ތުރާކުނުގެ ހުރިހާ ގޭބިސީއަކަށް “ޓައިޑްސް”ގެ ޢީދު ހަދިޔާ!

    advertisement

    ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ބަހައިފިއެވެ.

    މި ހަރަކާތަކީ ޓައިޑްސްއާ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކޮށް، ވަރުގަދަކޮށް އަދި ރަށުގެ އިޖުތިމާއީ ގުޅުން ބަދަހި ކުރުމުގެ ގޮތުން ހިންގޭ ހަރަކާތެއްކަމަށް ޓައިޑްސްގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފައެވެ.

    2019 ވަނަ އަހަރުން ފެށިގެން ޢީދު ނުވަތަ ރޯދަ ހަދިޔާއެއް ރަށުގެ ރައްޔިތުންނަށް ބެހުމަށް ޓައިޑްސްގެ ހިންގާ ކޮމެޓީއިން ފާސްކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، 2020 ވަނަ އަހަރު ކޯވިޑް-19ގެ ޕޭންޑަމިކްގެ ސަބަބުން މި ހަރަކާތް މަޑުޖައްސައިލާ، މިއަހަރު އަނެއްކާވެސް ޓައިޑްސްގެ ފަރާތުން ތުރާކުނުގައި ދިރިއުޅޭ ފަރާތްތަކަށް ޢީދު ހަދިޔާއެއް ވަނީ ބަހާފަ އެވެ.

    ތުރާކުނުގެ އުމުރާނީ ތަރައްގީއަށް ޓަކައި ޓައިޑްސްއިން އިސްނަގައި އެރަށުގެ ހިނަވާގެއެއްވެސް ބިނާކޮށްފައިވެއެވެ. އެގޮތުން، ހިނަވާގޭގެ ހުރިހާ މަސައްކަތެއް ނިންމާ 2019 މެއި 19 ވަނަ ދުވަހު ކައުންސިލާ ހިނަވާގެ ހަވާލުކޮށްފައިވާކަމަށް ޓައިޑްސްގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވެފައިވެއެވެ.

    advertisement

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    މިނިމަމް ވޭޖް ކަނޑައަޅަނީ ދާއިރާތަކަށް ވަކިން

    މިނިމަމް ވޭޖް ކަނޑައަޅާނީ 7 ދާއިރާއަކަށް ވަކިވަކިން ކަމަށް ބިލުގައި ހިމަނައިފި އެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި ...

    އައްޑޫސިޓީން އަލަށް ނެގުނު 339 ސާމްޕަލް ތަކުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވް ނުވޭ

    އައްޑޫ ސިޓީން އަލަށް ނެގުނު 339 ސާމްޕަލްތަލުގެ ތެރެއިން އެއްވެސް ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައި ނުވާކަމަށް  އައްޑޫ އެކުއެޓޯރިއަލް ...

    ގަމުން ޑާކާއަށް ބޭއްވި ފުރަތަމަ ފްލައިޓުން ބަގްލަދެޝްގެ 135 މީހުން ފުރުވާލައިފި

    ގަން އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ބަންގްލަދޭޝްގެ ޑާކާ އަށް ފުރި ފުރަތަމަ ފްލައިޓުން ބަގްލަދޭޝްގެ 135 މީހުން ފުރައިފި ...

    ނޮވެމްބަރު 3 ގައި އިންޑިޔާއިން އެހީވިއިރު އޮތްފަދަ ޙާލަތެއް ރާއްޖެއަކު ނެތް – މެނޮން

    ނޮވެމްބަރު 3، 1988 ގައި ދިވެހިންގެ ބަޔަކު ސްރީ ލަންކާގެ ޕްލޯޓް ޖަމާއަތުގެ ހަނގުރާމަވެރިންނާ އެކު ރާއްޖެއަށް އަރައި ...

    ޝުކުރީ ކަރަންޓީނުވުމަށް ގެއަށް ވަޑައިގެންނެވީ ބަރޯ ގާޑިޔާއަކަށް ފޮށިތައް އަރުވައިގެން

    މާލޭގައި ތިބެފައި ކަރަންޓީނު ވުމަށްދާ ރަށަށް ދިއުމުގެ ދަތުރު ހަމަޖައްސަން ޖެހޭނީ އަމިއްލައަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ ...

    އީޔޫ ޕާލިމެންޓްގެ ޤަރާރަށް އަމަލު ކުރާކަށް ނުޖެހޭނެ- ޝިފާޤް މުފީދު

    ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ހޯދައިދިނުމަށާއި، މަރުގެ ހުކުމް ތަންފީޒް ނުކުރުމަށް ގޮވާލާ އީޔޫގެ ޕާލިމެންޓުން ނެރުނު ޤަރާރަށް ރާއްޖެއިން ...