އައްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފި

advertisement

އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި މީ ޓެރަރިޒަމާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްކަމަށްވެސް މައުލޫތުލިބިފައިވެއެވެ.

މި އޮޕަރޭޝަނާއި ބެހޭ އެއްވެސް ތަފްސީލެއް މިހާތަނަށް ސަލާމަތީ ބާރުތަކުން އަދި ހާމަކޮށްފައެެއްނުވެއެވެ.

މިމަހުގެ 6 ވަނަދުވަހު ނުރައްކާތެރި އެއްޗެއް ގޮއްވާ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސަލާމަތީ ބާރުތަކުން ގެންދަނީ ހަތިޔާރާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް ނުރައްކާތެރި ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ގައިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ދަނިކޮށް ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެންނެވެ. މި ހާދިސާއާއި ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސްވަނީ ޖަހާފައެވެ. ރޭޒާރ ފުއްތަކާއި އެހެނިހެން ނުރައްކާތެރި މައުދަންތައް ބޭނުންކޮށްގެން ގޮއްވާލި ބޮމަކީ ރާއްޖޭގައި މިހާތަނަށް ހިނގި މިފަދަަ ހާދިސާތަކުގައި ގޮއްވާލި އެންމެ ނުރައްކާތެރި އެތިކަން ސަލާމަތީ ބާރުތަކުން ވިދާޅުވެއެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އިތުރު ފަރުވާއަށް މިދިޔަ ފިތުރު އީދުދުވަހު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފައެވެ.

މަސްދަރު: ޕީއެސްއެމް ނިއުސް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަގިލި ނަގަން ފޭބި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

މަސްދޯންޏަކުން މިއަދު ހެނދުނު ނަގިލިނަގަން ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. ...

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެ

ހުޅުމާލޭ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރާ ދެ މީހަކު ޕޮޒިޓިވްވެއްޖެއެވެ. ހުޅުމާލޭގައި ގާއިމް ކުރާ “ކޮވިޑް ވިލެޖް” އަކީ، ...

ރަޔަން – ހުރިހާގޮތަކުންވެސް ތަފާތު މޮޅު ކުޅުންތެރިއެއް

ނިމިދިޔަ ގައުމު ސްޓްރީޓް ކަޕް –ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މީދޫ ލޮތަރި އެފްސީ ހޯދިއިރު ގިނަބައެއްގެ ލޯ އަމާޒްވެގެން ...