ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންނަށް ރައްޔިތުން ތާޢީދުކުރަނީ ރައްޔިތުންނަށްޓަކާ ކަންތައްތައް ކޮށްދެއްވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ކުޅުދުއްފުއްޓަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ އެރަށުގައި ބޭއްވި ޚަފްލާގައި ވާހަކަދައްކަވަމުން މޫސާ މަނިކު ވިދާޅުވީ ރައީސް ޔާމީން ގެންދަވަނީ ރައްޔިތުންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ. އަދި މިހާރު ދައުލަތުގެ ބަޖެޓަށް ބަލާލުމުންވެސް އެކަން ދޭހަވާނެ ކަމަށް މޫސާ ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ޔާމީން ވައުދެއްވެއްޖެނަމަ އެވަޢުދެއް ފުއްދަވާނެކަމަށެވެ.

އިދިކޮޅު އެމް.ޑީ.ޕީ އުފެދުނީއްސުރެ އެޕާޓީގައި މުހިންމު މަސައްކަތްތައް ކުރައްވާ ޕާޓީގެ ޗެއަރޕާސަންކަންވެސް ކުރެއްވި މޫސާ މަނިކު ވަނީ މިޙަފްލާގައިވެސް އެމް.ޑީ.ޕީ އަށާއި ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. އަދި އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުތަކުންވެސް ވައްކަމާއި ޚިޔާނާތުގެ ވާހަކަ ދެއްކިކަމަށާއި ނަމަވެސް އެކަން އެ ސަރުކާރުތަކުން ނުބައްލަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިހާރު ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީގައި، ޚާއްޞަ ފަރިއްކޮޅަކާއެކު މިރޭ ބޭއްވި ޚަފްލާގައި ވަޒީރުންނާއި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުންނާއި ކުޅުއްދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މިއީ ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ އިރުޝާދާއެކު ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު- ރައީސުލްޖުމްހޫރިއްޔާ

ކޮވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫންކަމަށާއި، މިއީ ވިސްނުންތެރިކަމާއި ...

ރައީސްގެ ދަތުރުފުޅަށް ގައްދޫގައި ހެދި މަރިޔާދުގޭގައި ބަޔަކު އަލިފާން ރޯކޮށްލައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގދ. ގައްދުއަށް ކުރެއްވި ދަތުރުފުޅަށް ޚާއްޞަކޮށް ހަދާފައިހުރި މަރިޔާދުގެއެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ...

ރައީސް ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މީހާ ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި ކަމަށް ތުހުމަތުވާ މީހާ ރޭ ފަތިހު ފުލުުހުން ...