އެލްކްލެސިކޯ މެޗް ބާސާ ބަލިކޮށް ރެއާލް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެރޭ ކުޅެވުނު އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ ބަލިކޮށް ރެއާލްމެޑްރިޑް މެޗް ކާމިޔާބުކޮށްފިއެވެ. މިމެޗް ރެއާލް ކާމިޔާބުކޮށްފައިވަނީ 2 ލަނޑު1 ލަނޑުންނެވެ.

ރެއާލްގެ އަލްފްރޭޑޯ ޑިސްޓެފާނޯ ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 13 ވަނަ މިނިޓުގައި ރެއާލް އިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފްރާންސްގެ ފޯވަޑް ކަރިމް ބެންޒެމާއެވެ. މިއީ އެންމެ ފަހުން ރެއާލަށް އޭނާ ކުޅުނު ހަތް މެޗުގައި ޖެހި ނުވަ ވަނަ ލަނޑެވެ.

ރެއާލުން މިމެޗްގައި ލީޑު ފުޅާކުރި ލަނޑު މެޗްގެ 28 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީނީ ޓޯނީ ކްރޫސް އެވެ. ކުރޫސްގެ މިލަނޑަކީ ބާސާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން އެޓީމަށް ލިބުނު ހިލޭޖެހުމެއްގައި ކްރޫސް ފޮނުވާލި ބޯޅައެއް ބާސާގެ ޑިފެންޑަރު ސާޖިނިއޯ ޑެސްޓްގެ ގައިގައި ޖެހިފައި ގޮސް ގޯލްތެރެއަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.

މިމެޗްގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 60 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ އޮސްކާ މިންގުއޭޒާ އެވެ.

ބާސާގެ މިލަނޑަށްފަހު މިމެޗް ނިމިގެންގޮސްފައިވަނީ އިތުރު ލަނޑެއް ދެޓީމުންކުރެ ޓީމަކަށް ކާމިޔާބު ނުކުރެވި 2 ލަނޑު 1 ލަނޑުން ރެއާލް މޮޅުވެގެންނެވެ.

މިމެޗް ރެއާލް ނިންމާލީ 10 މީހުންނާއެކު އެވެ. އެއީމެޗުގެ ފަހު މިނިޓުކޮޅުގެ ތެރޭގައި ރެއާލްގެ ބްރެޒިލް މިޑްފީލްޑަރު ކަސިމޭރޯ އަށް ދެވަނަ ރީނދޫ ކާޑަކާއެކު، ރަތްކާޑު ދައްކާފައިވުމުންނެވެ.

މިމެޗުންރެއާލް މޮޅުވުމުން 66 ޕޮއިން ލިބި ޕޮއިންޓް ޓޭބަލްގެ ދެވަނަ އެޓީމަށްވަނީ ލިބިފައެވެ.

ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި އަދިވެސް އޮތީ އެތުލެޓިކޯ މެޑްރިޑެވެ. އެއީ 67 ޕޮއިންޓް ލިބިގެންނެވެ. އެތުލެޓިކޯ މެޑްރިޑަށް 67 ޕޮއިންޓް ލިބިފައިވަނީ އާދިއްތަދުވަހުގެރޭ އެޓީމް ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗު 1 ލަނޑު 1 ލަނޑުން އެއްވަރުވެގެން ލިބުނު ޕޮއިންޓްގެ ސަބަބުންނެވެ. ރެއާލުއަތުން ބަލިވި ބާސާ އޮތީ 65 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ.

ބާސާ އަތުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭ،” މެޗަށް ފަހު ރެއާލްގެ ކޯޗު ޒިނެދީން ޒިދާން ބުންޏެވެ. “މިއީ ފަސޭހަ މެޗެއް ނޫން އެކަމަކު މިއީ އަހަރަމެންނަށް ހައްގު މޮޅެއް. ހުރިހާ ކުޅުންތެރިން ވެސް މި މެޗުގައި ވަރަށް ރަނގަޅަށް މަސައްކަތްކުރި.”

ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ ފުރަތަމަ ހާފުގައި ބާސާގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހޭ ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ބާސާގެ ކުޅުން ރަނގަޅުކުރިކަން އޭނާ ފާހަގަކުރި އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފެނަކައިގެ އަހަރީ ދުވަހާއި ގުޅިގެން ބާރަށު ބްރާންޗުގައި ގިނަ ހަރަކާތްތަކެއް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ 9 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހއ.ބާރަށު ފެނަކަ ބްރާންޗުން އިސްނަގައިގެން ...

ލަންކާ އާއި ރާއްޖެއާ ދެމެދު ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމާލެވުނު: ރައީސް ސޯލިހް

ސްރީލަންކާ އާއި ރާއްޖޭގައި ދެ ގައުމުގެ މެދުގައި ގިނަ އެއްބަސްވުންތަކެއް މި ދައުރުގައި ފުރިހަމަކޮށް ނިންމަވާލެވުނު ކަމަށް ރައީސުލްޖުމުހޫރިއްޔާ ...

ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުމަށް ޑރ މުނައްވަރު ނިންމަވައިފި

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާނެ ކަމަށް އިއުލާނު ކުރެއްވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު ...