މީދޫ އިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީ މީދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

މީދޫ އިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މާލެ ދަތުރުކުރާ “ނިއުލައިން” ބޯޓުގައި މަސައްކަތް ކުރާ ދިވެއްސެކެވެ. އެގޮތުން އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބަލީގެ އަލާމާތްތައް ހުރުމާ ގުޅިގެން ސިއްހީމަރުކަޒަށް ދެއްކުމުން ނެގި ސާމްޕަލް އަކުންނެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވްވި ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މީދޫ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވެއެވެ. އެ ކޭސްތަކާ ގުޅިގެން އެ ރަށުގައި ކާފިއު ހިންގައި ހާއްސަ ފިޔަވަޅުތަކެއް ވެސް އެޅިއެވެ. އެ ފިޔަވަޅުތައް އުވާލީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.

ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މިވަގުތު 23 ރަށެއް އޮތީ މޮނީޓަރިން ހާލަތުގައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑްގެ 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބައުޅެއެވެ.

މަސްދަރު އައްޑޫ ލައިވް

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ވޮލީޓީމް ވަކިވެއްޖެ

ސަދަން ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ފޭދޫގައި މިހާރު ކުރިއަށް ގެންދާ ކްލަބް ވޮލީ މުބާރާތުން  ފޭދޫ ވޮލީޓީމާ މީދޫ ...

ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަން އޮންނާނީ ސަރުކާރަށް، ބޭރު ސިފައިންނެއް ނުތިބޭނެ: ރައީސް

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަށް ލޯނު ނަގަނީ ދިވެހި ސަރުކާރުން ކަމަށާއި އެތަނުގެ މިލްކުވެރިކަން ވެސް އޮންނާނީ ...

ދިރާގުން ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް 3 ޕްރީއޯޑަރަށް ހުޅުވާލައިފި

ސެމްސަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު “ގެލެކްސީ ޒީ ފޯލްޑް3 5ޖީ” ގެ ޕްރީ އޯޑަރަށް މިއަދު ދިރާގުން ...