ސަރުކާރާއި އެމްޑީޕީގެ ވާދަވެރިން ދައްކާ ފިތުނަވެރި ވާހަކަތައް ހުއްޓަންޖެހޭ: ރައީސް ނަޝީދު

އިންޑިއާ އާއި ގުޅޭގޮތުން ދައްކާ ފިތުނަވެރި، އަދި ބޭއަދަބީ ވާހަކަތައް ހުއްޓަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައި މިވަނީ، ދާދި ފަހުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގެ މައްސަލަ މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ. ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ރާއްޖޭގެ މީޑިއާގައި ފަތުރަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން އެފަދަ އޮފިޝަލުންނަށް ނުރުހުން ރައްދުވެ، ބިރުވެރިކަން އުފެދިފައިވާ ކަމަށް މި ސިޓީގައި އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ

މީގެ އިތުރުން، އެފަދަ ވާހަކަތައް ތަކުރާރުކޮށް ފަތުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގާތް ގުޅުމަށް ބުރޫ އަރައިފާނެ ކަމަށާއި، އެފަދަ މީޑިއާތަކުގެ މައްސަލަ ބަލައި، ފިޔަވަޅު އަޅައިދިނުމަށް ވެސް މި ސިޓީގައި އެދިފައި ވެއެވެ. ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި މި ސިޓީގައި ވަކި މީޑިއާއެއްގެ ނަން ފާހަގަ ކޮށްފައެއް ނުވެއެވެ.

މި ޓްވީޓްގައި ރައީސް ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާ ގުޅޭގޮތުން ދައްކާ ވާހަކަތައް ހުންނަންޖެހޭނީ ވަކި ހަމައެއްގައި ކަމަށެވެ.

އިންޑިއާގެ ހައިކޮމިޝަނުން ފާހަގަކޮށްފައިވާ މި މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގައި އެދިފައެވެ.

މަސްދަރު: ވީނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އާ ސަރުކާރުގައި ފެނަކައިިގެ އެމްޑީއަކަށް މުއާޒު

މި މަހުގެ 17 ވަނަ ދުވަހު އުފެދޭ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން ...

އިއްޔެ އިންދި ގަސްތަކަށް ރޭ ގެއްލުންތަކެއްދީފި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިއްޔެ މެންދުރުފަހުން މީދޫ ބޮޑުމަގުގައި އިންދި ގަސްތަކުގެ ތެރެއިން ބައެއް ގަސްތަކަށް  ރޭބަޔަކު ގެއްލުންތަކެއް ...

ރަސްމީ އިއްޒަތުގައި އުމަރު ޒާހިރު ފަސްދާނުލައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާ ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ...