ހިތަދޫ ބަނދަރު ތަރައްގީކުރަން އެމްޓީސީއާއި ހަވާލްކޮށްފި

އައްޑޫ ސިޓީ ހިތަދޫ ކުރީގެ ބަނދަރު ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލްގެ ދަށުންނެވެ.
ޖުމުލަ 52،433،444.84 (ފަންސާސް ދެ މިލިޔަން ހަތަރު ލައްލަ ސާޅީސް ހަތަރު ރުފިޔާ އަށްޑިހަ ހަތަރު ލާރި) ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫގެ މަސައްކަތް 2 އަހަރުދުވަހުގެ ތެރޭ ނިންމައި ޙަވާލުކުރަން ޖެހެއެވެ.

މި މަޝްރޫއުގެ ދަށުން 800 މީޓަރ ސޭންޑް ބްރޭކްވޯޓަރ އާއި 284 މީޓަރުގެ އެއްގަމު ތޮށިލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 57 މޫރިން ރިންގްސާއި 14 ބަނދަރު ބައްތިއާއި 1،420 ސްކެއަރ މިޓަރުގެ ޕޭވްމަންޓެއް ހެދުމަށް ނިންމާފައިވެއެވެ. ޕޭވްމަންޓްގައި ޑްރެއިން ޤާއިމް ކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި 2 ނެރުބައްތިއާއި މެދުދިޔައިގައި 3.5 މީޓަރު ހުންނަވަރަށް ބަނދަރުގެ ފަޅު ފުންކުރުމާއި 4.0 މީޓަރު ހުންނަވަރަށް ނެރު ފުންކުރަން ޖެހެއެވެ. ހިތަދޫގައި މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރަކީ ވަރަށް ދުވަސްވީ ބަނދަރެކެވެ

މަސްދަރު: ޕީއެސްއެމްނިއުސް

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިޔާ މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ފަރާތްތަކަށް ފްލެޓު ދޭން ސަރުކާރުން ނިންމައިފި

2 ވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ތަރައްޤީކުރަން ފަށާފައިވާ “ހިޔާ” މަޝްރޫޢަށް ފޯމު ހުށަހަޅާ ހުރިހާ ...

އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން މަރަދޫފޭދޫ ބްރާންޗްގެ ޓީމް ހޯދައިފި

ފެނަކަ ރެކްރިއޭޝަން ކްލަބް (އެފްއާރުސީ) އިން އިންތިޒާމްކޮށްގެން އެފްއާރުސީ ޒޯން ފުޓްސަލް މުބާރާތުގެ ނަމުގައި ހިތަދޫގައި ބޭއްވި ފުޓްސަލް ...

50 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށް އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފި

އައްޑޫސިޓީ ހިމެނޭ ސަރަހައްދަށް  50 މޭލާށް ވައިގަދަވެދާނެކަމަށް ލަފާކޮށް ރީނދޫ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއިބެހޭ އިދާރާ މެޓް ...