ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓައެއްނުލާ – އާސަންދަ

ރާއްޖެއިން ބޭރުން ކެންސަރަށް ފަރުވާ ހޯދަން އާސަންދަ ދިނުން ހުއްޓާނުލާ ކަމަށް އާސަންދަ އޮފީހުން ބުނެފިއެވެ. ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދަ ދިނުން ހުއްޓާލާފައިވާކަމަށްބުނެ، ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތައް ދޮގުކޮށް، އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިޔާ ސޯލިހު ވިދާޅުވީ ކެންސަރަށް ފަރުވާ ހޯދުމަށްދޭ އެއްވެސް ޚިދުމަތެއް ހުއްޓާނުލާކަމަށެވެ.

އަދި ރާއްޖެއިން ބޭރުން ކެންސަރު ބައްޔަށް ފަރުވާ ހޯދަންދާ މީހުންނަށް އާސަންދައިގެ ޙިދުމަތް މިހާރުވެސް ލިބޭނޭ ކަމަށް އާޝިޔާ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖެއިން ކެންސަރު ބައްޔަށް ލިބޭ ފަރުވާގެ ތެރޭގައި ހިމެނޭ ފަރުވާ އެއް ރާއްޖެއިން ބޭރުން ހޯދަން ހުށަހަޅައިފިނަމަ، އެޚިދުމަތެއް ރާއްޖެއިން ހޯދުމަށް އެފަރާތްތަކަށް އަންގަމުންދާ ކަމަށާއި، އެފަދަ ޚިދުމަތެއް ރާއްޖެއިން ނުދެވޭނެމަ އެއަށްވެސް އާސަންދަ ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކީމޯ ތެރަޕީ ގެ ޙިދުމަތް މި ހާރުވެސް ރާޢްޖެއިން ލިބޭކަން ފާހަގަކުރައްވާ މިފަދަ ކަންކަމަށް އާސަންދަ ނުދޭނެކަމަށް އާޝިޔާ ވިދާޅުވިއެވެ.

ކެންސަރަށް ހޯދާ ބައެއްކަހަލަ ފަރުވާގެ ތެރޭގައި ރޭޑިއޮލޮޖީ ފަދަ ޙިދުމަތްތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމަށްޓަކައި މި ހާރުވެސް އާސަންދަ ދޭ ކަމަށް އާޝިޔާ ވިދާޅުވިއެވެ. ހުސްނުވާ އާސަންދައަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް ސަތޭކަ ދުވަސް ފުރުމުގެ ގޮތުން އިފްތިތާޙުކޮށްފައިވާ ޚިދުމަތެކެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑްގައި 30 އަހަރުގެ ޒުވާން އަންހެނަކު މަރުވެއްޖެ

ކޮވިޑް ބަލި ޖެހިގެން ފަރުވާދެމުން ދިޔަ 30 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑްގައި ރާއްޖެ އިން ...

ހުޅުދޫއާއި މީދޫގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

ހުޅުދޫއާއި މީދޫގައި ވެސް ހަލުއި ކަމާއެކު ކޮވިޑް 19 ގެ ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށްހުޅުދޫއާއި މީދޫގެ ...

އައްޑޫގައި ކާރެއްގައި ރޯކޮށްލައިފި

އައްޑޫ ސިޓީ ސިޓީ ކައުންސިލްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ އިހްސާންގެ ކާރު ގައި ...