ޑެސްޕަރޭޓް ހައުސް ވައިފްގެ ތަރި އިވާ ލޮންގޮރިއާ މަންމައަކަށް ވަނީ

މަޝްހޫރު ޓީވީ ސީރީޒް ‘ޑެސްޕަރޭޓް ހައުސް ވައިވްސް’ގެ ތަރި އިވާ ލޮންގޮރިއާ އަލަތު ދަރިފުޅަށް ބަލިވެއިން ކަން އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފި އެވެ.

އިވާއާއި ފިރިމީހާ ޖޯސް ބަސްޓަންއާ ދެމީހުންނަށް ލިބެން އުޅެނީ ފިރިހެން ދަރިއެއް ކަމަށާއި، މިހާރު ބަނޑަށް ހަތަރުމަސް ކަމަށް އީވާގެ ފަރާތުން މީޑިއާއަށް ކަށަވަރު ކޮށްދީފައިވެ އެވެ.

އިންސްޓަގްރާމްގައި އިވާ ޝެއާ ކޮށްފައިވާ ފޮޓޯތަކުގައި ފިރިހެން ދަރިފުޅެއް ލިބެން އުޅޭތީ ކުރެވޭ އިހްސާސްތައްވެސް ބަޔާންކޮށްފައިވެ އެވެ.

އުމުރުން 42 އަހަރުގެ އިވާ އާއި ޖޯސް އެކުގައި އުޅެން ފެށީ 2013 ވަނަ އަހަރު އެވެ. އެންގޭޖްވެފައިވަނީ 2015 ވަނަ އަހަރު ދުބާއީގަ އެވެ. މި ދެތަރިން ކައިވެނި ކުރީ މިދިޔަ އަހަރު މެކްސިކޯގަ އެވެ.

އިވާގެ ފިރިމީހާގެ ކުރީގެ ކައިވެންޏަށް ތިން ކުދިން ލިބިފައިވެ އެވެ. އިވާއަށް އަލަތު ދަރިފުޅު ލިބެން އުޅޭ ކަމުގެ ހަބަރާ އެކު ސޯޝަލް މީޑިއާގައި އޭނާގެ ފޭނުން ގެންދަނީ މަރުހަބާ ކިޔަމުންނެވެ.

އިވާއަށް އަލަތު ދަރިފުޅު ލިބޭކަން އިއުލާން ކޮށްފައިވާއިރު އޭނާގެ ފިރިމީހާގެ ދަރިންނަކީ 22 އަހަރުގެ ނަތާލިއާއި 14 އަހަރުގެ އެއްމާބަނޑު ދެކުދިން ކަމަށްވާ މަރިއާނާ އާއި ޖޯސް އެވެ.

މީގެ ކުރިން މަންމައަކަށްވާން ބޭނުން ނުވި ނަމަވެސް އިވާ ދަރިއެއް ބޭނުންވީ ފިރިމީހާގެ ދަރިންނާ ބައްދަލުވެ އެކުގައި އުޅެން ފެށުމުން ކަމަށް އޭނާ ބުނެ އެވެ. މަންމައަކަށް ވުމުގެ ހިޔާލަކީ އިވާ ކުރިން ގެންގުނު ހިޔާލެއް ނޫންނަމަވެސް މަޔަކަށް ވުމުގެ އިހްސާސްތަކަކީ އިވާއަށް ވަރަށް ފޮނި އިހްސާސްތަކެއްކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން މިހާރު އެނގެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުރަތަމަ 6 ބައިވެރިން ޔަޤީންވެއްޖެ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 12 އަށް ދަތުރުކުރި ފުރަތަމަ 6 ބައިވެރިން ޔަޤީންވެއްޖެއެވެ. ގާލާ ރައުންޑަށް ...

ގިނަ އެވޯޑްތައް ‘ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިން މިސޫރީ’ އަށް

ގޯލްޑަން ގްލޯބްސްގެ ގިނަ އެވޯޑްތައް ‘ތްރީ ބިލްބޯޑްސް އައުޓްސައިޑް އެބިން މިސޫރީ’ އަށް   އެންމެ މޮޅު ފިލްމް ...

ގަދަ 16 ގެ 8 ބައިވެރިންގެ ހުށަހެޅުމާއެކު ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭފަށަނީ

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ 22:30 ގައި ...