ފްލައިންގ ސްކޫލްގެ މައްސަލަ: ލައްކަ އަހުވަދެއްކިއްޖެ- އެމީހުން ގޮވައިގެން ކޯޓަށްދާންފެނޭ- ރޮޒެއިނާ

  advertisement

  އައްޑޫ ސިޓީގެ ގަމުގައި ހިންގަމުންދާ  ފްލައިންގ ސްކޫލްގައި ކިޔަވަމުންދާ ދަރިވަނުންނަށް ބަދަލު ދޭން ޖެހޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

  އައްޑޫމީދޫދާއިރާގެ މެމްބަރު ރޮޒެއިނާ  މިހެންވިދާޅުވެފައިވަނީ އެކަމަނާ ކުރައްވާފައިވާ ޓުވިޓެއްގައެވެ.

   ރޮޒެއިނާގެ ޓުވިޓާގައި އެކަމަނާ ވިދާޅުވެފައިވަނީ އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ މައްސަލަތައް ހައްލުނުވެ، ފްލައިން ސްކޫލުން އެދަރިވަރުންނަށް ލައްކަ އަހުވާއެއް ދައްކާފައިވާކަމަށެވެ. އެހެންކަމުން ފްލައިން ސްކޫލްގެ ދަރިވަރުންނަށް ލިބެމުންދާ އަދި ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ދިއުމަށް ރޮޒެއިނާވަނީ އެކުދިންނަށް އިލްތިމާސް ކޮށްފައެވެ.

  ގަމުގެ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ،  ކިޔެވުން ނުނިމި ދިގުދެމިގެންދާތީ  އެސްކޫލްގެ  86 ދަރިވަރަކު މީގެ ކުރީން ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެކަމާބެހޭ ގޮތުންޕެޓިޝަނެއް ހުށަހަޅާފައެވެ. މި ޕެޓިޝަން ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން އެކިސަބަބުތައް ދެއްކުމަށްފަހު  ސްކޫލުން ވަނީ ވަކި ކޮށްފައެވެ.

  މިފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 15 ދަރިވަރަކީ ބޭންކް އޮފް މޯލްޑިވްސްގެ ލޯން ސްކީމްގެ ދަށުން ލޯނުހަމަޖެހިގެން ކިޔަވަމުންދާ ދަރިވަރުންކަމަށްވެފައި އެދަރިވަރުންނަށް ލިބެމުންދާ ގެއްލުމުގެ ވާހަކަ  ސަރުކާރަށް ހުށަހެޅުމާއެކު މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ އެދަރިވަރުން  ކިޔެވުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބީއެމްއެލްގެ ލޯންތައް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ދަށަށް ބަދަލުކުރައްވާފައެވެ.

  އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޮޑިޓްގައި ފާހަގަ ކޮށްފައިވާ މައްސަލައާއި ގުޅިގެން އެސްކޫލްގެ އިސް މަޤާމެއްގައި ތިބި ދެމީހެއްގެ މައްސަލާގައި ފިޔަވަޅުތަކެއް އެޅުމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ނިންމަވައިފިއެވެ.

   މިގޮތުން ފިޔަވަޅުއެޅުމަށް ނިންމާފައިވަނީ ފްލައިން ސްކޫލްގެ އެކައުންޓެބަލް މެނޭޖަރ ޢަލީ އަކްބަރު ޖީވަންޖީ އާއި ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ ކެޕްޓަން ސުރަންޖަން ޑީ ސިލްވަރއަށެވެ.

  advertisement
  • ކޮމެންޓްސް (0)

  Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

  Ads

  ads

  ކަމުދާނެ ލިޔުންތައް

  ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

  ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ...

  އީސީގެ ކުރީގެ ނާއިބު ރައީސް ފަޔާޒު މަޖިލިހަށް ކުރިމަތިލައްވަނީ

  Advertisement އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނާއިބު ރައީސް އަޙުމަދު ފަޔާޒު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ...

  ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި

  ޖަމިއްޔާތަކާ ބެހޭ ކަންކަން ބެލެހެއްޓުން ޔޫތު މިނިސްޓްރީގެ ދަށަށް ބަދަލު ކޮށްފި އެވެ. ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމާއި އުވާލުމާއި ...

  އައްޑޫސިޓީގައި ވިޔަފާރިކުރުމުގެ ގަޑިތަކަށް ބަދަލުގެނެސްފި

  މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައިވާ ފަރާތްތައް ގިނަވަމުން ދިއުމާއި މިބަލިއަށް ...

  މީހަކުދެކެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެ – މެމްބަރު ޝަރީފު

  މީހަކުދެކެ ކިތަންމެ ރުޅިއަޔަސް ޤައުމު ހަލާކުކޮށްގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ...

  މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

  މިއަދު ( 05  ޖޫން 2020 ވަނަ ދުވަހު )  މީދޫގައި ހުކުރު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކާއި ...