ލެސްޓަރ ބަލިކޮށް ގަދަ 4 ގެ އުއްމީދު ޗެލްސީ އާކޮށްފި

    advertisement

    މިދިޔަ ހޮނިދުވަހުގެރޭ އިގިރޭސި އެފްއޭކަޕްގެ ފައިނަލްގައި 1 ލަނޑު 0 ލަނޑުން ލެސްޓާ އަތުން ޗެލްސީ ބަލިވެފައި ވީކަމުގައިވިޔަސް ރޭ ކުޅެވުނު ޕްރެމިއާލީގުގެ މެޗްގައި ލެސްޓާރ ބަލިކޮށް ޗެލްސީން ޕްރިމިއާލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ ފުރުސަތު ތަނަވަސްކޮށްފިއެވެ.

    ރޭ ޗެލްސީގެ ދަނޑުގައި ކުޅެވުނު މިމެޗު ޗެލްސީ ކާމިޔާބުކުރީ 2 ލަނޑު 1 ލަނޑުންނެވެ.

    ރޭގެ މެޗު ބެލުމަށް ކޮވިޑްގެ ހާއްސަ ޕްރޮޓޮކޯލްގެ ދަށުން އިނގިރޭސި އެފްއޭއިން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ހުއްދަ ދީފަވުމާއެކު މި މެޗު ބެލުމަށް 8000 ސަޕޯޓަރުން ޗެލްސީގެ ދަނޑަށް ވައްދާފައެވެ.

    ރޭ ކުޅެވުނު މިމެޗު ފަށައިގެން މެޗް ނިމެންދެންވެސް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ޗެލްސީންނެވެ. މިގޮތުން ޓީމޯ ވާނާ ފުރަތަމަ ހާފްގައި ބޯޅަ ދެ ފަހަރަށް ލެސްޓަރގެ ގޯލަށް ވައްދާލި ނަމަވެސް، ދެ ފަހަރުވެސް ވީއޭއާރް އެހީގައި ރެފްރީ ވަނީ އެއިގޯލެއް ނޫން ކަމަށް ނިންމާފައެވެ.

    ރޭގެ މިމެޗްގެ ފުރަތަމަ ހާފްގައި ޗެލްސީއަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވިނަމަވެސް ލެސްޓަރގެ ގޯލާއި އަމާޒުކޮށް ޗެލްސީގެ ކުޅުންތެރީން ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާފައިވެއެވެ. މިގޮތައް ފޮނުވާލި ގިނަހަމަލާތަކެއް ލެސްޓާރގެ ކީޕަރ ޝޫމައިކަލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންގޮސްފައިވަނީ އެއްވެސްޓީމަކަށް ލަނޑެއް ނުޖެހި ދެެޓީމް އެއްވަރުވެގެންނެވެ.

    މިމެޗްގެ ދެވަަނަ ހާފްގެ ކުޅުން ފަށައިގެން 2 ވަނަ މިނިޓްގައި ޗެލްސީން ވަނީ އެޓީމުން މިމެޗްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗްގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ. މިމެޗްގައި ޗެލްސީން ކާމިޔާބުކުރި ދެވަނަ ލަނޑަކީ ވާނާ އަށް ލެސްޓަރގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ޗެލްސީ އަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. މެޗްގެ 66 ވަނަ މިނެޓުގައި ޕެނަލްޓީން މިލަނޑު ކާމިޔާބުކޮށްދިނީ ޖޯޖީނިއޯއެވެ.

    މިމެޗުގައި ލެސްޓާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެލެޗީ އީނާޗޯއެވެ.

    ރޭގެ މިމެޗުން ޗެލްސީ މޮޅުވުމުން ޗެލްސީ މިހާރު ވަނީ 37 މެޗުން 67 ޕޮއިންޓް ހޯދައި ތާވަލުގެ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. 37 މެޗުން ލިބުނު 66 ޕޮއިންޓާ އެކު ލެސްޓާ މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ.

    މިމެޗުން ލެސްޓަރ ބަލިވުމުން 36މެޗުން 63 ޕޮއިންޓް ލިބިފައިވާ ލިވަޕޫލުން ބާންލީއާ ދެކޮޅަށް މިރޭ ކުޅޭ މެޗު ކާމިޔާބުކޮށްގެން ލެސްޓަރ އާއި ޕޮއިންޓްގެ ގޮތުން އެއްވަރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ސިޓީއާއި ޗެލްސީ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލްމެޗް މިރޭ

    ޔުއޭފާ ޗެމްޕިއަންސް ލީގު ފައިނަލްމެޗް މިރޭ ކުޅެވޭނެއެވެ. އިނގިރޭސި ޕްރިމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޕްރިމިއާލީގު 4 ...

    ރޮޒެއިނާގެ ކެމްޕެއިން ބެނާއަކަށް އަނެއްކާވެސް ގެއްލުންދީފި

    އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އޮންނަ ރައްޔިތުން މަޖިލިސް އިންތިޚާބުގައި މީދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ...

    ހުޅުދޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވޭނެ

    އައްޑޫ ސިޓީ ހުޅުދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ...

    ފޮޓޯއިން ޚަބަރު: ޓްރެފިކް ގަވާއިދަށް އަހުލުވެރި ކުރުވުން

    މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޓްރެފިކް ...

    ޓްރަކެއް ހަންކެނޑެ ބްރިޖްގެ ފެންސްގައި ޖެހި ފެންސަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

    ބޮޑުހިލަ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ޓްރަކެއް ބާރު ސްޕީޑްގައި ދުއްވާފައިދަނިކޮށް  ކޮންޓްރޯލް ނުކުރެވިގެން ގޮސް އައްޑޫސިޓީގެ ހަންކެނޑެ ބްރިޖްގެ ފެންސްގައި ...

    މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައިފި

    މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އުވާލައްވައި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ...