ބޮމުގެ ހަމަލާގައި ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތައް ދައްކުބައިދޭ ފޮޓޯތައް އާއްމުކޮށްފި

advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތައް ދައްކުވައިދޭ ފޮޓޯތައް އެމަނިކުފާނުގެ އާއިލާ އިން މިއަދު އާއްމުކޮށްފި އެވެ.

ރައީސް ނަޝީދުގެ އާއިލާއިން މިއަދު އާއްމުކޮށްފައިވާ ފޮޓޯތަކަކީ އޭޑީކޭ ހޮސްޕިޓަލްގައި އެމަނިކުފާނަށް ފަރުވާ ދެމުންދަނިކޮށް ނަންގަވާފައިވާ ފޮޓޯތަކެކެވެ.

ރައީސް ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު މިއަދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖަރުމަނުގައި ރައީސް ނަޝީދުއަށް ފަރުވާ ފެށުމަށް މިއަދު ސްކޭންތައް ހަދަމުން އަންނަ ކަމަށެވެ. އެމަނިކުފާނަށް ދޭނެ ފަރުވާއެއް ކަނޑައެޅޭނީ އޭގެ ފަހުން ކަމަށް ނާޝިދު ވިދާޅުވި އެވެ.

ސައިކަލެއްގައި ބޮން ގޮއްވާލައިގެން ނަޝީދަށް ހަމަލާދިނީ މީގެ ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެ ހަމަލާއާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިވަޑައިގަތީ ސީރިއަސް ޒަހަމްތަކަކާ އެކުގަ އެވެ. އެމަނިކުފާނު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ކްރިޓިކަލް އެވެ. ހަށިކޮޅުން ގިނަ އަދަދަކަށް ދިޔައީ ލޭ ފައިބަމުންނެވެ.

 ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ވެއެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭއިން ވަނީ ކޮށްފައެވެ.

އޭޑީކޭގެ ޑޮކްޓަރުން ވިދާޅުވެފައިވަނީ  ސީރިއަސް ސާޖަރީތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ ކަމަށެވެ.

 އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައި ވަނީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން މި އައިއީޑީ ހަދާފައި އޮތް އިރު  2007 ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް ޝަމާލް ވިދާޅުވެފައިވެ އެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހޯމަ ދުވަހު އީޔޫއިން ރާއްޖެއަށް ފިޔަވަޅު އަޅަނީ

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި އަދި އިސްވެރިންނާއި ގުޅުންހުރި ވިޔަފާރިތަކަށް ފިޔަވަޅު އެޅުމަށް ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ...

އިމާރާތެއްގެ 14 ވަނަ ބުރިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މަރުވެއްޖެ

މެލޭޝިއާ އިމާރާތެއްގެ 14 ވަނަ ފްލޯ އިން ވެއްޓި އައްޑޫސިޓީ ޒުވާނަކު މިއަދު މަރުވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާ ...

ކޯވިޑް-19 : ރާއްޖެއިން އިތުރު 9 މީހަކު ބަލިން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 9 މީހުން ބަލިން ރަނގަޅުވެ ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ...