ބާސެލޯނާއަށް ބަދަލުވުމުން ހުވަފެން ހަގީގަތަކަށް ވެއްޖެ: ކުޓީނިއޯ

ބާސެލޯނާ އަށް ބަދަލުވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި އެ ކްލަބާ ގުޅުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ބުނެފި އެވެ.

ބާސެލޯނާއަށް ބަދަލުވުމަށްފަހު އެ ކުލަބުގެ ރަސްމީ ޓީވީއަށް ދިން އިންޓަވިއުއެއްގައި ކުޓީނިއޯ ބުނީ ބާސާ އަށް ބަދަލުވުމަކީ ހުވަފަނެއް ހަގީގަތަކަށްވުން ކަމަށާއި އޭނާގެ އަމާޒަކީ ބާސެލޯނާއަށް ގިނަ ތަށިތައް ކާމިޔާބުކޮށްދިނުން ކަމަށެވެ.

ސަޕޯޓަރުން ބޭނުންވާ ފަދަ ނަތީޖާތަކެއް ނެރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ކުޓީނިއޯ ބުންޏެވެ. އަދި ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފަދަ ކުޅުންތެރިންނާ އެކު އާ ކަންކަން ދަސްކުރަން ފުރުސަތު ލިބުމުން އެކަމާ ވަރަށް އުފާވާ ކަމަށްވެސް ބުނެފައިވެ އެވެ.

ކުޓީނިއޯ އަކީ ލިވަޕޫލްގެ ކުރީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން އައި ކުޅުންތެރިއަކަށް ވާއިރު މި ސީޒަނުގެ މިހާތަނަށް ވެސް އޭނާ ވަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

ކުޓީނިއޯ ބާސެލޯނާއަށް ބަދަލުވީ 142 މިލިއަން ޕައުންޑަށެވެ. ލިވަޕޫލް ދޫކޮށް ކުޓީނިއޯ ބާސެލޯނާއަށް ގުޅުމާއެކު އޭނާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ އެވެ. ނޭމާ ޕީއެސްޖީ އަށް ބަދަލުވީ 198 މިލިއަން ޕައުންޑަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫއަށް އިންވެސްޓަރުންގެ އިތުބާރު ނުލިބި އޮތީ އެއަރޕޯޓް ތަރައްޤީ ނުވެ އޮތުމުން: ފައްޔާޟު

އައްޑޫ ސިޓީގެ ތަރައްޤީއަށް އިންވެސްޓަރުންގެ އިތުބާރު ނުލިބި އޮތީ ފާއިތުވެދިޔަ ދިގު މާޒީގައިވެސް އެއަރޕޯޓް ތަރައްޤީ ނުވެ އޮތުމުން ...

ރައީސް ޞާލިޙްގެ ކެންޑިޑަސީ ފޯމު އިލެކްޝަނަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމަހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އިލެކްޝަނަ ކޮމިޝަނަށް ފޯމު ހުށަހަޅައިފިއެވެ. ރައީސްގެ ފޯމާއެކު އީސީ ...

ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގެނީ އަޅުގަނޑުމެންނަށް: ރައީސް

ރައްޔިތުންގެ ހިތުގައި ޖަހާ ވިންދު އެންމެ ރަނގަޅަށް އެނގޭ ކޯލިޝަނަކީ އެމްޑީޕީއާއި އެމްޑީއޭއާއި އަދާލަތު ޕާޓީ ގުޅިގެން އެކުލަވާލައިފައިވާ ...