ދިއްދޫގައި ކަރަންޓީނު ކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖު ހަދިޔާކޮށްފި

advertisement

ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ.

މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ދިއްގާ ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ބައެއް ރެންޑްމް ސާމްޕަލްތައް ޕޮޒިޓިވް ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭތީ މިމަހު 8 އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެރަށުގައި ވަނީ ކާފިއު ހިންގައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އެރަށުގެ ގިނަ ގޭތަކެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.

advertisement

ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކުރި ކުރުމާއި ގުޅިގެން މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް އޮންލައިން ނޫސް “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން ބުނީ، މި ކެއާ ޕެކޭޖުތައް ލިބުނު ގޭތަކަށް މީގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.

“މިކަމަކީ އަޅުގަނޑުމެންނާއި ދިއްގާ ފައުންޑޭޝަން އާއި ގުޅިގެން ކުރިއަށް ގެންދެވުނު ޙަރަކާތެއް، މި ޙަރަކާތުގެ މަޤުސަދަކީ ދިއްދޫގެ ކަރަންޓީނުކޮށްފައިވާ ގެތަކުގައި އުޅުއްވަމުންދާ ބޭފުޅުންނަށް ، މިކެއަރ ޕެކެޖް މެދުވެރިކޮށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެގޮތް ހަދައިދިނުން ، މިޕެކޭޖުތަކުގައި ހިމެނޭނީ މަސް ދަޅު، ނޫޑްލްސް، ބޭކަޓް ބީންސް، ޕާސްޓާ، ސްޕެގެޓީ، ހަނޑޫ އަދި ރޯސިރަޕް ޖޫސް ފުޅި” 

ނަޝްވާން ބުންޏެވެ

މިހަރަކާތްގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު އަދި ދިއްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަބްދުﷲ ރަޝީދު ދެއްވި އެހީތެރިކަން މިޑްލް ސްޕޯޓްސް ކްލަބުން ފާހަގަ ކުރެއެވެ.

“ދިއްގާ ފައުންޑޭޝަން ފަރާތުން މި ޙަރަކާތުގައި މެއިން ކޮންޓިރިބިއުޓް ޕާރޓްނާރ ގޮތުގައި މަސައްކަތް ކޮށްދެއްވި ކަމަށް ޓަކައި އެފަރާތަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު މި ފުރުސަތުގައި މި ކުލަބުގެ ފަރާތުން މިކުރާ އިޖްތިމާޢީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ކުލަބުގެ ހީވާގި އެކްޓިވިޓީސް ކޯރޑިނޭޓަ ނައްސަތު އަބްދުލްޣަނީ ދަރުމައަށް މި ކޮށްދޭ މަސައްކަތް ފާހަގަކުރަން. އެބޭފުޅާ މިކޮށްދޭ ޙިދުމަތަކީ އެކަމަށް އަޅުގަނޑުމެން އެންމެން ވެސް ފަޙްރުވެރިވާ ކަމެއް”.

އޮންލައިން ނޫސް “ތިލަދުން ” އަށް މަލޫމާތު ދެއްވަމުން ނަޝްވާން އިތުރަށް ބުނެފައިވެއެވެ.

ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ދިއްގާ ފައުންޑޭޝަން ގުޅިގެން އެރަށުގައި ކަރަންޓީނުކޮށްފަހުރި ގޭތަކަށް ކެއާ ޕެކޭޖް ހަދިޔާކުރިއިރު، ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 98 އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީ ތަރައްޤީ ކުރުމުގައި ދެމި ހުންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އައްޑޫ ސިޓީ ތަރައްގީ ގެނެސްގެން ނޫނީ ރާއްޖެއަށް ތަރައްގީނުވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު ...

އައު ޓްރާސްފޯމަރު ގުޅަން މިއަދު މުޅިރަށުން ކަރަންޓް ކަނޑާލަނީ

ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މިއަދު  ހުޅުދޫއާއި މީދުން ކަރަންޓް ކަނޑާލާނެ ކަން ފެނަކަ-ހުޅުމީދޫ ބްރާންޗުން އަންގައިފިއެވެ. ފެނަކަ-ހުޅުމީދޫ ...

ބޮޑުފިނޮޅުގައި ބިދޭސީން ނިކުމެ ހަމަލާދޭ ވީޑިއޯއެއް!

ބ. ތުޅާދޫ ފަޅު ތެރޭގައި އޮންނަ، ރިސޯޓެއް ތަރައްގީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ...