ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް – ދުންޔާ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ޚިދުމަތް ކުރަން ލިބުމަކީ ފަޚުރެއް ކަމަށް، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ހަތަރު އަހަރު ފުރުނު މުނާސަބަތާއި ގުޅިވައިގެން ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރަށް ހަތަރު އަހަރު ފުރިގެން ދިޔައިރު، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރަން ލިބިގެންދިއުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. ދުންޔާ މައުމޫން ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައެވެ.

ދުންޔާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުންނާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ހައިސިއްޔަތުން ވޭތުވެ ދިޔަ ހަތަރު އަހަރު ކުރެވުނު މަސައްކަތާ މެދު ފަޙްރުވެރިވެ އުފާ ކުރާ ކަމަށެވެ. އަދި ކުރިން މިނިސްޓަރެއްގެ މަޤާމުގައި ހުންނެވިއިރު ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވި ނަމަވެސް، އެއިން ކޮންމެ ގޮންޖެހުމަކަށް ވެސް މަސައްކަތް ކުރެއްވީ ކެރިގެން ކަމަށް ދުންޔާ މައުމޫން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުންދަނީ ގައުމަށް ފައިދާވާގޮތަށް ކަންތައްތައް ނިންމުމަށް ކަމަށާ، ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރެވުމުން ހިންހަމަޖެހުން ލިބޭކަމަށެވެ.

މިސަރުކާރުން ސިއްޚީ ދާއިރާއަށް ގެނެސްދެމުން މިދާ ކުރިއެރުން އަބަދުވެސް ފަޚުރުވެރިވާކަމަށް ވިދާޅުވެ، ދުންޔާ ވަނީ ކުރިއަށް އޮތް ތަނުގައިވެސް ސަރުކާރުން ރައްޔިތުންނަށް ފައިދާވާ ގޮތަށް މިދާއިރާއިން ކުރާ ކޮންމެ މަސައްކަތެއްގައި ސަރުކާރާ އެކުގައި މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ދުންޔާ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި އަބަދުވެސް ދެމިހުންނާނެ ކަމަށާއި، ދެކެން ބޭނުންވަނީ ރާއްޖޭގެ ކުރިއެރުމާ ތަރައްޤީ ކަމަށެވެ. ދުންޔާ މިހެން ވިދާޅުވެފައިވާއިރު، އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ގެންދަވަނީ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންކަން ފާހަގަކޮށްލެވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ އެމްޑީ، ޝަރީފު އިލެކްޝަނަށް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރެއްވުމަށް ...

ކޯވިޑަށް ޕޮޒިޓިވް ވިކަން އަންގަން އެޗްޕީއޭއިން ދެން ނުގުޅާނެ -މަބުރޫކު

ކޮވިޑް-19އަށް ޕޮޒިޓިވް ވިކަން އެންގުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މީގެފަހުން ނުގުޅާނެ ކަމަށާއި، ދެން ކޮވިޑަށް ޕޮޒިޓިވްވިކަން އެންގުމަށް ...

ޑރ.ޝީނާގެ އަންދާޒާ : 6މަސްދުވަހުގެ ތެރޭގައި 13000އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެދާނެ

ކޯވީޑް-19އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތައް ރަނގަޅަށް ތަންފިޒް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ތޭރަ ...