ލާމަރުކަޒީ ނިންމުން 2021: އަނަސް ބަލި ގަބޫލުކުރައްވާ ޑރ.މުއިއްޒުއަށް މަރުހަބާ ދަންނަވައިފި

    އިއްޔެ ބޭއްވިގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އަލްއުސްތާޛު އަނަސް އަބްދުއްސައްތާރު ބަލި ގަބޫލުކުރައްވައިފިއެވެ.

    އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުން ބަސްބުނެފި ކަމަށާއި، އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވައި އިންތިޚާބު ކާމިޔާބުކުރެއްވި ޕީޕީއެމްގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި ނަތީޖާއަށް ބަލައި، އެމްޑީޕީން މާލޭގެ ރައްޔިތުންގެ ކިބައިން ތާއިދު ހޯދުމަށް އަމަލުކުރަމުންދާ އިސްތިރާޖު ބަދަލުކުރަން ޖެހޭކަމަށްވެސް އަނަސް ވަނީ ވިދާޅުވެފައެވެ.

    “އަޅުގަނޑަށް ވޯޓުދެއްވި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ”، އަނަސް ވިދާޅުވިއެވެ.

    މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ޑރ.މުއިއްޒު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާާފައެވެ. މުއިއްޒު އަދި އަނަސްގެ އިތުރުން މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވީ އަމިއްލަގޮތުން ކުރިމަތިލި އަލްހާން ފަހުމީއެވެ. މިއީ މާލޭ ސިޓީ ކައުންސިލެއް އުފެއްދިފަހުން އެމްޑީޕީ ނޫން ޕާޓީއެއްގެ ބޭފުޅަކު މާލޭގެ މޭޔަރަކަށް ވާނެ ފުރަތަމަ ފަހަރެވެ.

    advertisement
    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ދުސޫމާ – ނަމޫނާ ކަނބަލެއް

    ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިޔަށްގެންދާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ...

    އައްޑޫސިޓީ ހިމެނޭގޮތައް ލ. އަތޮޅުންފެށިގެން ދެކުނުގެ ރަށްތަކަށް ވައިޓްއެލާޓް ނެރެފި

    އައްޑު އަތޮޅު ހިމެނޭގޮތައް ލ އަތޮޅުން ފެށިގެން ދެކުނުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ...

    300 މިލިއަން ޑޮލަރު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި އައްޑޫގެތަސައްވަރު ހަގީގަތަކަށް ހަދަން ހޭދަކުރައްވާނެ

    އައްޑޫ ތަސައްވަރު ހަޤީޤަތަކަށް ހެދުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް ...

    ތުރާކުނުގެ ހުރިހާ ގޭބިސީއަކަށް “ޓައިޑްސް”ގެ ޢީދު ހަދިޔާ!

    ހއ. ތުރާކުނުގެ ޖަމިއްޔާއެއް ކަމަށްވާ، ތުރާކުނު އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ޓައިޑްސް)ގެ ފަރާތުން އެރަށު ހުރިހާ ގޭބިސީއަކަށް ޢީދު ހަދިޔާ ...

    ޑިފެންސް މިނިސްޓަރ ހުޅުދޫއާއި މީދޫއަށް ޒިޔާރަތްކުރައްވައިފި

    ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ  ހުޅުދޫއާއި މީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ...

    ރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ނަޝީދު ގޮވާލައްވައިފި

    ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ ސަރުކާރަށް ގޮވާލައްވައިފިއެވެ. އިންޑިއާ ސިފައިން ރާއްޖެ ...