އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކީ މެޑަމް ފާތުންގެ އަގު ވައްޓާލާ އެކަމަނާގެ މަސައްކަތްތަކަށް ހުރަސްއެޅުން – ޝިފާޤު މުފީދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ތަފާތު ދޮގު ވާހަކަތައް ދައްކަމުންދަނީ އެކަމަނާ ކުރައްވަމުންދާ މަސައްކަތްތައް ހުއްޓުވާލާ، އެކަމަނާގެ އަގު ވައްޓާލުމަށް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝިފާޤު މުފީދު ވިދާޅުވެއްޖެއެވެ.

ޗެނަލްތާޓީންގެ ނަނާ ހުވަފެން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޤު ވިދާޅުވީ ރާއްޖޭގައި މިވަގުތު ހުންނެވި މަހާ ރެހެންދިއަކީ ރައްޔިތުންގެ ހިތްތަކުގައި ވަރަށް ބޮޑު ޤަދަރަކާއި ޝަރަފެއް ދެއްވާ އެތައް ބައެއްގެ ލޯބި ހޯދާފައިވާ ކަމަނާއެއްކަމަށެވެ. އެގޮތުން އެކަމަނާ ކުރައްވަމުންދާ މަސައްކަތްތަކަކީ އެއްވެސް ކުލައެއް ތަފާތު ކުރުމެއްނެތި ހުރިހާ ދިވެހިރައްޔިތުންނަށް ކޮށްދެއްވަމުންދާ ޚިދުމަތްތަކެއްކަމަށް ޝިފާގު ވިދާޅުވިއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ އަގުހުރި މަސައްކަތަކީ، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ބައްދަލުކޮށް، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެޑަމް ފާތިމަތު އިބްރާހިމްއަކީ ދިވެހި ތާރީޙުގައި ދިވެހިންނަށް ލިބުނު އެންމެ ހަރަކާތްތެރި އެންމެ އޯގާތެރި ފަސްޓް ލޭޑިކަމަށްވެސް ޝިފާޤު ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން ޝިފާގު ވިދާޅުވީ ރައީސުލްޖުމުހުރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރައްޔިތުނުންނާއި ކައިރިން މަސައްކަތް ކުރައްވަން ފެއްޓެވުމުން އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަމަށެވެ. އެގޮތުން އެފަރާތްތަކުން ރައްޔިތުންގެ ހިތުގައި ސަރުކާރާއިމެދު ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތް ނާކާމިޔާބު ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަޔަކު ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވި ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އަންހުންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން މެޑަމް ފާތިމަތު އިބްރާހިމް ކުރައްވަމުންދާ އިޖްތިމާއީ މަސައްކަތް ހުއްޓަވާ ނުލައްވާނެކަމަށްވެސް ޝިފާޤު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާދަމާ މީދޫގައި އީދު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ އީދު ކުރައްވާ ބޭފުޅުން

މާދަމާ ( 31  ޖުލައި 2020 ވަނަ ދުވަހު )  މީދޫގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...

އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ނެރުނު ޔެލޯ އެލާާޓު ނެރުނު ގަޑި

މޫސުމާއި ބެހޭ ގައުމީ އިދާއިރާއިން ވިއްސާރައިގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓްގެ ވަގުތު އިތުރު ކޮށްފިއެވެ. ...

ކޮވިޑް-19: އައްޑޫ އިން ޕޮޒިޓިވްވި މީހާގެ ފަހުގެ ދެ ޓެސްޓުވެސް ނެގެޓިވް ވެއްޖެ

އައްޑޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވިކަމަށް ދެއްކި މީހާގެ، ފަހުން ހެދި ޓެސްޓުތަކުން އޭނާ ނެގެޓިވް ވެފައިވާކަމަށް ދައްކާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން ...