ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

advertisement

ހުޅުދޫއާއި މީދޫގައި ވެސް ހަލުއި ކަމާއެކު ކޮވިޑް 19 ގެ ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށްހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އެގޮތުން ޖާމާއަތް ހެދުން މެދުކަނޑާލަން އިސްލާމިކް މިނިސް އަންގާފައި އޮތީ ރޭ (13 މެއި 2021) ފަތިސް ނަމާދުން ފެށިގެން މި މެއި މަހު 19 ވާ ބުދަދުވަހުގެ ރޭގަނޑު ޢިޝާ ނަމާދާއި ހަމަޔަށެވެ. އެހެންމަވެސް ހުޅުދޫއާއި މީދޫގައި ޖަމާއަތުގައި ނަމާދު ނުކުރަން ފަށާފައިވަނީ މިއަދުގެ މަޣުރިބް ނަމާދުންފެށިގެންނެވެ.

މިކަން އަންގައި އިސްލާމިކް މިނިސްޓްރިއިން ފޮނުވި ސާކިއުލާގައި ވާގޮތުން މިފިޔަވަޅު އަޅަންޖެހުނީ މިދުވަސްވަރު ރާއްޖޭގެ އެކިރަށްރަށާއި ހުޅދޫއާއި މީދޫގައިވެސް ގައި ކޮވިޑް-19 ގެ ބަލި ހަލުއިކަމާއެކު ފެތުރެމުން ދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް ބަލިފެތުރުން ހުއްޓުވުމައްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.

މި ފިޔަވަޅުއެޅުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖުލީހާއި ދިނީ އިލްމުވެރިންގެ ލަފާގެ މަތިން ހުޅުދޫއާއި މީދޫގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދު ޖަމާއަތް މިސްކިތްތަކުގައި ނެހެދުމަށް ވަނީ ނިންމާފައެވެ.

މިޙާލަތުގައި މިސްކިތްތަތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ‘ޞައްލޫ ފީ ބުޔޫތިކުމް” މަިފަދައި 2 ފަހަރު  ގޮވުމަށް އިމާމުންނަށް އިރުޝާދު ދެއްވާފައި ވެއެވެ.

މީގެ އިތުރުން އެމިނިސްޓްރީ އިން ހާމަކުރައްވާފައި ވަނީ މިދަނޑިވަޅުގައި މިސްކިްތތަކުގައި ޖަމާއަތުގައި ނަމާދު  ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރާކަމަށެވެ.

މިދިއަހަރު ގެ ރަމަޟާންމަސް ފެށެން ކައިރިވެފައިވަނިކޮށްވެސް އައްޑޫސިޓީގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި ވެއެވެ.

ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއތުގައި ނަމާދު ނުކުރަން ނިންމިކަމުގައިވިޔަސް އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދުކުރެވޭނެއެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިވަގުތު ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫން: އައިއެމްއެފް

މިވަގުތަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑު ކުރުމަށް ރަނގަޅު ވަގުތެއް ނޫން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ސަރުކާރަށް ...

މަރަދޫ ބޮޑުމަގުގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ މަރަދޫ ބޮޑު މަގުގައި ސައިކަލަކާ ކާރެއްޖެހި އެކްސިޑެންޓެއް ހިގައިފިއެވެ. ރޭ 10:00 ހާއިރު މަރަދޫ ގްލެޑްކެފޭ ...

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަން މިރޭ ހާއްސަ ހަފުލާއެއް، ހަވާއެރުވުން އޮންނާނެ

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން ...