ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސް-ބަލި ކޮންޓްރޯލް ކުރުމަށް ރަށްޔިތުން ފަރުދީ ޒިންމާ ނަގަންޖެހޭ-ރޑ. މުރާދު

ބަލި ކޮންޓްރޯލްކުރުމަށް އިތުރު މޮޅުގޮތްތަކެއް ނެހެދޭނެ

  ކޮވިޑް 19 އަށް ގިނަ އަދަދެއްގެ ޒުވާނުން ޕޮޒިޓިވްމުންދާ ކަމަށާ އައިޖީއެމްއެޗްގެ  ޑީއެޗް-11ގައި އެޑްމިޓް ކޮށްގެން  ފަރުވާ ދެމުންދާ ގިނަ މީހުންނަކީ  ޅަ އުމުރުގެ ޒުވާން ބަލި މީހުން ކަމަށްވިޔަސް ބަލި ކޮންޓްރޯލްކުރުމަށް މާމޮޅު އިތުރު ގޮތްތަކެއް ހެދެން ނެތްކަމަށާ ކުރެވެން އޮތްކަމަކީ ރަށްޔިތުން ފަރުދީ ޒިންމާ ނެގުންކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މުރާދު ވިދާޅުވިއެވެ.

ރަށްޔިތުން ފަރުދީ ޒިންމާ ނަގަންޖެހޭކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ޑރ.މުރާދު ވިދާޅުވީ  މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިނާއި އެއްގޮތައް ހުރިހާ ފަރާތްތަކުންވެސް އަމަލުކުރައްވަމުން ގެންދެވުމަށެވެ. މިގޮތުން  މާސްކް އެޅުމަށާއި، އިޖްތިމާއީ ގައިދުރުކަމާއި، ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށް ޑރ.މުރާދު ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވްވެގެން އެޑްމިޓް ކޮށް ފަރުވާ ދެމުންދާ ބަލިމީހުންނާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން   ޑރ.މުރާދު ވިދާޅުވީ އައިޖީއެމްއެޗްގެ ޑީއެޗް-11ގައި ބަލި ހަތަރު މީހަކަށް ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި ޑީއެޗް-11ގައި އެޑްމިޓް ކޮށްގެން  ފަރުވާ ދެމުންދާ ގިނަ މީހުންނަކީ  ޅަ އުމުރުގެ ޒުވާން ބަލި މީހުން ކަމަށް ޑރ.މުރާދު ވިދާޅުވިއެވެ.

”  ހާލަތު ވަރަށް ގޯސް ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މިވަނީ އިތުރުވެފައި.  ބަލީގައި ހާލު ދެރަވާ މީހުންގެ އަދަދުވެސް އިތުރު . ރާއްޖޭގައި ބަލި ފެތުރެމުންދާ ގޮތަށް ބަލާއިރު ރާއްޖޭގައި އާ ވޭރިއަންޓެއް އުޅޭ ކަމަށް ގަބޫލުކުރެވޭ ”  ޑރ.މުރާދު ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑްރަގު ހުރި ދަބަސް އަތުން ނުފެނުނީތީ، ފިލްމީތަރި މަލީހާ މައްޗަށް ދައުވާ ސާބިތެއް ނުވި

މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ފިލްމީތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް، ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކް ...

ބަރުލަމާނީ ނިޒާމަށް ތާއީދުނުކުރާ ބަޔަކު ހޮވުމުން އެމްޑީޕީ އިތުރަށް ބަލިކަށިވާނެ – ވަސީމު

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މަގާމްތަކަށް ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ އެއްވެސް ބަޔަކު ހޮވުމަކީ އެމްޑީޕީ އިތުރަށް ބަލިކަށި ...

ނޮވެމްބަރުގައި ފަތުރުވެރިންނަށް ވެކްސިން ދޭން ފަށަނީ

ރައްޔިތުންނަށް ވެކްސިން ޖަހާ ނިމުމުން ފަތުރުވެރިންނަށް ވެކްސިން ދޭން ކުރިން ވެސް ނިންމައިފައިވާނެ ކަމަށާއި އެގޮތުން ނޮވެމްބަރު މަހުގައި ...