advertisement

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީ ކޮޅަށް އާސެނަލުން ޖެހި ހަމައެކަނި ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން މިޑްފީލްޑަރު އެމީލް ސްމިތު ރޯވް އެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ލީގުގެ 8 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެއީ 36 މެޗުން 55 ޕޮއިންޓާއެކުއެވެ. 9 ވަަަނައިގައި އޮތް އެވަަޓަން އަށް 34 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް މެޗު ހަމަކޮށްގެން އާސެނަލަށް ވުރެ މައްޗަށް އެރޭނެއެވެ. މި މެޗުން ބަލިވި ޗެލްސީ ހަތަރު ވަނައިގައި އޮތީ 36 މެޗުން 64 ޕޮއިންްޓާ އެކުއެވެ.

މިއީ 2003-2004 ވަނަ ސީޒަނަށް ފަހު ލީގުގައި އާސެނަލުން ޗެލްސީ އަތުން އެއް ސީޒަނެއްގައި ދެ ފަހަރު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ ޗެލްސީއާ ޓުޗެލް ހަވާލުވި ފަހުން ލީގުގައި ޗެލްސީ ބަލިވި ދެ ވަނަ މެޗެވެ. އޭނާގެ ކޯޗުކަމުގައި މީގެ ކުރިން ޗެލްސީ ބަލިވީ ވެސްޓް ބްރޮމް އަތުން އަމިއްލަ ދަނޑުގައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ މާބަނޑު މުވައްޒަފުންނަށް ގޭގައި މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިފި

ކޮރޯނާ ވައިރަސް ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ...

ކެލާ އިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހއ. ކެލާ އިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓީވް ވެއްޖެއެވެ. ‘ބައެއް މީޑިއާތަކަށް  މައުލޫމާތު ދެއްވަމުން ކެލާ ކައުންސިލްގެ ...

ފޮޓޯއިން ޚަބަރު: މީދޫގެ މަގުހެދުމުގެ މަސައްކަތް

މީދޫގެ މަގުހެދުމުގެ މަސައްކަތުގެ ސްޕީޑު މިދުވަސްކޮޅު ހަލުއިކޮށް ކުރިޔަށް އެބައެއެވެ. އެގޮތުން ގިނަ މަގުތަކެއްގައި ކާނުހެދުމުގެ މަސައްކަތް އަންނަނީ ...