އައްޑޫގެ ޑެޕިއުޓީ މޭޔަރަކަށް ޝުއާއު ގެންނަން ފާސްކޮށްފި

advertisement

އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް ހިތަދޫ މެދުވަލު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝުއާއު ހޮވަން އެމްޑީޕީގެ އައްޑޫ ކައުންސިލަރުން ރޭ ފާސްކޮށްފިއެވެ.

އެމްޑިޕީ ކައުންސިލަރުން މިގޮތަށް ފާސްކޮށްފައިވަނީ ރޭ އެމްޑީޕީ އޮފީހުގައި ބޭއްވުނު ބައްދަލު ވުމެއްގައެވެ. މި ބައްދަލުވުމުގައި ތިން ކައުންސިލަރަކު ވަނީ ޑެޕިއުޓީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ޝުއާއުގެ އިތުރުން ދެން އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރީ ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝިނާޒު މޫސާގެ އިތުރުން ރަސްގެދަރަ ދާއިރާގެ ކައުންސިލަރު ހުސެއިން ޒަރީރުއެވެ.

ރޭ ބޭއްވުނު މިބައްދަލުވުމުގައި ޝުއާއު އަށް ތިން ވޯޓު ލިބުނުއިރު، ޒަރީރު އާއި ޝިނާޒު އަށް ލިބިފައިވަނީ ދެ ވޯޓެވެ.

އައްޑޫ ކައުންސިލްގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:00 ގައި އައްޑޫ ހައި ސްކޫލްގައެވެ.

 ކައުންސިލަރުން ހުވާ ކުރުމަށް ފަހު ކައުންސިލްގެ ފުރަތަމަ ޖަލްސާ ވަގުތުން ބާއްވައި އައްޑޫގެ ޑެޕިއުޓީ މޭޔަރަކު ހޮވުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ސީރިއަސްވެ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާދެނީ

ކުޑަ ދޯންޏެއްގައި މަހަށް ނިކުމެ އުޅުނު ޒުވާނެއްގެ މެއަށް ތޮޅިއެއް ހެރި ހާލު ސީރިއަސް ވުމުން، ކުޅުދުއްފުށީ ރީޖަނަލް ...

މާދަމާ މީދޫގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ އީދު ކުރައްވާ ބޭފުޅުން

މާދަމާ ( 31  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

އެމްއެންޑީއެފުން ހުޅުމާލޭގައި ހަވާ އަރުވަނީ

އާ އަހަރަށް މަރުހަބާ ކިޔުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފިއެވެ. އެމްއެންޑީއެފުން ...