ފެޝަންގެ ދުނިޔޭގައި ހެދުމާއި ގުޅޭ އެންމެ މުހިންމު އެކައްޗަކަށް ފޯނުވެއްޖެ

ފޯނަށް ދެވިހިފާ އެއާ ނުލާ ނޫޅެވޭ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ހެނދުނު ހޭލާއިރުއާއި، ނިދަން އޮށޯންނައިރުވެސް، ކުރެވޭ ކަމަކީ ފޯނާ ކުޅުމެވެ. ބައެއް މުސްކުޅިން ބުނެއެވެ. އިނދެގެން ތިއުޅެނީ ފޯނާ ހެއްޔެވެ؟. މިއީ ބައެއް މީހުންނަށް އަނބިމީހާ ނުވަތަ ފިރިމީހާއަށް ދޭން ޖެހޭ ސަމާލުކަމަށްވުރެ ފޯނަށް ދޭ ސަމާލުކަން ބޮޑުވުމުން ކިޔާއެއްޗެއްސެވެ. މިއީ އަދުގެ ހާލަތެވެ. އެކަމާއި ދެކޮޅު ވާނެ އެއްވެސް މީހަކު ނުހުންނާނެކަމާމެދު ޝައްކުވެސް ކުރާނެކަމެއް ނެތެވެ.

ދެން ބަލާލަަންވީ ފެޝަންގެ ދުނިޔެއަށެވެ. ފެޝަންގެ ދުނިޔޭގައި މިހާރު އެންމެ ފިޔަޖަހާ އެކައްޗަށް ފޯނު ވެއްޖެއެވެ. ކުރިން އަތް ދަބަހާއި، ޕާސްއަކީ ފެޝަންގެ ދުނިޔޭގައި އެންމެ ހިނގި އެކައްޗަށް ވިޔަސް، މިހާރު ފޯނަކީ އެންމެ ފަހުން ހެދުމާއި ގުޅޭ އަތްދަބަހަށްވުރެވެސް މުހިންމު އެކައްޗެވެ.

އާއްމު ގޮތެއްގައި ތަފާތު މީޓިންގތަކަށާއި، އެނޫންވެސް މީހުން އެއްވެ އުޅޭ ތަންތަނަށް ދާއިރު، ވަރަށް ގިނަ މީހުން ހެދުން އަޅާނީ އެކި އެއްޗެހު ގުޅުވައިގެންނެވެ. މިސާލަކަށް، ކަޅު ކުލައިގެ ހެދުމަކާއެކު، ރަތް ބޫޓަކާއި، ރަތް އަތް ދަބަހެއް ނުވަތަ ޕާހެކެވެ. މިއީވެސް ފެޝަނެވެ.

އެ ފެޝަންގެ ތެރެއަށް މިހާރު ވަނީ ފޯނެވެ. އަތް ދަބަހެއް ބޭނުމެއް ނުވެއެވެ. އެހެންކަމުން ފޯނެއް ގަންނައިރު، މިހާރު ވިސްނަންވީ ފޯނުގެ ކުލައަށެވެ. އަތް ދަބަހުގެ ނުވަތަ ޕާހުގައި ބަދަލުގައި ފޯނު ބޭނުންކުރާނަމަ، އެކި ކުލަ ކުލައިގެ ފޯނު ކަވަރު ބޭނުންކުރެވިދާނެއެވެ.

މިސާލަކަށް އަޅައިގެން ހުރީ ރަތް ހެދުމެއް ނަމަ، ކަޅު ނުވަތަ ރީދު ފަދަ ކުލައެއްގެ ފޯނު ކަވަރެއް ބޭނުން ކުރެވިދާނެއެވެ. އެންމެ ހާއްސަކަމަކީ އެއީއެއް ނޫނެވެ. ފޯނެއް ގަންނަން ދާއިރު، އެ ފޯން ވާން ޖެހޭނީ އެންމެ ފަހުގެ ފޯނަށެވެ. އަދި ފޮޓޯތަކަށް ރީތި ފޯނަކަށެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ...

އަދިވެސް އެންމެ ރީތި ލޮލުގެ ވެރިޔަކީ އައިޝްވާރިޔާ.

ކޮންމެ މީހަކީވެސް ރީތި މީހެކެވެ. ތަފާތު މީހެކެވެ. ނަމަވެސް ބައެއް މީހުންގެ ބައެއް ގުނަވަންތައް ފާހަގަ ކޮށްލެވޭ ވަރަށް ...

ސޯޓަކަށް ބަދަލުކޮށްލެވޭ މި ޖީންސް ފެޝަނަކަށް

ފެޝަންގެ ދުނިޔެއަކީ ތަފާތު ދުނިޔެއެކެވެ. ކޮންމެ ފަދަ ކަމެއްވެސް ފަހުގެ ޓްރެންޑަކަށް ބަދަލުވެ އެތައްބަޔަކަށް ކަމުގޮސްދާނެކަން، ވީދާފައި ހުންނަ ...