މީދޫގައި ކާޅު މެރުމުގެ މަސައްކަތް ފަށައިފި

    advertisement

    މީދޫގައި އުޅެމުންދާ ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްކުރުމަށް    ކާޅުތަކަށް  ބަޑި ޖަހައި މެރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

    މީދޫ އަވަށު އޮފީހުގެ ފޭސްބުކް ޕޭޖްގައި އެ އޮފީހުން ހާމަކޮށްފައިވާގޮތުން  މިއަދު ހެނދުނު ހަޔަކުން ފެށިގެން އެމްއެންޑީއެފްގެ ސިފައިން ބަޑި ޖަހައި ކާޅު މެރުުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ.

    މީދޫގެ އިތުރުން އައްޑޫގެ އެހެން ރަށްތަކުންވެސް މަދު މަދުން ކާޅު ފެންނަމުން އަންނަ އިރު އެކާޅުތަކުން  ދޮންދީނިތައް  މަރައިގެން ކެއުމުގެ އިތުރުން ދޮންދީނީގެ ހާލިތަކަށް ގެއްލުންދެމުންދާތީ  ބައެއް އާއްމު ރައްޔިތުން އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން ގޮސްފައިވެއެވެ.

    އައްޑޫސިޓީގެ ރަށްތަކަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކާޅު އާއްމުކޮށް އުޅޭ ރަށްތަކެއް ނޫނެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބައެއް މީހުން އައްޑޫއަށް ކާޅު ގެނެސް ގެންގުޅެއެވެ. އެ ގޮތުން ގެންނަ ކާޅުތައް އާލާވެ، ދޮންދީނީގެ އާބާދީއަށް މީގެ ކުރިންވެސް ކާޅުތަކުންވަނީ ގެއްލުންދީފައެވެ.

    ދޮންދީނިއަކީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކޮވިޑަށް ޓެސްޓްކުރެވޭ ލެބޯޓަރީއެއް ނޫނު މާފަރު އެއަރޕޯޓުގައި ޤާއިމް ކުރަނީ

    ނޫނު މާފަރު އެއަރޕޯޓުގައި ކޮވިޑަށް ޓެސްޓް ހަދާ ހަދާ ލެބޯޓަރީއެއް ޤާއިމްކުރުމުގެ މަސައްކަތް ސޮނޭވާ ރިސޯޓުން ކުރިއަށްގެންދާކަމަށް މޯލްޑިވިއަންއިން ...

    ހޯނޑެއްދޫއިން 19 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

    ގދ.ހޯނޑެއްދުއިން ކޮވިޑް19އަށް 19 މީހަކު ޕޮޒިޓިވް ވެއްޖެވެ. ހޯޑެއްދޫއިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ހޯމްކަރަންޓީންއިން ދޫކޮށްލުމުގެ ...

    ކޯވިޑް-19 : ދުނިޔޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ފަސްލައްކައަށްވުރެ މައްޗަށް- މިހާރު މިބަލިއަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ އެމެރިކާއިން

    ދުނިޔޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ފަސްލައްކައަށް ވުރެ މައްޗަށް ހިގައްޖެއެވެ. މިބަލިއަށް ފަސްލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ...

    ކޮވިޑް-19: މާލެއިން ޕޮސިޓިވްވި މީހުންގެ އަދަދު 15 އަށް އަރައިފި

    މާލެ އިން ކޮވިޑް-19 އަށް 15 ވަނަ މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ...

    ސަރުކާރުގެ 3 ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރައްވައިފި

    ރުކާރުގެ 3 ވިޔަފާރި ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރ އައްޔަންކުރައްވައިފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުގެ ރައީސް މުޙައްމަދު ނިޒާރު ...

    ރައީސް އޮފީހުގެ ޗީފް ސްޓްރެޓެޖިސްޓުގެ މަގާމަށް ސ. ހިތަދޫ އާސީނުގޭ ހޫދު އައްޔަން ކުރައްވައިފި

    ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ގެ މަގާމަށް އިބްރާހިމް ހޫދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވައިފި ...