުން ދިޔަ ހުރިހާ ކަމެއްގައިވެސް ބޭރު ގައުމުތަކުގެ ބައިވެރިވުން އޮތެވެ. ސަބަބަކަށްވީ ގައުމުގައި ތިބެގެން އެ މަސައްކަތް ކުރެވޭނެ ގޮތެއް ނެތީއެވެ. މި މަސައްކަތް ކުރުމުގެ ތެރޭގައި އޭރު އަލަށް އުފެއްދި އެމްޑީޕީ ފާޓީއާއި ދޭދޭ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް އުފިދިފައެވެ. އެ ގޮތުން އެންމެ ފާހަނގަ ކޮއްލެވޭ ގައުމުތަކަކީ ޒާމާނައްސުރެ ދިވެހިންނާއި ގުޅުން އޮންނަށް އިންޑީޔާއާއި ލަންކާގެ އިތުރުން އިނގިރޭސިވިލާތެވެ. މީގެ ހެކި ތާރީޙްގައި ލިޔެވި ފެންނަން އެބަހުއްޓެވެ.

    އައްޑޫގައި އިންޑިޔާއިން ކޮންސިއުލޭޓެއް ހުޅުވާ ހިސާބަށް ދިޔައީ ކީއްވެ؟

    ދެން ފެނިގެން ދިޔައީ 2008ގައި ރައީސް މައުމޫނުގެ ދިގުދެމިގެން ދިޔަ ހުދުމުހުތާރު ވެރިކަން ވެއްޓި، އާ ގާނޫނު އަސާސީއަކާއިއެކު ޑިމޮކްރަސީ ނިމާމެއްގެ ފެށުމެވެ. މި އޮޑީގެ ކައްޕިއަކަށް ހުންނެވީ ދިވެހިންގެ އުންމީދީ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ނަޝީދުގެ ވެރިކަން ފެށިގެން ދިޔައީ ވަރުގަދައަށް ކޭންޕޭން ކުރެވިގެން ދިގު ވައުދު ލިސްޓެއް ބޮލުގައި އެޅުވިގެންނެވެ. މި ދެންނެވި ވައުދުތައް ފުއްދުމައްޓަކައި ކުރެވުނު މަސައްކަތުގެ ތެރޭގައި ދޭދޭ ގައުމު ތަކުގެ ގުޅުން އިތުރަށް ބަދަހި ކޮށް، ބޮޑެތި އަދަދު ތަކުން ލޯނު ނަގަމުން ގެންދިޔައެވެ. އަދި އޭގެ ނާޖައިޒް ފާއިދާ ލޯނު ދޭ ގައުމުތަކުންވެސް ނަގަމުން ދިޔައެވެ މީގެ ތެރެއިން ގިނަ ފައިސާ ރައްޔިތުންނާއި ހަމަޔަށް ނައިސް ބޭކާރުވެ، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓި، އޭރުގެ އިދުކޮޅުގެ ތާއީދާއެކު ރައީސް ވަހީދު ވެރިކަމުގެ ތަޙްތަށް އަތްގަދަ ކޮއްފިއެވެ. މި ހުރިހާ ކަމެއް ހިނގި އިރުވެސް ދިވެހި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ދިޔައީ އިންތިހާއަށް އެކި ގޮތްގޮތަށް ނުފޫޒު ފޯރުވަމުންނެވެ. މި ދުވަސް ވަރަކީ އިންޑިޔާގެ އިންވެސްޓްމެންޓްތައް ރާއްޖޭގައި ވަކި ހިއްޕާލި ދުވަސްވަރު ކަމުގައި ދެންނެވިދާނެއެވެ.

    2008 ގައި އެމްޑީޕީ އެކޭ އެއްގޮތަށް، 2013 ގައި ޕީޕީއެމްއިން ވެސް ވެރިކަން ހާސިލު ކުރީ ކިއުނު އެއްޗެއް ކިޔައިގެން ރައްޔިތުންނަށް ހުވަފެން ދައްކައިގެ ކޮޅު ނުފެންނަށް ވަރުގެ ދިގު ވައުދު ލިސްޓަކާއެކުއެވެ. މި ދެންނެވި ވައުދު ލިސްޓް ހިއްޕަވަގެން ރައީސް ޔާމީން ވަޑައިގަތީ އިންޑިޔާ ދޫކޮށް ޗައިނާއަށެވެ. މިކަމުގެ ސަބަބުން ދިވެހިރާއްޖެ-އިންޑިޔާގެ ގުޅުމަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. ޗައިނާއިން ނެގުނު ވަރަކަށް ލޯނު ނެގުމަށް ފަހު އެވަރުން ނުފުދިގެން ރާއްޖޭގެ ތިބިހާ ފަޅުރަށަކާއި ގިރިތަށް ދިގުމުއްތަކަށް ކުއްޔަށް ދިނުމަށް ފަހު ލިބުނު ލާރި ކޮޅުވެސް ހިއްޕަވައިގެން ވެރިކަމުން ވެއްޓުނު އިރު ދިވެހި ރާއްޖެ އޮތީ 80 ބިލިއަން ރުފިޔާއިން ގައުމުތަކަށް ދަރާފައިއެވެ. އެ ގޮތުން އެންމެ ބޮޑު އެއްޗެއް ދައްކަން އޮތީ ޗައިނާއަށެވެ. މި ހާލަތަ ގައުމު ވެއްޓުނުއިރުވެސް ދިވެހިންގެ ތެރެއިން ބަޔަކު އެކަމަށް ހިއްވަރު ދެއްވަ ދެއްވާ ތިއްބެވެ..

    ކަން މިހެން އޮއްވާ 2018 ގައި، ކޯލިޝަން އެއްބަސް ވުމެއްގެ ދަށުން އެއްވެސް “އާރެއް ބާރެއް” ނެތް އިއްތިހާދު ރައީސެއްގެ ގޮތުގައި ރައީސް ސޯލިޙް ވެރިކަމާއި ހަވާލުވެ ވަޑައިގެން، އިންޑީޔާއާއި ދިމާލަ މިސްރާބު ޖައްސަވައިފި، އާދަކާދައިގެ މަތިން ވެރިކަމަށް ވަޑައިގަންނަވަން ކުރެއްވި ދިގު ވައުދު ލިސްޓް ހިއްޕަވައިގެން ވަޑައިގެންނެވި ފަހުން، އިންޑީޔާއާއި ދިވެހި ރާއްޖެއާއި މިއިން ދުވަހަކުވެސް “ގާތް” ނުވާހާ ވަރަށް ގާތް ވެއްޖެއެވެ. ރާއްޖެއަށް ލޯނު ވެސް ދެނީ، ހިލޭ އެހީވެސް ދެނީ، އެދުނުހާ ކަމަކަށް ފަންޑު ކުރަނީ، މި ހުރިހާ ކަމެއް ކުރި އިރުވެސް ދިވެހިންގެ ތެރެއިން ބަޔަކު އެއީ މާ މޮޅުކަމެއް ކަމެއް ދެކިގެން ހިއްވަރު ދެއްވަ ދެއްވާ ތިއްބާ ދިވެހިންނާއި ބައްދަލު ކުރެއްވީ ގައުމުތަށް ފަތަހަ ކުރައްވަމުން ގެންދަވާ ކޯވިޑް19އާއި އެވެ. ރިހޭފައި މައްޗަށް ފޮއިވެއްޓި ހާލަތު އިންތިހާޔަށް ގޯސްވެ ބޭރު ގައުމުތަކަށް ބަރޯސާވުން އިހުނަށްވުރެ ބޮޑަ މަޖުބޫރުވެއްޖެއެވެ.

    ދިވެހި ރާއްޖޭގެ ހާލަތަށް މިހާރު ބަލާލާއިރު، ގައުމު އޮތީ ލޯނު ނަގާ ނަގާ ހައްދުން ނެއްޓި، 120 ބިލިޔަން ރުފިޔާއަށް ވުރެން މަތިން އެހެން ގައުމުތަކަށް ދަރާ، ލިބޭ ފައިސާ އެއިރަކު ވެރިކަމުގައި އޮންނަ ޕާޓީއަކުން ބޭނުންހާ ގޮތަކަށް ތަޅާ ބުރުއްސަނީ، ފޮރިން މިނިސްޓަރ އެއްގައުމުން އަނެއްގައުމަށް ހަމަ ސަލާން ޖަހަމުން ދުވަނީ، ގައުމުގައި ހުސް ކޮރަޕްޝަން، ސަލާން ޖަހައިގެން ލިބޭ ފައިސާކޮޅުވެސް ކަނޑަށް އަޅަނީ، ގައުމުގެ ރައުސްމާލް ކަމަށް ދެކޭ ޒުވާނުން ތިބީ ކަކުލު ހުޅަށް ތިރިވެފައި، ވިޔަފާރި ބޭރުމީހުން އަތް މަތީ، ގައުމުގެ އަދުލު އިންސާފު އޮތީ ގެއްލިފައި، ގައުމުގެ ބޯޑަރ އޮތީ ފޫ ގޮސްފައި، މުޅި ގައުމުގައި ހުސް ބޭރުމީހުން، އާއިލާތައް ވަނީ ރޫޅިފައި، އެންމެ ލޯބިވާ ކާފަ މާމަ ބަލަން ހަވާލުވަނީ ނުވެސް ދަންނަށް ބޭރު މީހެއް، މުޅި ސޯޝަލްމީޑިޔާގައި ހުސް ފިތުނަ ފަސާދަ، ކޮންމެ މީހަކުވެސް އެމީހަކު ތާއީދު ކުރާ ރޫހާނީ ލީޑަރަށް ސަނާކިޔުން ނޫން ކަމެއް ނުކުރޭ، މިހެންގޮސް ކިތަންމެއް ކަމެއް.

    މިހާ ހިސާބަށް އާދެވުނުއިރު، އެކި ވެރިކަމުގައި އެކި ގޮތްގަށް މަސައްކަތްކޮށް ހަންފަތުރައިގެން އިންޑިޔާމީހުން އޮތީ ރާއްޖޭގެ އުތުރުން ހަނިމާދޫ ނަގައިފައި، ދެކުނުން އައްޑު އަރޮޅުގެ ބިމުން ބޮޑުބަޔެއް ނަގައި އިންވެސްޓްކޮއްފައި، އުތުރުން ދެކުނަށް މުޅި ގައުމުގައި އެމީހުންގެ ރާޑަރުތައް، އުތުރާއި ދެކުނުގައި ދުއްވަން ދެ ހެލިކަޕްޓަރ އެބައޮތެވެ. ސަވައިލަންސްއަށް ޑޯނިއަރ ފްލައިޓެއް އެބައޮތެވެ. ކަންކަން މި މަގުން ދިޔައިރު މި ގައުމުގެ ހައްދު ފަހަނަޅާފައިވާ ކޮރަޕްޓް ސިޔާސީ މީހުން ދިޔައީ އެއްބަޔަކު އަނެއްބަޔަކު ބޮލުގައިކަންކަން އަޅުވަމުން. އަދި މި ދެންނެވި ސިޔާސީ މީހުންގެ ފަރާތުން މާލީ މަންފާ ލިބެމުން ދާ އާއްމުން ދިޔައީ ސޯޝަލް މީޑީޔާގައި އެބަޔަކު ތާއީދު ކުރާ ޕާޓީއެއްގެ ރޫހާ އެއްގޮތަށް ޝުއޫރު ފާޅު ކުރަމުންނެވެ. ގައުމާ ދޭތެރޭ ވިސްނާނެ މީހަކު ނެތެވެ. ކުރިން ދެންނެވި ފަދައިން އެމްބަސީއެއް ނުވަތަ ކޮންސިއުލޭޓެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ އެމްބަސީ/ކޮންސިއުލޭޓެއް ހަދާ ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމެވެ، އެގޮތުން ބަލާއިރު އިންޑިޔާ ހިމާޔަތް ކުރަން ޖެހޭ އިންޑިޔާގެ މަސްލަހަތު އައްޑު އަތޮޅުގައި މިހާރު އެބަހުއްޓެވެ. ބޮޑު އެކަޑަމީއެއް އެބަހުރި، ހެލިކަޕްޓަރ އެބައޮތް، ރާޑަރ ބަހައްޓާފައި އެބަހުރި، މި ހުރިހާ ތަންތަން/ތަކެތި ބަލަހައްޓަން އެމީހުންގެ މީހުން އެބަތިބި، އެމީހުންގެ ތަންތަނަށާއި މީހުންނަށް ސެކިއުރިޓީ ބޭނުންވޭ، އެއްވެސް ބަޔަކަށް އަޑުނޭހޭ (އެންޑް-ޓް-އެންޑް އެންކްރިޕްޓެޑް ކޮމިއުމިކޭޝަން) މުވާސަލާތީ ގުޅުން ބެނުންވޭ، އެއްވެސް ހާލެއްގައި މީކީ އައްޑޫ ރައްޔިތުން އިންޑިޔާއަށް ދިއުމަށް ވިސާ ހަމަޖައްސަން ފަސޭހައަކަށް ހުޅުވާ ތަނެއް ނޫން. އަދި މީ އައްޑޫ ރައްޔިތުންނަށް ހިދުމަތެއް ދޭން ހުޅުވާ ތަނެއްގެ ގޮތުގައި ވަކާލާތުކޮށް ރައްޔިތުންނަށް އޮޅުވާލަން މަސައްކުރުމަކީވެސް އަޅުގަނޑުގެ ނަޒަރުގައި ދެރަވަރު ކަމެއް. މީ ހިތް ނުރުހުނަސް ގަބޫލު ކުރަން ޖެހޭ ހަޤީގަތްތަކެއް، މި ހާލަތުގައި އިންޑީޔާގެ މި އެދުމަށް އައްޑޫ ގައި ކޮންސިއުލޭޓެއް ގާއިމު ކުރަން ހުއްދަ ދިނުން ޗޮއިސްއެއް މި ދިވެހިރާއްޖެއަކަށް ނޮއޮންނާނެ. ދިވެހިން ރުހުނަސް ނުރުހުނަސް މީ މިކަން  އޮތްގޮތް. ސަބަބަކީ ގައުމުއްގެ ގޮތުގައި އަޅުގަނޑުމެން ފެއިލް ވާތީވެ. ގައުމެއްގެ ގޮތުގައި ހިން ސިދާކުރާނެހާ ހަކަތަ ނެތަތީވެ.  

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

    މިދިޔަމަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު މިއަދުގެ ...

    ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ފަރާތްތަކުގެ އާއިލާއަށް އެ ފުރުސަތު ލިބޭގޮތަށް ހަމަޖެއްސުން މުހިންމު : ރޮޒައިނާ

    Advertisement ޕެންޝަން ސްކީމުގެ ދަށުން ހައްޖަ ދިޔުމުގެ ފުރުސަތު ލިބޭ ފަރާތުގެ މައިންބަފައިންނާއި އަނބިންނާއި ފިރިން އަދި ދަރިންނަށް ...

    ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

    މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ...

    ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފި

    ސިޓީ ކައުންސިލް ތަކުގެ މެމްބަރުންގެ މުސާރަބޮޑުކުރަން ރަށްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ. ސިޓީކައުންސިލްތަކުގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ...

    ކޮވިޑް 19: މާސްކް އަޅާ – ރައްކާވެ ތިބިއްޔާ ދަތުރު!

    ރައްކާވެ ތިބިއްޔާ ދަތުރެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން އަޑުއަހާ، އެއަށް އަމަލު ކުރަމުންދާ ހަރުބަހެއްކަމީ ދެބަސްވެވެންނެތް ހަގީގަތެކެވެ. މާނައަކީ ...

    ރައީސްގެ ދަތުރުފުޅަށް ގައްދޫގައި ހެދި މަރިޔާދުގޭގައި ބަޔަކު އަލިފާން ރޯކޮށްލައިފި

    ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގދ. ގައްދުއަށް ކުރެއްވި ދަތުރުފުޅަށް ޚާއްޞަކޮށް ހަދާފައިހުރި މަރިޔާދުގެއެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ...