ވައްކަން ކުރުމަށް ވަކި ވަގުތެއް ނެތް – ރައްޔިތުންނަށް ނުތަނަވަސްކަން

    ” މިއަދު ހަވީރު ބޮޑުއަގުދީގެން ގަނެގެން ގެނައި ކިރުދަޅު މިރޭ ދަރިފުޅު ނިންދަވަން ވެގެން ބުއްތަށި ގިރަން ބަލާލި އިރަކު ނެތް ” ހިތްދަތިކަމާއި ބިރުވެރިކަމާއި އެކު މީހަކު ބުނެލިއެވެ.

    މި މީހާގެ މި ޖުމުލައިން ވެސް މީދޫގައި ވައްކަން ކުރުން ޢާއްމުވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގަންޖެއެވެ. މިއަދު މީދޫގައި ވައްކަން ކުރުމަށް ވަގުތެއް ، ވަގުތެއް ނެތެވެ.  ގޭގައި އުޅޭމީހުން ފަރާތަކަށް ތަނަކަށް ޖެހިލާތޯ ވަގުން ތިބެނީ ބަލަބަލައެވެ. ވޭތުވެދިޔަ ދެ ދުވަހަށް ބަލަލާއިރުވެސް ” ވަގުން ” ވަނީ އެތައް ގެއަކުން އެތައް، އެތައް އެއްޗެއް ވަގަށް ނަގާފައެވެ.

    މީދޫގެ ގެތަކުންނާއި ފިހާރަތަކުން ވައްކަށް ކުރަނީ ކޮންބައެއްކަން ރައްޔިތުންގެ ތެރޭގައިވަނީ އެންމެންނަށް އެނގޭ ” ބޮޑު ސިއްރު ” ގެ ގޮތުގައެވެ.

    އަޅުގަޑުމެންގެ ތެރޭގައި ވައްކަން މިހާބޮޑަށް އާއްމުވުމުގެ އަސްލަކަށް ވެފައި މިވަނީ މަސްތުވާތަކެއްޗެވެ. މުޖުތަމައެއް މަސްތުވާ ތަކެތީގެ ސަބަބުން ނެތިގެންދާ ކަމުގެ އިހުސާސް ކުރެވެން ފަށާ އެއްކަމަކީ ވައްކަން އާންމުވުމާއި މާރާމާރީ ގިނަވުމާއި އަދި އާއިލާތައް ރޫޅުމެވެ. މިއީ އަހަރުމެންގެ މި ކުޑަ މުޖުތަމަޢުގައި  އާއްމުކަމަށްވަނީ ވެފައެވެ.   އަޅުގަނޑުމެންގެ ތެރޭގައި ވައްކަން ނުކުރާ ދުވަހެއް މަދެވެ. މިހުރިހާ ކަމެއްގެ ވެސް އަސްލަކަށް ވެފައި މިވަނީ މަސްތުވާތަކެއްޗެވެ.

    މީދޫއަށް ހެޔޮ އެދޭ ފަރާތްތަކުން ޤަބޫލްކުރާ ގޮތުގައި ރަށުން މިކަންތައް ނުހުއްޓިގެން މި އުޅެނީ ކޮންމެ ބައެއްގެ އިހުމާލުން ނަމަވެސް ޤާނޫނާއި ޤަވާޢިދު އެންމެ ރަނގަޅަށް ތަންފީޒް ނުކުރެވިގެންނެވެ. ރަށުން ވައްކަން ކުރުން ހުއްޓުވި ، މީދޫއަކީ އަމާން ވެއްޓެއް ޤާއިމް ކުރެވިފައިވާ ފަސްގަޑަކަށް ހެދޭނީ ޤާނޫނީ ގޮތުން މަސްޢޫލިއްޔަތު އަދާކުރައްވަން ޖެހޭ އެންމެހާ ފަރާތްތަކުން އެފަރާތްތަކުގެ ޤާނޫނީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންކަން ޔަޤީނެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މިއަދަކީ މިއަހަރުގެ ޝަހީދުންގެ ދުވަސް

    މިއަދަކީ ރާއްޖޭގެ ޝަހީދުންގެ ދުވަހެވެ.ޝަހީދުންގެ ދުވަހަކީ ޤައުމުގެ މިނިވަންކަންރައްކާތެރި ކުރެއްވުމަށްޓަކައި ޖިހާދު ކުރައްވައިޝަހީދުވި ނަސީބުވެރި ދިވެހި ދަރީންގެހަނދާންތައް އާކުރެވޭ ...

    އަނެކާގެ އެހީތެރިކަމަށް އެދެންޖެހިދާނެ ދަނޑިވަޅުތައް އަންނާނެކަން ދަނެގަންނަންޖެހޭ

    މުޖުތަމައެއްގެ ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމަކީ އެ މުޖުތަމައެއްގައި ދިރިއުޅޭ އެންމެހާ ފަރުދުންގެ ޒިންމާއެކެވެ. ވަކީން ހާއްސަކޮށް ...