ސީއެެސްސީން އަންހެނުންނަށް ގޮނޑި ހާއްސަނުކުރާ ގޮތަށް ބިލު ފާސްކޮށްފި

advertisement

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންހެނުންނަށް ގޮނޑި ހާއްސަ ނުކުރާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސްކޮށްފިއެވެ.

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި މިބިލް ކޮމެޓީ މަރުހަލާގައި ވަނީ އަންހެނުންނަށް ސިވިލް ސާވިސް ކޮމިޝަނުން ގޮނޑި ހާއްސަ ނުކުރާ ގޮތަށް ނިންމާފައެވެ. މި ބިލަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ބިލް ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ވޯޓުންނެވެ،

މި ބިލު ފާސްކުރުމަށް ކޮމެޓީ މަރުހަލާއަށް އެންމެ ފުރަތަމަ ހުށަހެޅި އިރު ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ގިންތީގެ ހަމަހަމަކަން އޮންނަން ޖެހޭ ކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަން އެކުލެވިގެެން ވަނީ ޖުމްލަ ފަސް މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން ދެ މެންބަރުންނަކީ އަންހެން މެންބަރުންނަށް ވާން ޖެހޭނެ ކަމަށް މީގެ ކުރިން އޮތް ނަމަވެސް، މިފަދަ އިސްލާހަކީ މިވަގުތަށް މުހިންމު އިސްލާހެއް ނޫން ކަމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ.

ސިވިލް ސާވިސް ގާނޫނަށް ދެން ގެންނަން ކޮމިޓީ އިން ނިންމި އިސްލާހުތަކުގެ ތެރޭގައި ޕާމަނަންޓް ސެކްރެޓަރީ ވަޒީފާ އަދާކުރާ މިނިސްޓްރީގެ މިނިސްޓަރަށް ޕާރމަނަންޓް ސެކްރެޓަރީގެ އިތުބާރު ނެތް ކަމަށް ބެލެވޭނެ ހާލަތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ.

ޕީއެސް ވަކިކުރެވޭނެ ހާލަތްތައް

  • އެއިރެއްގައި އޮންނަ ސަރުކާރެއްގެ ސިޔާސަތުތައް ތަންފީޒު ކުރުމަށްޓަކައި އެ އޮފީހެއްގެ މެންޑޭޓުގެ ދަށުން ކުރުމަށް މިނިސްޓަރު ކަނޑައަޅާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާއި ނުލައި އުޒުރުވެރިވުން
  • ޕާރމަނަންޓު ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ކަމުގައި އޭނާގެ ވަޒީފާ ބަޔާނުގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުބޫލު ސަބަބަކާ ނުލައި އުޒުރުވެރިވުން
  • ޕާރމަނަންޓު ސެކްރެޓަރީގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ތައާރުޒުވާފަދަ އަމިއްލަ މަސްލަހަތެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް އޮތް ކަމެއްގައި ޝާމިލުވުން

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީން އިއްޔެވެސް 18 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިއްޔެވެސް 18 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެވެ. އައްޑޫ ހޮސްޕިޓަލުން ހޮސްޕިޓަލުން ރޭ ...

މިއަދު  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން

މިއަދު ( 14 އޮކްޓޯބަރ 2022 ވަނަ ދުވަހު )  މީދޫގެ މިސްކިތްތަކުގައި  އިމާމުވެ ހުކުރު ކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ...

ރައީސް ސާލިހުގެ ވައުދު ފުއްދަންވީގޮތެއް ޕީޕީއެމްއަކަށް ނޭގޭނެ: ރޮޒޭނާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވައުދުތައް ފުއްދަންވީ ގޮތް ޕީޕީއެމްއަށް ނޭގޭނެކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ...