މިއަދު ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ފުލޫ ކްލިނަށް ދެއްކި މީހަކު

    advertisement

    މިއަދު ހުޅުދޫ އާއި މީދުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމީހާ ފޮޒިޓިވް ވެފައިވަނީ މިމިހާ ބަލިވެގެން ހުޅުމީދޫ ފްލޫ ކްލިނަކަށް ދެއްކުމުން ނެގިފައިވާ ސާމްޕަލުންނެވެ. މިއަދު ޕޮޒިޓިވްވި މިމީހާ އަކީ ކުރީން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވެ ނުވަތަ ހޯމް ކަރަންޓީނުގައި ތިބިބަޔާވެސް ކޮންޓެކްޓް ވެފައިވާމީހެއް ނޫނެވެ.

    ފުލޫ ކްލިނިކަށް ދެއްކި މިމީހާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސިއްހީމަރުކަޒުން ވަނީ ހާމަކޮށްފައެވެ. .

    މިއަދު ޕޮޒިޓިވްވި މިމީހާއެކު އެކު ޖުމްލަ 67 މީހަކު ހުޅުދޫއާއި މީދުން ކޮވިޑަށްވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުޅުދޫން ޕޮޒިޓިވްވި 56 މީހުންނާއި މީދުން ޕޮޒިޓިވްވި 11 މީހުންނެވެ. އަދި މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ހުޅުދޫ އާއި މީދުން ގިނައަދަދެއްގެ ގޭގޭ ވަނީ ކަރަންޓީން ކުރެވިފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހުޅުދޫއާއި މީދުން ކޮވިޑަށް ޓެސްޓްކުރުމަށްނަގާފައިވަނީ 31 ސާމްޕަލެވެ.

    ހުޅުދޫއާއި މީދޫގައި ކޮވިޑްގެ ކޭސްތައް މަދުކުރުމަށް  ކަމާބެހޭ ފަރާތްތަކަށް އެއްބާރުންލުން ދިނުމުގެ ގޮތުން ކޮންޓެކްޓް ރޭސިންގެ ތެދުމައުލޫމާތު ހިއްސާކުރުމަށާ  ބަލިއިތުރަށް ފެތުރުން ހުއްޓުވުމަށް ސާމްޕަލް ނަގާ ފަރާތްތަކުން ވެސް ނަތީޖާ ލިބެންދެން ސެލްފް އައިސޮލޭޝަންގައި ތިބުމަށް ހުޅުމީދޫ ސިއްހީމަރުކަޒުންދަނީ އިރުޝާދު ދެމުންނެވެ.

    އަދި ބަލިމީހުންނާއި ކޮންޓެކްޓް ވެފައިވާ ފަރާތްތަކުންވެސް އެކަން ސިއްހީމަރުކަޒުގެ 6894680 ނަމްބަރު ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާ ކުރުމަށްފަހު ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އަންގަވަންދެން ސެލްފް އައިސޮލޭޝަނުގައި ތިބުމަކީ ބަލިއިތުރަށް ފެތުރިޔަ ނުދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ.

    ހުޅުދޫއާއި މީދޫ ގައި ކޮވިޑް 19 ގެ ވައިރަސް ފެތުރެމުންދާތި މެއި މަހުގެ 13 ވަނަ ދުވަހުން ންފެށިގެން އެއް ހަފުތާއަށް ހުޅުދޫ މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ .

    އަދި މީގެ އިތުރަށް ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ކާފިއުގެ ވަގުތު ހަވީރު 6:00 އިން ފަތިހު :4:00 އަށް ވަނީ އިތުރުކޮށްފިއެވެ.

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގުކޮށްފި

    އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ގައި ބޭނުންވާ މާސްކާއި ގައުން އަދި ސެނިޓައިޒާ ނެތް ކަމަށް ބުނާ ވާހަކަ ސަރުކާރުން ...

    ރައީސް ޔާމީން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތްތަކެއް ހިންގިކަމަށް ބުނާ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފި

    ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ޚިލާފަށް މާލީ މުޢާމަލާތަކެއް ހިންގަވާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ...

    ރާއްޖޭގެ އަލުން ހުޅުވާލައި، ފުރަތަމަ ފްލައިޓް ޖައްސައިފި

    ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ބޯޑަރު ހުޅުވާލައި ފުރަތަމަ ފްލައިޓް ރާއްޖޭގެ މައި ...

    މިރޭ ބްރެޒިލްގައި ފަށާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ޕްލޭއިން ބެލޭނެ

    މިރޭ ދަންވަރު 2:00 ގައި ފެށުމަށް ހަމަޖެހިފައިވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިރާގު ޓީވީ އަދި ދިރާގު ...

    ލޯންޗް އެކްސިޑެންޓުގައި ގެއްލުނު މީހާ މަރުވެފަ އޮއްވަ ފެނިއްޖެ

    ދެ ލޯންޗު ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ގެއްލުނު މީހާ ކަނޑު އަޑީގައި މަރުވެފަ އޮއްވަ ފެނިއްޖެ އެވެ. ...