ރަތަފަންދޫ ކައުންސިލް މެމްބަރަކު ރަށު ސުކޫލަށްވަދެ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވި މައްސަލައެއް

ގދ. ރަތަފަންދޫ ކައުންސިލުގެ އަންހެން މެމްބަރަކު އެރަށު ސުކޫލަށްވަދެ ކްލާހުގައި ކިޔަވައިދެމުންދިޔަ ޓީޗަރަކާއި ދިމާއަށް ހަޅޭއްލެވުމާއި ގުޅިގެން އެ ސްކޫލުގެ ދަރިވަރުންނަށް ނަފްސާނީގޮތުން އަސަރުކޮށްފައިވާކަން ހާމަވެއްޖެއެވެ.

ޕްރައިމަރީ ގްރޭޑަކަށް ކިޔަވައިދެމުން އަންނަ ޓީޗަރ ދަރިވަރަކަށް ހަނގާކުރި ކަމަށް ބުނެ އެދަރިވަރުގެ މަންމަ އަދި އެރަށު ކައުންސިލްގެ މެންބަރު އަމާނީ މުއީން އެރަށު ސްކޫލުގެ ކިޔެވުން ހިނގަމުން ދަނިކޮށް ވަކި ޓީޗަރަކު ހޯދުމަށް ގިނަ ކްލާސްތަކަކަށް ވަދެ، އެޓީޗަރު ކިޔަވައި ދެމުން ގެންދިޔަ ކްލާހަށް ހަޅޭއްލަވަމުން ވަދެފައިވަނީ މިދިޔަ ބުދަދުވަހުކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮވިޑްގެ މިހާލަތާއި ގުޅިގެން ސްކޫލުގައި އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް އިޚްތިރާމެއް ނުކޮށް މާސްކު ނާޅާ ސުކޫލަށް ވަދެ ޓީޗަރުގެ މައްސަލަ އެވަގުތު ސުކޫލުގެ މެނޭޖްމަންޓްއާއި ދެއްކި ކަމަށާއި ނަމަވެސް އެމައްސަލައަށް ހައްލު ނުލިބޭ ކަމަށް ބުނެ އެޓީޗަރު ހޯދުމަށް ފަހަރަކު ކްލާހަކަށް ވަންނަމުން ދިޔަކަމަށް ނަން ހާމަކުރަން ބޭނުންނުވާ ކަން ހިގައިދިޔަ ގޮތް އެނގޭ ފަރާތެއް މަޢުލޫމާތު ދެއެވެ. އަދި އެޓީޗަރު ކިޔަވައިދެމުންދިޔަ ކްލާހަށް ވަދެ ކުދިންނަށް އަޑުއިވެން ނުޖެހޭފަދަ ބަސްމަގެއްގައި ވަރަށް ހަރުކަށި ކަމާއި އެކު ޓީޗަރާއި ދިމާއަށް ހަޅޭއްލަވާ ބާރަށް ޒުވާބުކުރި ކަމަށާއި އަދި އެގަޑީގައި ކިޔަވަދެމުންދިޔަ އިރު އެކަން ނުކުރުމަށް ޓީޗަރު ބުނިކަމަށްވެސް އެނގިފައިވެއެވެ. އަދި ސުކޫލުގެ މެނޭޖްމަންޓްއިން އެކަން ހުއްޓާލައި ސުކޫލުން ނިކުތުމަށް އެންގުމުން އެފަރާތްތަކާވެސް ޒުވާބުކޮށް ހަޅޭއްލެވި ކަމުގައި މަޢުލޫމާތު ލިބެއެވެ.

މިކަން ނިސްބަތްވާ ޓީޗަރަކީ 30 އަހަރަށްވުރެ ގިނަ ދުވަހު ސުކޫލަށް ހިދުމަތްކޮށް އަދި ރަތަފަންދޫގެ އެތަށް ޖީލަކަށް ދިވެހި، އިސްލާމް ތަޢުލީމު އުނގަންނައިދީފައިވާ ޓީޗަރެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅޭގޮތުން އެޓީޗަރ ބުނީ، ހަނގާކުރުމާއި ދެކޮޅަށް މަސައްކަތްކުރުމަކީ ޓީޗަރުންގެ ޒިންމާއެއްކަމަށާއި ދަރިވަރަކަށް ޓީޗަރަކު އެފަދަކަމެއް ކުރާނަމަ އެއީވަރަށް ސީރިއަސް މައްސަލައެއްގޮތުގައި ބަލަންޖެހޭނެ ކަމަށެވެ.

“އެއްވެސް ދަރިވަރަކަށް ބުލީ ނުކުރަން. އެދަރިވަރުގެ ފެންވަރު ރަގަޅުކުރުމަށް އިތުރުމަސައްކަތް ހަވާލުކުރީ”

– ރަތަފަންދޫ ސްކޫލްގެ ޓީޗަ

ބައެއް މާއްދާތަކަށް ދަށްކަމަށް ފާހަގަކުރެވިގެން އެކަން ބެލެނިވެރިޔާގެ ސަމާލުކަމަށްވެސް ގެނައި ކަމަށާއި، ނަމަވެސް ކްލާހުގައި ދޭ މަސައްކަތް ނިންމުމަށް “ޕުޝް”ނުކުރުމަށް ބެލެނިވެރިޔާ އެދުނުކަމަށެވެ. ނަމަވެސް އެއް ގްރޭޑުން އަނެއް ގްރޭޑަށް ދަރިވަރު ޕްރޮމޯޓްވާން ހާސިލްކުރަންޖޭހޭ ކަންކަން ހާސިލްނުވާ ކަމަށްވާނަމަ ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުގެ ކުރިއެރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެކަމުގެ ތެރޭގައި މަސައްކަތް ނިންމުމަށް ދަރިވަރަށް އިރުޝާދު ދިނުމަކީ ބެލިވެރިޔާ ހިތްހަމަ ނުޖެހި ޓީޗަރު ދަރިވަރަށް ބުލީކުރުން ކަމަށް ބުނުމަކީ ރަގަޅުގޮތެއް ކަމަށް ނުދެކޭކަމަށެވެ.

“ކައުންސިލަރ އެއަމަލާއި އެކު މިހާރު މިހުންނަނީ ވަރަށް ބޮޑަށް ފިނިވެ ހާސްވެފައި. ވަރަށް ހުތުރުކޮށް ދަރިވަރުން ކުރިމަތީގައި އަޅުގަނޑާއި ދިމާއަށް ހަޅޭއްލުވުމަކީ ކިޔަވައިދިނުމުގައި މި ހޭދަކުރި ދިގުމުއްދަތުގައި އަދި ކުރިމަތިވި ކަމެއް ނޫން” ކަންބޮޑުވުމާއި އެކު ޓީޗަރ ބުންޏެވެ.

މިއަމަލު ހިންގި ކައުންސިލަރު އަމާނީ މުއީންގެ ފޭސްބުކުގައި ބުނެފައިވަނީ، ރަތަފަންދޫ ސްކޫލުގައި ދަރިވަރުނަން ރައްކާތެރި މާހައުލެއް ކަށަވަރުކުރެވެންޖެހޭ ކަމަށާއި، ބުލީކޮށް ނަފްސާނީގޮތުން ދަރިވަރުންނަށް އަނިޔާ ލިބޭއިރު އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ.

ނަމަވެސް އަމާނީގެ މިއަމަލާއި އެކު އެތައް ދަރިވަރުންނަށް ނަފްސާނީގިތޮތުން އަސަރުކޮށްފައިވާކަމަށާއި ކްލާހުގައި ފިލާވަޅު ހެދުމާއި ކިޔެވުމަށް އެކުދިންގެ ސަމާލުކަން ދަށްވެފައިވާ ކަމަށް ޓީޗަރ ފާހަގަކުރިއެވެ.

މިކަމާއި ގުޅޭގޮތުން ރަތަފަންދޫ ސްކޫލަށް ގުޅާލުމުން ވިދާޅުވީ މިމައްސަލައާއި ގުޅޭގޮތުން އެއްވެސް ކޮމެންޓެއް މިވަގުތުކުރަން ބޭނުންނުވާ ކަމަށެވެ.

މިފަދަ އަމަލުތަކަކީ ދަރިވަރުންގެ މެދުގައި ޓީޗަރުނަށް އިޙްތިރާމް ކުޑަވެ އަދި ޒަމާނުއްސުރެ ދިވެހިން މުޖުތަމައުގައި ޓީޗަރުންނަށްކުރާ އަގު ވަޒަންނުކުރާކަމުގެ ހެއްކެކެވެ. ފިލާވާޅު ހެދުމަށް ނަސޭހަތްތެރިވެ ކިޔަވާ ކުދިންނަށް އެނގެންޖެހޭ މިންވަރު އަށަގެންނެވުމަށް މަސައްކަތް ކުރާ އަދި އެކަމަށް ބާރުއަޅާ ޓީޗަރުންނަށް ބެލެނިވެރިންގެ ފަރާތުން ކުރާ ފުރައްސާރައަކީ ރާއްޖޭގެ ބައެއް ސުކޫލްތަކުގައި އާންމު ކަމެކެވެ. އަދި މިއީ ދިވެހިރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރުމަށް އޮތް ހުރަހެއްކަމުގައި ބުނެވިދާނެއެވެ. މިކަމާ ގުޅޭ ގޮތުން ބެލެނެވެރިން އަހުލުވެރިވެ އަދި އަހުލުވެރިކުރުވުމަކީ އަދުގެ ޖީލަށް މުހިންމު ކަމެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިއްޔެ އިންދި ގަސްތަކަށް ރޭ ގެއްލުންތަކެއްދީފި

ތިމާވެށީގެ ދުވަހާއި ގުޅުވައިގެން އިއްޔެ މެންދުރުފަހުން މީދޫ ބޮޑުމަގުގައި އިންދި ގަސްތަކުގެ ތެރެއިން ބައެއް ގަސްތަކަށް  ރޭބަޔަކު ގެއްލުންތަކެއް ...

ހުޅުމީދޫގައިވެސް ބަލިމީހުން ބަންދު ކުރެވޭނެ- އެކަން ނިންމާނީ ފުލުހުން – ނިޒާރު

ކޮވިޑަށް ޕޮޒިޓިވާ މީހުން  ހިތަދޫގައިވެސް ބަންދުކުރެވެންހުރީ ވަކި ވަރަކަށްކަމަށާ އެއަށްވުރެ އިތުރަށް ކޮވިޑް ބަލިމީހުން ބަންދުކުރަންވެއްޖެނަމަ ހުޅުމީދޫގައިވެސް ބަންދު ...

ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފި

އައްޑޫ ސިޓީ ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފިއެވެ އެޗްޕީއޭ އިން ހުޅުމީދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މީދޫ މީހަކު ...