މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް ސިޓީ ކައުންސިލާ ހަވާލުކޮށްފި

advertisement

މަތިކިޅި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.

މަތި ކިޅި  ބެލެހެއްޓުން ސިޓީ ކައުންސިލާއި ހަވާލްކުރުމުގެ ގޮތުން ވެވުނު  އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރެވެ.

މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް ޕީއެސްއައިޕީ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އިއްޔެ  ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 ރުފިޔާ ހިމެނޭގޮތަށް މިނިސްޓްރީން ޕްލޭންކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި އެކަންތައްތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ އައްޑޫސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މިއެއްބަސްވުމުގެ ދަށުން މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯޓޫރިޒަމް އަދި އިކޯގާރޑަން ކޮންސެޕް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި، އެސަރަޙައްދުގެ ރީސްޓޮރޭޝަންއަށް ބޭނުންވާ ގޮތަށް، އެސަރަޙައްދުގައި “އިންވޭސިވް ސްޕީޝީސް” އެއް ގޮތަށް ފެތުރެމުންދާ ވިނަތައް ސާފުކުރުމާއި، އެސަރަޙައްދު މެނޭޖްކުރުމަށް ބޭނުންވާ ޓޫލްސް ގަނެވޭނެކަމަށް އެންވަޔަރު މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މަތިކިޅި ސަރަޙައްދަކީ ޤާނޫނު ނަންބަރު 93/4، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން 22 ސެޕްޓެންބަރު 2020 ގައި ހިމާޔަތްކޮށްފައިވާ ޗަސްބިން އޮންނަ ސަރަޙައްދެކެވެ.

މަތިކިޅި ސަރަހައްދުގައި ތައްޔާރުކުރަމުންދާ އެކޯ ގާޑަންއަކީ މީދޫގެ އަމިއްލަފަރާތަކުން އިސްނަގައިގެން ވަރަށްގިނަ ފަރާތްތަކެއްގެ ދީލަތި އެހީއާއިއެކު ތައްޔާރުކުރަމުންދާ ތަނެކެވެ.

ތިރީގައި އެވަނީ މީދޫ މަތިކިޅި އެކޯގާޑަންގެ ފޮޓޯތައް : ފޮޓޯތައް ސޯޝަލް މީޑިއާ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ

ގައުމީ ކްލައުޑް ގާއިމްކުރަން ހިލޭ އެހީގެ ގޮތުގައި އެމެރިކާއިން 13 މިލިއަން ރުފިޔާ ދިނުމަށް އެއްބަސްވެ ސޮއި ކޮށްފިއެވެ. ...

އިޔާޟް، ޙުސައިން ރަޝީދަށް: މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނަވާ

މުސްކުޅިވީ ދުވަހު ކޮސްނުގޮވާ ހިމޭނުން ހުންނެވުމަށް ވިދާޅުވެ ޑރ.މުޙައްމަދު އިޔާޟް، ޝައިޚް ޙުސައިން ރަޝީދަށް ރައްދު ދެއްވައިފިއެވެ. ޔޯގާއަކީ ...

މާލެ ސަރަހައްދުން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

މާލެ ސަރަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވާން ...