ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ނާދެއެވެ. އެ ރީތިކަމާއި އެއްވަރަށް އޭނާގެ ފިލްމް ކުޅޭ އަގަށްވެސް މި ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބު ލިބުނު އައިޝްވާރިއާ އަކީ މިހާރު ބޮލީވުޑްގައި ހުރި އެންމެ ރީތި އެއް ތަރިއެވެ.

އޭނާ އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރަނީ ރީތިވެގެން އެކަންޏެއް ނޫނެވެ. އޭނާ ހެދުން އަޅާ ގޮތުންވެސް ގިނަ ބައެއްގެ ހިތް އޭނާ އަތުލައިގަންނަ ކަހަލައެވެ.

ވަރަށް ފަހުންވެސް އޭނާ އަޅައިގެން ހުރި ހެދުމާއެކު ސޯޝަލް މީޑިޔާގައި ހިއްސާ ކުރި ފޮޓޯތަކުން އެތައް ބަޔަކު އެ ވާހަކަ އެބަދައްކައެވެ.

މީގެ ކުރިންވެސް ފެއަރީ ޓެއިލް ހެދުމެއްގައި ކޭންސް ފިލްމް ފެސްޓިވަލްއަށް ގޮސް އެތައް ބަޔަކު އާޝޯހުކޮށްލިއިރު، މިފަހަރު އޭނާ ދުބާއީގައި އޮތް އިވެންޓަކަށް ގޮސް ފައި ވަނީ ވަރަށް ރީތި ނޫ ކުލައިގެ ހެދުމެެއް އަޅައިގެންނެވެ.؛ އޭނާ ދުބާއި އަށް ގޮސްފައި ވަނީ ލޮންގައިން ލޯންޗިންގ އިވެންޓަށެވެ. އެ ހެދުމުގައި އޭނާ ވަރަށް ރީއްޗެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިސްދޫ ދާއިރާގެ މެންބަރު އެމްޑީޕީއަށް ސޮއިކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފިއެވެ. އަލީ ...

ޝިޔާންޓޭ ޕްރައިމަރީ ކާމިޔާބުކޮށްފި

އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކޮށް ށ އަތޮޅު ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީން ވާދަކުރުމުގެ ޓިކެޓު މުޙައްމަދު ޝިޔާމް ( ޝިޔާންޓޭ ) ކަށަވަރުކޮށްފިއެވެ. ށ ...

ނަޝީދު ވަކިކުރުން: ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ޖަލްސާއާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ...