ޕްރިންސް ހެރީއާ މެގަން މާކެލްގެ ކައިވެނީގެ ބްރައިޑްސް މެއިޑަކަށް ޕްރިޔަންކާ!

     

    ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހޯދާފައިވަާ ޕްރިޔަންކާ ޗޯޕްރާ، އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސް ހެރީއާއި ފިލްމީ ތަރި މެގަން މާކެލްގެ ‘ބްރައިޑްސް މެއިޑް’ އަކަށް ވެދާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.

    މިއަޑުތައް ފެތުރެން ފެށީ 250,000 އަށް ވުރެ ގިނަ އީމެއިލް ނުބަލާ އޮތް ކަން ޕްރިޔަންކާގެ ފޯނުން ފެނިގެން އެކަން އެނގޭ ގޮތަށް މީހަކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި އާންމުކުރުމާ އެކު އެވެ. ބައެއް މީހުން ބުނާ ގޮތުގައި ޝާހީ ކައިވެނީގެ ދައުވަތުވެސް ޕްރިޔަންކާއަށް އީމެއިލުން ލިބިފައިވުން އެކަށީގެންވެ އެވެ.

    އިނގިރޭސިވިލާތުގައި ޝާހީ ކައިވެނި ހަފްލާ އަންނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ބާއްވާއިރު ހޮލީވުޑްގެ ބަތަލާ މެގަން މާކެލްއާއި ޕްރިންސް ހެރީގެ ކައިވެނީގެ ހަފްލާއަށް މަޝްހޫރު ގިނަ ބަޔަކަށް ދައުވަތު ދޭނެ ކަމަށް ބެލެވެ އެވެ.

    ޕްރިންސް ހެރީ އާއި މެގަން މާކެލް

    އެހެންނަމަވެސް އޭގެ ތެރެއިންވެސް ހާއްސަ މީހެއްގެ ގޮތުގައި ޕްރިޔަންކާ ފެނުން އެކަށީގެންވާ ކަމަށް އިނގިރޭސިވިލާތުގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. މެގަންގެ ކައިވެނި ޕާޓީގައި ބްރައިޑްސް މެއިޑަކަށް ވުމަށް މެގަން ހުށަހަޅާފައިވާ އެކަކީ ޕްރިޔަންކާ ކަމަށް އަޑުތައް ފެތުރިފައިވާއިރު މި ދެ ތަރިންނަކީ ފަހަކަށް އައިސް ވަރަށް ގާތް ގުޅުންތަކެއް ބާއްވާ ދެތަރިންކަން ސޯޝަލް މީޑިއާއިން ފާހަގަކުރެވެ އެވެ.

    ޕްރިޔަންކާ އާއި މެގަން އެކުގައި

    މެގަންއާއި ހެރީ އެންގޭޖްވީ ކަން އިއުލާނުކުރުމުން ޕްރިޔަންކާ ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި މެގަންއަށް މަރުހަބާ ކިޔާފަ އެވެ. ޕްރިޔަންކާއާއި މެގަން ފުރަތަމަ ބައްދަލުވީ ޓޮރޮންޓޯގައި އޮތް ޕާޓީއަކުންނެވެ. އޭގެފަހުން އެ ދެމީހުން އެކުގައި ނަގާ ފޯޓޯތައް ދެމީހުންވެސް އިންސްޓަގްރާމްގައި ޝެއާ ކުރެ އެވެ. ފަހަކަށް އައިސް ޝޯޝަލްމީޑިއާގައި މި ދެމީހުން އެކަކު އަނެކަކަށް މުހާތަބު ކޮށްފައި ހުންނަނީ “މައި ބޭބް” ނުވަތަ “މައި ގާލް” މިހެންނެވެ.

    މެގަންގެ އިންސްޓަރގްރާމް އެކައުންޓުގައި ޝެއާކޮށްފައިވާ ފޮޓޯއެއް

    ޕްރިޔަންކާއަށް ބްރައިޑްސް މެއިޑަކަށް ވުމަށް ދައުވަތު ލިބިފައިވާ ކަމަށް އަޑުތައް ފެތުރިފައިވާއިރު ޖެސިކާ މާލްރޮނީ އަށް ވެސް މި ދައުވަތު ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ. މީގެ އިތުރުން ބްރައިޑްސް މެއިޑުންގެ ލިސްޓުން މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަންމްސް އަށް ޖާގަ ލިބުންވެސް އެކަށީގެންވެ އެވެ. އޭނާ އަކީ މެގަންގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި 2014 ވަނަ އަހަރުން ފެށިގެން ހިމެނޭ ހާއްސަ އެކުވެރިއެކެވެ.

     

    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    ގަދަ 16 ގެ 8 ބައިވެރިންގެ ހުށަހެޅުމާއެކު ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭފަށަނީ

    މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ 22:30 ގައި ...

    ސިޓީ ކައުންސިލުތަކަށް ބާރު ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން – ފުވައްމުލަކު މޭޔަރ

    ސިޓީ ކައުންސިލުތަކަށް ބާރު ސަރުކާރުން ދިނީ މޮހަނަށް އޮޑި ދޭ އުސޫލުން ކަމަށް ފުވައްމުލަކު މޭޔަރ ފަލާހު ޝަރީފް ...

    ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު – އަދިވެސް ޙަޤީޤަތް ނޭނގޭ

    ޕާކިސްތާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލީ 27 ޑިސެމްބަރު 2007 ގައި 15 އަހަރުގެ ކުއްޖަކު ...

    މި އަހަރުގެ ރެހެންދި އެވޯޑް ތިން ކަނބަލަކަށް

    ރެހެންދި އެވޯޑް” މިއަހަރު 3 ކަނބަލަކަށް ދެއްވައިފިއެވެ. ބައިނަލްއަޤްވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގއި ބޭއްވި ...

    ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް

    ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ. ކެނޑިޑޭޓް ނަމްބަރު 1 އަކީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ...

    ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމް މެސީއަށް

    ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ނުވަތަ ދަ ބެސްޓް މެންސް ޕްލޭޔާގެ ...