ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ޑިސެމްބަރަށް ނިންމާލެވޭނެ – ނަވާޒް

ހުޅުމާލޭގެ ދެވަަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަޙައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ޖަހާ ރިވެޓްމެންޓްގެ މަސައްކަތް ޑިސެމްބަރުމަހުގެ ނިޔަލަށް ނިންމާލާނެކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް ނަވާޒް ޝައުޤީ ވިދާޅުވީ ދެވަނަ ފިޔަވަހީގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފުރަތަމަ ފިޔަވަހީގެ ތަޖުރިބާއަށް ބަލައިގެންކަމަށެވެ. ނަވާޒް ވިދާޅުވީ ރިވެޓްމެންޓް ޖެހުމުގެ ސަބަބުން އެސަރަހައްދު ރީތި ގޮނޑުދޮށްތަކެއްގެ ގޮތުގައި އުފެދިގެންދާނެކަމަށެވެ. އަދި މިހާރުވެސް ބައެއް ސަރަހައްދުތަކަށް ވެލިއަރައި މޫދައް އެރި އުޅެވޭނެ ރައްކާތެރި ސަރަހައްދުތަކެއްގެ ގޮތުގައި އުފެދިފައިވާކަމަށް ނަވާޒް ވިދާޅުވިއެވެ.

ސިމެންތި ބޭގް ޖަހައިގެން ރިވެޓްމެންޓްޖެހުމުގެ މަސައްކަތް ކުރަމުންދަނީ ދެ ކިލޯމީޓަރުގެ ސަރަހެއްދެގައެވެ. މި މަސައްކަތް ފޭސް ދޭއްގެ ތިން ސަރަހައްދެއްގައި ކުރިއަށްގެންދާކަމަށް އެޗްޑީސީން ބުނެއެވެ.

ނަވާޒް ވިދާޅުވީ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ޑިސެމްބަރުމަހު މުޅިން ނިންމާލެވޭނަކަމަށެވެ. އެޗްޑީސީން ގެންދަނީ ޑިސެމްބަރު މަހުގެ ނިޔަލަށް ދެވަނަ ފިޔަވަހީގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ނިންމުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ތިން ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މިއީ ޖުމްލަ 12.8 ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫޢުއެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން ޕީސީބީއަށް

ހަތް ކުންފުންޏަކަށް މެނޭޖިންގ ޑިރެކްޓަރުން އައްޔަން ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އަށް ފޮނުވައިފިއެވެ. އެގޮތުން ވެމްކޯގެ ...

ރިއަލް އެސްޓޭޓުގެ ޓޫރިޒަމަށް އައްޑޫ ހަންކެޑެ އަދި ގާފަރުފަޅު ކަނޑައަޅައިފި

ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ރާއްޖޭގެ ދެ ތަނެއް ކަނޑައަޅައިފިއެވެ. ރައީސް އިބްރާހީމް މުހައްމަދު ...

ބަމްޕަރުން ކަހާލައިގެން ވެއްޓި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

ފުވައްމުލައް ސިޓީގައި މި މަހުގެ 9 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން މާލެ ގެންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ. ...