އަދިވެސް އެންމެ ރީތި ލޮލުގެ ވެރިޔަކީ އައިޝްވާރިޔާ.

  ކޮންމެ މީހަކީވެސް ރީތި މީހެކެވެ. ތަފާތު މީހެކެވެ. ނަމަވެސް ބައެއް މީހުންގެ ބައެއް ގުނަވަންތައް ފާހަގަ ކޮށްލެވޭ ވަރަށް ގިނަ މީހުންނަށް ރީތިވެއެވެ. މިގޮތުން މިބަލައިލަނީ ދުނިޔޭގެ އެންމެ ރީތި ލޯ ހުންނަ މީހުންނަށެވެ.

  1. އައިޝްވަރްޔާ ރާއީ

  ފިލްމީ ދާޢިރާއަށް ނުކުތުމުގެ ކުރިން މޮޑެލްކޮށް އާއްމުންގެ ތެރެއަށް މަޝްހޫރުވި އައިޝްވަރްޔާ އަކީ މިއަދު ކުޅަދާނަ ފިލްމީ ތަރިއެކެވެ. 1994 ވަނަ އަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމް ލިބިފައިވާ އައިޝްވަރްޔާގެ ލޮލަކީ މިހާތަނަށް ފެނުނު އެންމެ ރީތި ލޯ ކަމަށް ގިނަބަޔަކު ބުނެއެވެ.

  1. އެންޖެލީނާ ޖޯލީ

  އެމެރިކާގެ މަޝްހޫރު ފިލްމީ ތަރި އަދި އެންޖެލީނާ ޖޯލީގެ ލޮލަކީވެސް ގިނަ ބަޔަކު ރީތިކަމަށް ގަބޫލު ކުރާ ލޮލެކެވެ. މި ހުނަރުވެރި އަންހެން މީހާއަށް ވަނީ 3 ގޯލްޑެން ގްލޯބް އެވޯޑާއި، އެކަޑެމީ އެވޯޑް އަދި 2 ސްކްރީން އެކްޓާރސް އެވޯޑް ލިބިފައެވެ.

  1. ކްރިސްޓެން ސްޓިވާޓް

  މަޝްހޫރު ސީރީޒް ޓްވައިލައިޓްގެ ބޭލާ ސްވޭންގެ ނަމުން މަޝްހޫރުވެފައިވާ ކްރިސްޓެން ގެ ލޮލަކީ އެ ލޮލުން އެތައް ބައެއްގެ ހިތްތައް ފަތަހަ ކޮށްފައިވާ ލޮލެކެވެ. ކްރިސްޓެންއަށް ލިބިފައިވަނީ މިލިސްޓްގެ 3 ވަނަ މަގާމެވެ.

  1. އެލިޒަބެތް ޓެއިލަރ

  ވަރަށް ޅަ އުމުރުގައި ފިލްމީ ދާއިރާއިން މަޝްހޫރުވި ޑޭމް އެލިޒަބެތް ރޯސްމޮންޑް ޓެއިލާ އަށް ލިބިފައިވާ ވިވިޑް ނޫ ކުލައިގެ ލޮލަކީ ގިނަބަޔަކަށް ވަރަށް ރީތި ވެފައިވާ ލޮލެކެވެ. ޓެއިލާ އަށް ލިބިފައިވަނީ މިލިސްޓުގެ 4 ވަނަ މަގާމެވެ.

  1. އޮޑްރޭ ހެޕްބާން

  އިނގިރޭސި ވިލާތުގެ ކުޅަދާނަ ފިލްމީ ތަރި އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އޯޑްރޭގެ ލޮލަކީވެސް އާދަޔާ ހިލާފަށް ރީތި ލޮލެކެވެ.

  1. ޖިއާޑާ ދި ލޯރެންޓިސް

  މިއީ ކުޅަދާނަ ލިޔުންތެރިއެކެވެ. އަދި އިޓަލިއަން-އެމެރިކަން ކައްކާ އެއްގެ އިތުރުން ޓީވީ ޕްރޮގްރާމް ހުށަހެޅުންތެރިއެކެވެ. ޖިއާޑާ އަށް ލިބިފައިވަނީ ލިސްޓުގެ 6 ވަނައެވެ.

  1. ކްރިސްޓިން ކްރޫކް

  ކެނެޑާގެ މަޝްހޫރު ފިލްމީ ތަރި އަދި އެގްޒެކިޔުޓިވް ޕްރޮޑިޔުސަރ ކްރިސްޓިން ލައުރާ ކްރޫކް އަށް މިލިސްޓުގެ 7 ވަނަ ލިބިފައިވަނީ އޭނާގެ ރީތި ފެހި ލޮލުގެ ސަބަބުންނެވެ.

  1. ސެލީނާ ޖެއިޓްލީ

  އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ސެލީނާ އަކީ ފިލްމީ ތަރިއެއްގެ އިތުރުން މޮޑެލް އެކެވެ. ސެލީނާ އަށް މިލިސްޓުގެ 8 ވަނަ މަގާމް ލިބިފައިވަނީ އޭނާގެ އެލްމަންޑް ބައްޓަމަށް އިންނަ ލޮލުގެ ސަބަބުންނެވެ.

  1. މިލްލާ ޖޮވޯވިޗް

  އެމެރިކާގެ މަޝްހޫރު މޮޑެލް، މިޔުޒީޝަން، ފެޝަން ޑިޒައިނަރ އަދި ކުޅަދާނަ މި ފިލްމީ ތަރިއަށް ލިބިފައިވަނީ މިލިސްޓުގެ 9 ވަނަ މަގާމެވެ.

  1. ޗާލީޒް ތެރޯން

  މިލިސްޓުގެ 10 ވަނަ މަގާމް ލިބިފައި މިވަނީ ސައުތު އެފްރިކާގެ ފެޝަން މޮޑެލް އަދި ފިލްމީ ތަރި ޗާލީޒް ތެރޮން އަށެވެ. ޗާލީޒް އާންމުންގެ ތެރެއަށް މަޝްހޫރުވެފައިވަނީ 1990 ގެ ފަހުކޮޅުގައެވެ.

  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ފައިކުރި ފުޅާ ޖިންސާއި ފަޓުލޫނު އަނެއްކާވެސް މަޤުބޫލު ޓްރެންޑަކަށް؟

  ފައިގެ ރީތި އަދި ލޫޅާފަތި ބައްޓަން ދައްކާލަން ހާއްސަކޮށް ބައެއް އަންހެންވެރިންގެ މެދުގައި ބާރު ސްކިނީ ޖީންސް ވަރެއް ...

  ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި

  2008 ވަނަ އަހަރު ރިލީޒް ކޮށްފައިވާ ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފެއްދުމަށް ފިލްމު ޓުރޭޑު އެނަލިސްޓު ...

  ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

  އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

  ތަލަވުން ހުއްޓުވިދާނެ ފަރުވާއެއް ހޯދިއްޖެ ސައިންސްވެރިން ބުނެފި

  ބޯ ތަލަވުން ނުވަތަ ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ ފަރުވާއެއް ސައިންސްވެރިން ހޯދައިފި އެވެ. މިއީ އިސްތަށީގެ ބުޑާއި ...

  އާމާލް ކްލޫނީ ބޭނުންވަނީ ވޯގް މެގަޒިންގެ ކަވަރަށް އަރަން

  އިނގެރޭސި ހިއުމަންރައިޓްސް ލޯޔަރު އަދި މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ އަންހެނުން މިހާރު އެންމެ ބޭނުންވާ ކަމަކީ ވޯގް މެގަޒިންގެ ...

  ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

  ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ...