ދެކުނުގެ ކުނި މެނޭޖުކުރުމުގެ މަޝްރޫއަށް އަބޫދާބީ ފަންޑުން އެހީދީފި

    އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީއާއި ހުވަދު އަތޮޅު ހިމެނޭ ދެކުނު ސަރަޙައްދުގައި ޤާއިމްކުރާ ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް އަބޫދާބީ ފަންޑުން ދީފިއެވެ.

    އަބޫދާބީ ފަންޑުން ދީފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީ ބޭނުންކުރާނީ ކުނި ނައްތާލާ އިންސެނެރޭޓަރ ހޯދުމާއި، އިންސެނެރޭޓަރު ރާއްޖެ ގެނެސް އައްޑޫސިޓީ ހިތަދޫގައި، އިންސްޓޯލް ކުުރުމަށްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. މި މަސައްކަތް މިހާރު އޮތީ ބިޑަށް ލާފައެވެ.

    ދެކުނުގައި ޤާއިމްކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ހަމަޖެހިފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ. މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ގއ. އާއި ގދ.އާއި ފުވައްމުލަކާއި އައްޑޫސިޓީގައި އުފެދޭ ކުނި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކޮށް ތިމާވެއްޓާ ރަޙްމަތްތެރި ގޮތުގައި ނައްތާލެވޭ ގޮތަށެވެ. މި މަޝްރޫޢަށް ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރާއި، އަބޫދާބީ ފަންޑްގެ ލޯނު އެހީގައެވެ.

    އެންވަޔަރަންމަންޓް މިނިސްޓްރީންބުނީ މަޝްރޫޢުގެ ޑިޒައިން މަސައްކަތް ނިންމައި ކުނި ނައްތާލާ މެޝިން ނުވަތަ އިންސެނެރޭޓަރ ހޯދުމަށް މިހާރު ބިޑަށް ހުޅުވާލައިފައިވާ ކަމަށެވެ. މި އިންސެނެރޭޓަރަކީ ދުވާލަކު 40 ޓަނުގެ ކުނި އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މެޝިނެކެވެ. މިއާއެކު މެޝިނުން އުފައްދާ ހޫނު ބޭނުންކޮށްގެން 1.5 މެގަވޯޓް ކަރަންޓް އުފައްދާ ނިޒާމެއްވެސް ޤާއިމްކުރެވޭނެއެވެ. ބިޑް މަރުހަލާ ނިންމައި ކުރިއަށް އޮތް ތިން މަސްދުވަހުގެތެރޭ އެމަސައްކަތް ބަޔަކާ ހަވާލުކުރާއިރު، ހަމަ މިއަހަރުގެ ތެރޭގައި އިންސެނެރޭޓަރ އިންސްޓޯލްކުރުމަށް ނިންމާފައިވާ ކަމަށް އެންވަޔަރމަންޓް މިނިސްޓަރގެ ނައިބު އަލީ އާމިރު ވިދާޅުވިއެވެ.

    އިންސެނޭޓަރު ރާއްޖެ ގެނައުމުގެ ކުރިން މިހާރު އެންމެ އިސްކަމެއް ދީފައިވަނީ ދެކުނުގެ ހުރިހާ ރަށެއްގައި ރަށު ފެންވަރުގައި ކުނި ނައްތާލާ ނިޒާމްތައް ޤާއިމްކޮށް ކުނިގޮނޑުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކަމަށް އާމިރު ފާހަގަކުރެއްވިއެވެ.

    ހުވަދު އަތޮޅުގެ ދެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ކުނި ކޮށި އަޅާ، އެތަންތަން އަޕަގްރޭޑް ކުރުމުގެ މަސައްކަތް ވަނީ ނިމިފައި. ނަމަވެސް ތިނަދޫ، ވިލިގިލި ފަދަ ބޮޑެތި ރަށްތަކަށް އަދިވެސް އިތުރު މެޝިނަރީ ފޯރުކޮށްދެމުން މިދަނީ. ފުވައްމުލަކަށް ބަލާއިރު އެރަށުގައި މިހާރު އެހުރީ ކުނިގޮނޑު އަޕްގްރޭޑް ކޮށް ނިމިފަ. އަަދި ވެމްކޯއިން ފުވައްމުލައް ބަލަހައްޓަމުންދާނީ. އިންސިނޭޓަރު އަންނަން ވާއިރަށް ހުރިހާ ރަށެއްގައިވެސް ރަށު ފެންވަރުގައި ކުނި ނައްތާލާ ނިޒާމްތައް ހުންނާނީ ޤާއިމްކުރެވިފަ.” އަލީ އާމިރު

    އާމިރު ވިދާޅުވީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ދެކުނުގައި ކުނި އުފުލުމަށް ބޭނުންކުރާ ދެ ކޮޅުވެއްޓި ރާއްޖެ ގެނެވޭނެ ކަމަށެވެ. މި ކޮޅުވެއްޓިތައް އިންޑިޔާ ބަނދެ ނިމިފައިވާއިރު، މިކަމަށް 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ދެކުނުގެ ހަތަރު އަތޮޅުގެ ސަރަޙައްދީ ކުނި ނައްތާލާ ނިޒާމް އޮޕަރޭޝަނަށް ގެނައުމެވެ. މި ނިޒާމަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި، ރީސައިކްލިން މެޝިންތައް ހޯދުމަށް ބަޖެޓުގައި ހިމަނާފައިވާއިރު، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ބުނެއެވެ.

    ސަރުކާރުން މިހާތަނަށް ވަނީ ނ، ރ ބ އަދި ޅ އަތޮޅު ހިމެނޭ ސަރަޙައްދުގައި މިފަދަ ނިޒާމެއް ޤާއިމްކޮށްފައެވެ.

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ 30 އަށް އިތުރުކޮށްފި

    މާރޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާންކޮށްފައި އޮތް އާއްނު ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ ނިޔަލަށް ...

    މާދަމާ މީދޫގައި ކުރެވޭ ކޭތަނަމާދު ކުރެވޭނީ މަސްޖިދުލް އިބްރާހިމް މަޖުދުއްދީންގައި – އިމާމުވެ ނަމާދު ކުރައްވާނީ ކަރީމް

    މާދަމާ ހެނދުނު ހިފާ އިރުކޭތައާ ގުޅިގެން، މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި ...

    ޔޫތު މިނިސްޓަރ މަހްލޫފް މަސައްކަތުން އެކަހެރިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމައިފި

    މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ...

    ރިޔާސީ އިންތިޚާބާއި ދިމާކޮށް 100އަށްވުރެ ގިނަ މީހުންނަަށް ފެނަކައިން ވަޒީފާ ދިން

    ނިމިދިޔަ ރިޔާސީ އިންތިޚާބާއި ގާތްވެފައި ވަނިކޮށް ފެނަކަ ކޯޕަރޭޝަނަށް ސަތޭކައަށްވުރެ ގިނަ މުވައްޒަފުން ވައްދާފައިވާ ކަމަށް އެ ކުންފުނިން ...

    ތުރާކުނުގެ ހުރިހާ ގޭބިސީއަކަށް “ޓައިޑްސް”ގެ ޢީދު ހަދިޔާ!

    ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ...

    އަދީބް އަނބުރާ ޖަލަށް ގެންގޮސްފި

    ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކޮށްފައިވާ 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް އަނބުރާ ...