އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އިތުރު ދެމީހަކު ހުޅުދޫއާއި މީދުން ކޮވިޑް 19 އަށް މިއަދު ޕޮޒިޓިވް ވެއްޖެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިދެމީހުންނަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދެމީހުންނެވެ.

ހުޅުދޫއާއި މީދޫގެ ކޮވިޑް-19ގެ ހާލަތު  ކަންބޮޑުވާ ހާލަތަކަށް ގޮސްފައިވާއިރު  އިއްޔެ 7 މީހުން ހުޅުދޫއާއި މީދުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ޖުމްލަ 36 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން 70 ވަރަކަށްގެ ވަނީ ކަރަންޓީނުކޮށްފައެވެ.

ކޮވިޑްގެ ހާލަތު ކަންބޮޑުވާންޖެހޭ މިންވަރަށް ހުޅުދޫއާއި މީދޫގައި ފެތުރެމުންދާއިރު ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.

އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

އަދި މީގެ އިތުރަށް ރޯދަކުރުމުގެ ގޮތުން ގްރޫޕް ހަދައިގެން ބުރު ނުޖެހުމަށާ ކޮފީތަކަށާ ރެސްޓޯރެންޓްތަކަށް ގޮސް އުޅޭއިރު ގައިދުރުކަން ބަހައްޓައިގެން އުޅުމަށްވެސް ކަމާބެހޭ ފަރާތްތަކުންދަނީ ނަސޭހަތްތެރިވަމުންނެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް- އަލީ އާޒިމް

މިއަދު މިޖެހޭ އުނދަގުލާ، ތަކުލީފަކީ އިއްޔެ ކަންކުރިގޮތުން ވާގޮތެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ ...

އާތު އަވަރ ފާހަގަ ކުރުމުގެ ގޮތުން ހުޅުދޫއާއި މީދޫގެ މަގުބައްތިތައް ނިއްވާލެވުނު

މިރޭ 20:30 ން 21:30 އަށް ފާހަގަކުރެވުނު އާތުއަވަރ “ދުނިޔެއަށްޓަކައި އެއްގަޑިއިރު” ހަރަކާތުގައި ބައިވެރި ވުމުގެ ގޮތުން ހުޅުދޫއާއި ...

ދޮށީ އުމުރުގެ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައިފި، 99 މީހުން ނެގެޓިވް

އުމުރުން ދުވަސްވީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 99 މީހެއްގެ ނަތީޖާ ނެގެޓިވް ...